ގުޅިފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ (ފޮޓޯ/ މިވެށި)

ގުޅިފަޅު ބަނދަރު

ގުޅިފަޅު ބަނދަރު މަޝްރޫއު އަންނަ މާޗުގެ ކުރިން ބީލަމަށް ލާނެ: އިންޑިއަން އެގްޒިމް ބޭންކު

އިންޑިއާ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނަކުން ތަރައްގީކުރާ ބަނދަރަށް ބިޑު ކުރެވޭނީ އިންޑިއާގެ ކުންފުނިތަކަށް އެކަނި

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނެއްގެ ދަށުން ގުޅިފަޅުގައި ތަރައްގީކުރާ ވިޔަފާރި ބަނދަރު، މި ހިނގާ މާލީ އަހަރު ނިމުމުގެ ކުރިން ބީލަމަށް ލާން ރާވާފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ތަފްސީލް - އިންޑިއަން އެގްޒިމް ބޭންކުގެ އިސް ދެ އޮފިޝަލަކާ ހަވާލާދީ އެ ގައުމުގެ ނޫހެއް ކަމަށްވާ އިކޮނޮމިކް ޓައިމްސްގައި ބުނީ އެ މަޝްރޫއުގެ އިންޖިނިއަރިން، ޕްރޮކިޔުމެންޓް އަދި ކޮންސްޓްރަކްޝަން (އީޕީސީ) ޓެންޑަރަށް ރާއްޖެއިން، މި އަހަރުގެ އޭޕްރީލް އިން އަންނަ އަހަރުގެ މާޗު މަހަށް މި ހިނގާ މާލީ އަހަރު ތެރޭ ހުޅުވާލާނެ ކަމަށެވެ. 

އިންޑިއާ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނަކުން ތަރައްގީކުރާ ބަނދަރުގެ މަޝްރޫއުއަށް ބިޑު ކުރެވޭނީ އިންޑިއާގެ ކުންފުނިތަކަށް އެކަންޏެވެ.

"މި ހިނގާ މާލީ އަހަރު ތެރޭ އީޕީސީ ޓެންޑަރަށް ހުޅުވާލެވޭނެ. މިހާރު ކުރިއަށްދަނީ ބަނދަރާ އެކު ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް،" އެގްޒިމް ބޭންކުގެ އޮފިޝަލަކު ވިދާޅުވެފައިވެ އެވެ.

ގުޅިފަޅު ބަނދަރުގެ މަޝްރޫއު:

  • ގުޅިފަޅުގައި ހަދަނީ އަހަރަކު 400،000 ކޮންޓެއިނަރު ބޭލޭ ވަރުގެ ބަނދަރެއް

  • އެއްފަހަރާ ތިން ބޯޓް ކައިރިކޮށް މުދާ އަރުވާ ބޭލޭނެ

  • ބަނދަރަށް 80 ހެކްޓަރުގެ ބިން ބޭނުންވޭ

  • ބަނދަރުގެ މާސްޓާ ޕްލޭނާއި ކޮންސަލްޓެންސީ މަސައްކަތަށް އަދި ކުރިން ހިއްކުމަށް ސަރުކާރުން 842 މިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ

  • ބަނދަރު ނިންމުމަށް ކަނޑައަޅާފައިވަނީ 2026 ގައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް