އެމްއޭސީއެލް އިން ކެންސަރު ސޮސައިޓީ އަށް އެހީ ދިނުން (ފޮޓޯ/އެމްއޭސީއެލް)

އެމްއޭސީއެލް

އެމްއޭސީއެލް އިން ކެންސަރު ސޮސައިޓީ އަށް 10،000ރ ގެ އެހީއެއްވެ ނަމޫނާ ދައްކައިފި

މިއީ ކެންސަރު ބައްޔަށް ސްކްރީން ކުރުން އިތުރުކޮށް، ޑޭޓާ ބޭސްއެއް އެކުލަވާލުމުގެ މަސައްކަތް ކުރުމަށް ދިން އެހީ އެއް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކެންސާ ސޮސައިޓީ އަށް 100،000ރ ގެ އެހީ ދީފި އެވެ.

ވީ ކިހިނެއް؟ - މިއީ ކެންސަރު ބައްޔަށް ސްކްރީން ކުރުން އިތުރުކޮށް، ޑޭޓާ ބޭސް އެކުލަވާލުމުގެ މަސައްކަތް ކުރުމަށް ދިން އެހީ އެއް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

ތަފްސީލް - އެމްއޭސީއެލްގެ ސީއެސްއާރުގެ ދަށުން ކެންސާ ސޮސައިޓީ އަށް ދިން މި އެހީ އަކީ ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް އެ ކުންފުނިން ދޭ އެއްބާރުލުން ރަމްޒުކޮށްދޭ ކަމެއް ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ. އެގޮތުން:

  • މިހާރު ކެންސަރު ސްކްރީނިން ކުރިއަށް ގެންދަނީ މެނުއަލްކޮށް ފޯމު ފުރައިގެން

  • އެމްއޭސީއެލްގެ އެހީގައި ގާއިމްކުރާ ޑޭޓާބޭސް އާއެކު ރެކޯޑު ބެލެހެއްޓުމުގައި ފަސޭހަކަން އަންނާނެ

  • ރިސާޗުތަކަށް ބޭނުންވާ މައުލޫމާތު ހޯދަން ވެސް ފަސޭހަވާނެ

އެނގުން މުހިއްމު - ކެންސަރު ސޮސައިޓީ އިން މިހާޔަނަށް ރާއްޖޭގައި 20،900 އަށް ވުރެ ގިނަ މީހުން އެކި ބާވަތްތަކުގެ ކެންސަރަށް ސްކްރީންކޮށްފައިވެ އެވެ. އެ ހިދުމަތް އިތުރަށް ފުޅާކުރަން އެ ޖަމްއިއްޔާ އިން ދަނީ މަސައްކަތް ކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް