ސްޓޮޮކް އެކްޗޭންޖާއި އެމްއެންޔޫ ބިޒްނަސް ސްކޫލް ގުޅިގެން ކުރިއަށް ގެންދިޔަ އިންވެސްޓާ ފެސްޓު (ފޮޓޯ/ސްޓޮކް އެކްސްޗޭންޖު)
އެމްއެސްއީ އާއި އެމްއެންޔޫ ބިޒްނަސް ސްކޫލާ ގުޅިގެން އިންވެސްޓާ ވީކް ފާހަގަކޮށްފި
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްސްއީ) އާއި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ބިޒްނަސް ސްކޫލް ގުޅިގެން ވޯލްޑް އިންވެސްޓަ ވީކު ފާހަގަކުރުމަށް ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.
ވީ ކިހިނެއް؟ - 'އިންވެސްޓާ ފެސްޓް - އިގްނައިޓިން ފައިނޭންޝަލް ފިއުޗާސް'ގެ ނަމުގައި އިއްޔެ އެމްއެންޔޫ ބިޒްނަސް ސްކޫލުގައި ކުރިއަށް ގެންދިޔަ މި ހަރަކާތަކީ އިލްމީ ގޮތުން ގިނަ މައުލޫމާތުތަކެއް ބަދަލުކޮށް، ހިއްސާކުރެވުނު ހަރަކާތެއް ކަމަށް ސްޓޮކް އެކްސްޗޭންޖުން ބުންޏެވެ.
އެނގުން މުހިއްމު - ވޯލްޑް އިންވެސްޓާ ވީކަކީ އިންޓަނޭޝަނަލް އޮގަނައިޒޭޝަން އޮފް ސެކިއުރިޓީސް ކޮމިޝަންސް (އައިއައިއޯއެސްސީ) އިން، ތައުލީމާއި ރައްކާތެރިކަމުގެ މުހިންމުކަމަށް އިންވެސްޓަރުން ހޭލުންތެރިކުރުމަށް އެއް ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ ގްލޯބަލް ކެމްޕޭނެކެވެ.
ތަފްސީލް - ދެ ބަޔަކަށް ބަހާލައިގެން އިއްޔެ ކުރިއަށް ގެންދިޔަ އިވެންޓުގައި ފިނޭންސް މިނިސްޓްރީ، ޔޫއެންޑީޕީ، ޕެންޝަން އޮފީސް އަދި ސީއެމްޑީއޭ ފަދަ އިދާރާތަކުގެ ޕެނަލިސްޓުން ބައިވެރިވި އެވެ.
-
މި ހަރަކާތުގައި 'ސަސްޓެއިނަބަލް ފައިނޭންސް އޮން އޭން އިންޑިވިޖުއަލް ލެވެލް' މި މައުލޫއަށް ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންގޮސްފައިވޭ
-
ވިމެން އިން ޓެކް މޯލްޑިވްސް ޖަމިއްޔާއާ ގުޅިގެން ފިނޮވޭޝަން ޗެލެންޖެއް ވެސް ވަނީ ލޯންޗުކޮށްފައި
-
މި ޗެލެންޖުގެ މަގުސަދަކީ ރަށްރަށުގެ މުޖުތަމައުތަކުގައި ވަކި ބޭނުންތަކާއި ހުރަސްތަކަށް ހައްލު ހޯދައިދޭނެ އީޖާދީ އަދި ޕްރެކްޓިކަލް، ޑިޖިޓަލް ފައިނޭންސް ހައްލުތައް ތަރައްގީކޮށް، އިގްތިސޯދީ ކުރިއެރުން ހޯދައިދިނުން
-
މި ޗެލެންޖަށް މިހާރު ރަޖިސްޓްރީ ކުރެވޭނެ - ރަޖިސްޓްރީ ކުރާނެ ލިންކު
އެމްއެސްއީން ބުނީ، އުއްމީދަކީ ވީހާ ވެސް ގިނަ ދަރިވަރުން މި ޗެލެންޖުގައި ބައިވެރިވެ، މުޖުތަމައަށް ފައިދާކުރާނެ ޑިޖިޓަލް ހައްލުތައް ހޯދުން ކަމަށެވެ.