ކޮވިޑަށް ފަހު ޗައިނާއިން ރާއްޖެއަށް ޓޫރިސްޓުން އަންނަން ފެށުން (ފޮޓޯ/ދައުރު)

3 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކަށް ޗައިނާ ވެއްޖެ

މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ޗައިނާ އިން 91،555 ފަތުރުވެރިން ރާއްޖެ އައިސްފައިވޭ

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ތިން ގައުމުގެ ތެރޭ ޗައިނާ ހިމެނިއްޖެ އެވެ.

ވީ ކިހިނެއް؟ - ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ޗައިނާ އިން 91،555 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

ތަފްސީލް - ކޮވިޑުގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ގައުމަކީ ޗައިނާ އެވެެ.

ކޮވިޑަށް ފަހު އެ ގައުމުގެ ރައްޔިތުން ގައުމުން ބޭރަށް ދިއުމުގެ ހުއްދަ މިދިޔަ ޖެނުއަރީގައި ދިން ފަހުން އެ ގައުމުގެ ފަތުރުވެރިން ރާއްޖެ އަންނަން ފެށީ 18 ޖެނުއަރީގަ އެވެ.

ޓޫރިޒަމްގެ ގަދަ ތިން މާކެޓުގެ ތެރޭގައި ޗައިނާ ހިމެނުނު އިރު، އެ ގައުމުގެ ތިން އެއާލައިނަކުން މިހާރު ރާއްޖެއަށް ދަތުރު ކުރެ އެވެ.

ގުޅުން ހުރި ކަމެއް - މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ޖުމްލަ 1.07 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

އެންމެ ގިނައިން ފަތުރުވެރިން އަންނަ 5 ގައުމު:

  • ރަޝިއާ - 126،504 ފަތުރުވެރިން

  • އިންޑިއާ - 122،375 ފަތުރުވެރިން

  • ޗައިނާ - 91،555 ފަތުރުވެރިން

  • އިނގިރޭސިވިލާތް - 89،769 ފަތުރުވެރިން

  • ޖަރުމަނު - 72،608 ފަތުރުވެރިން

އިތުރު އާޓިކަލް

އިތުރު އާޓިކަލް