އދ. މާމިގިލި މަތިން. (ފޮޓޯ/ ވިލާ އިންޓަނޭޝަނަލް އެއާޕޯޓް މާމިގިލި)

އދ. މާމިގިލި

ވިލާއިން މުޅި މާމިގިއްޔަށް ބޭނުންވާ ކަރަންޓު އުފެއްދޭ ވަރަށް ސޯޯލާ ޕެނަލް ހަރުކުރަނީ

މި މަޝްރޫއުގެ ދަށުން މާމިގިލީގައި ހިންގާ ވިލާ އިންޓަނޭޝަނަލް އެއާޕޯޓާއި އެ ރަށުގައި ހުންނަ ވިލާ ކުންފުނީގެ އިމާރާތްތަކުގެ ފުރާޅުތަކުގައި ވެސް ސޯލާ ޕެނަލްތައް ހަރުކުރާނެ

ވިލާ ގުރޫޕުން އދ. މާމިގިލީގައި ހިންގާ ވިލާ އިންޓަނޭޝަނަލް އެއާޕޯޓާއި އެ ރަށުގައި ހުންނަ އެ ކުންފުނީގެ އިމާރާތްތަކުގެ ފުރާޅުތަކުގައިި ސޯލާ ޕެނަލް ހަރުކުރާ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ބުނީ ކީކޭ؟ - ވިލާ އިންޓަނޭޝަނަލް އެއާޕޯޓުގެ މެނޭޖަރު އަބްދުލް ހަންނާނު އިބްރާހިމް މިއަދު 'ދައުރު'އަށް ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން ހަރުކުރާ ސޯލާ ޕެނަލްތަކުން ދުވާލަކު ވަކި ވަގުތަކަށް، މުޅި ރަށަށް ބޭނުންވާ ވަރަށް ކަރަންޓު އުފެއްދޭނެ ކަމަށެވެ.

"މާމިގިލީގައި ގާތްގަނޑަކަށް މިހާރު އެ ބޭނުންކުރަނީ 1 މެގަވޯޓުގެ ކަރަންޓު. ސޯލާ ޕެނަލްތަކުން ގާތްގަނޑަކަށް 2.5 މެގަވޯޓު ޖެނެރޭޓު ކުރެވޭނެ ކަމަށް ލަފާކުރެވެނީ،" އޭނާ ވިދާޅުވި އެވެ.

"މުޅި މާމިގިލީ ކަވާ ކުރެވޭނެ ގާތްގަނޑަކަށް، ދުވާލަކު ވަކި ގަޑިއެއްގައި."

ތަފްސީލު - ހަންނާނު ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ ދަށުން ސޯލާ ޕެނަލް ހަރުކުރަނީ:

  • ވިލާ އެއާޕޯޓުގައި 

  • އެ ރަށުގައި ހުންނަ ވިލާ ކުންފުނީގެ ހުރިހާ އިމާރާތްކުގެ ފުރާޅުތަކުގައި 

  • މާމިގިލީގައި ހުންނަ ސަރުކާރު އިމާރާތްތަކުގެ ފުރާޅުގައި ވެސް ޕެނަލް ހަރުކުރުމުގެ ހުއްދައަށް ވިލާ ކުންފުނިން އެދިފައި އޮތް ނަމަވެސް، އޭނާ ވިދާޅުވީ ބެލެވޭ ގޮތުގައި އެ ހުއްދަ އަދި ނުލިބޭ ކަމަށް

"މިހާރު ޕެނަލްތައް ހަރުކުރަން ފަށައިގެން އުޅެނީ. އަދި ގާތްގަނޑަކަށް ހަތަރު މަސް ނަގާނެ މަޝްރޫއު އެއްކޮށް ނިންމާލަން،" ހަންނާނު ވިދާޅުވި އެވެ.

މި މަޝްރޫއު ހިންގަނީ ވިލާ ކުންފުނީގެ މައި އޮފީހުންނެވެ. އެ އޮފީހުގެ ބޭފުޅެއްގެ ބަހެއްގެ ނުލިބޭތީ މި މަޝްރޫއަށް ހިނގާ ހަރަދާއި ހަރުކުރާ ޕެނަލްތަކުގެ ޖުމްލަ އަދަދާއި އެ ނޫނަސް އިތުރު ތަފްސީލެެއް އަދި ނުލިބެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް