ނ. ކުޑަފަރި (ފޮޓޯ/ ކުޑަފަރީ ކައުންސިލް)

ނ. ކުޑަފަރި

ކުޑަފަރީގެ 'ލިޓްލް ބިގް ފެސްޓިވަލް'ގެ ޕާޓްނަރަކަށް ދިރާގު

މިއީ ދުނިޔޭގެ ތިމާވެށި ދުވަސް އަދި ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ކުޑަފަރީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ އިވެންޓެއް

ނ. ކުޑަފަރީ ކައުންސިލްއިން އިންތިޒާމްކޮށްގެން ބާއްވާ 'ދަ ލިޓްލް ބިގް ފެސްޓިވަލް ކުޑަފަރީ 2023'ގެ ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ވީ ކިހިނެއް؟ - ދިރާގާ އެކު ޕާޓްނާވެގެން ކުރިއަށް ގެންދާ މި ފެސްޓިވަލަކީ އެކި ޖަމިއްޔާތަކާއި ޕާޓްނަރުންތަކާއި، މުޅި މުޖުތަމައު ގުޅިގެން ދުނިޔޭގެ ތިމާވެށި ދުވަސް އަދި ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ކުޑަފަރީގައި މިއަދު ބާއްވާ އިވެންޓެކެވެ.

ދިރާގުގެ ބްރޭންޑް އެމްބެސެޑަރު، ޒޫނާ ނަސީމް (ޒޫންޓި) ވެސް މި ހަރަކާތުގައި ބައިވެރިވެ، ގައިޑެޑް ސްނޯކްލިން އަދި ޑައިވިން ފުރަތަމަ ފަހަރަށް ތަޖުރިބާކޮށްލުމުގެ ހާއްސަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ބުނީ ކީކޭ؟ - ދިރާގުގެ މެނޭޖަރު ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވިގޮތުގައި މި ފެސްޓިވަލް ބޭއްވުމަށް ކުޑަފަރީ ކައުންސިލަށް އެއްބާރުލުން ދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

"'ދަ ލިޓްލް ބިގް ފެސްޓިވަލް ކުޑަފަރީ 2023' އަށް ދިރާގުން ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވަން. އަޅުގަނޑުމެންގެ ޕާޓްނަރުންނާ އެކު ބާއްވާ މި މުހިންމު ޕެސްޓިވަލްގައި އަޅުގަނޑުމެންގެ ދިވެހި ސަގާފަތާއި ތަރިކަ ދައްކާލުމުގެ އިތުރުން، ހާއްސަކޮށް އަޅުގަނޑުމެންގެ ރަށްރަށުގެ ނާޒުކު ތިމާވެށީގެ ނިޒާމާ މެދު ހޭލުންތެރިކަން އިތުރުކުރާ އެތައް ހަރަކާތަކެއްވެސް ފެނިގެންދާނެ،" ނ. ކުޑަފަރީ ކައުންސިލްގެ ރައީސް އަލީ ޝަމީމް މުހައްމަދު ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - އެކި މަދަނީ ޖަމިއްޔާތަކާއި ވިޔަފާރިތައް އަދި ރަށުގެ ރައްޔިތުންގެ ތަފާތު މަސައްކަތްތައް ދައްކާލާ އެފަރާތްތަކުގެ ވާހަކަތައް ހިއްސާކުރުމުގެ ފުރުސަތު ފެސްޓިވަލް މެދުވެރިކޮށް ލިބިގެންދާނެ ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.

ކައުންސިލުން އިތުރަށް ފާހަގަކުރި ގޮތުގައި:

  • މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށި ހިމާޔަތް ކުރުމަށް އެހީތެރިވާ ފަދަ ދެމެހެއްޓެނިވި އުސޫލުތަކާއި، ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކުގެ އިތުރުން އެކި ސަގާފީ ކަންތައްވެސް ދައްކާލާނެ

  • އޭގެ ތެރޭގައި ދިވެހި ބޭސްވެރިކަމާއި މިއުޒިކާއި ކާބޯތަކެތީގެ އިތުރުން ދިވެހި ފަންނުވެރިކަން ވެސް ފެނިގެންދާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް