ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ކެރޮން ރޮސްލާއާއި ސަލާން ކުރައްވަނީ -- ފޮޓޯ/ އިނގިރޭސިވިލާތުގެ އެމްބަސީ
ރާއްޖެ-ޔޫކޭ މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމުގެ މަޝްވަރާތައް ފަށައިފި
ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ގާއިމް ކުރަން އެއްބަސްވެފައިވާ މިިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމުގެ މަޝްވަރާތައް ފަށަން ނިންމާފައިވާކަން އިނގިރޭސިވިލާތުގެ ސަރުކާރުން މިއަދު ހާމަކޮށްފި އެވެ.
ވީ ކިހިނެެއް؟ - އިނގިރޭސިވިލާތުގެ ސަރުކާރުން މިއަދު ޝާއިއު ކޮށްފައިވާ ނޫސްބަޔާނެއްގައި ބުނީ އަށް ހަފްތާއަށް ދެމިގެންދާ މި މަޝްވަރާތަކުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމަށް ވިޔަފާރިތަކާއި ޖަމިއްޔާތަކާއި ތަޖުރިބާކާރުންގެ ހިޔާލު ހޯދުމަށް ވަނީ އާންމުކޮށް އިއުލާނުކޮށްފަ އެވެ.
ދެގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމްކުރުމަށް ކުރިއަށްގެންދާ މަޝްވަރާތަކުގެ ތެރެއިން އިނގިރޭސިވިލާތުން ރާއްޖެއަށް މުދާ އެތެރެކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ދަތިތަށް ފާހަގަކުރެވޭނެ ކަމަށް ވެސް އެ ނޫސްބަޔާނުގައިވެ އެވެ.
We are delighted to have launched the 🇬🇧’s process to negotiate a Free Trade Agreement with 🇲🇻 today
— UK in Maldives 🇬🇧🇲🇻 (@UKinMaldives) June 8, 2023
Maldives is a valued member of the Commonwealth and is one of the few Commonwealth countries where UK had not previously pursued an FTA or given preferential market access (1/2) pic.twitter.com/R4pRjRmsmV
ރައީސް އޮފީހުގެ ބަސް - އިނގިރޭސިވިލާތުގެ ނިންމުމަށް މަރުހަބާ ކިޔާ މިއަދު ރައީސް އޮފީހުން ވަނީ ނޫސްބަޔާނެއް ނެރެފަ އެވެ. އަދި ރާއްޖޭގެ އިގްސާދީ ވާދަވެރިކަން އިތުރުކޮށް، ރާއްޖޭގެ ވިޔަފާރިތަކަށް މާކެޓުގައި ފަހި ފުރުސަތުތައް އުފައްދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރާ ކަމެއް ކަމަށް ބަޔާނުގައި ފާހަގަކުރި އެވެ.
ރާއްޖެއިން އިނގިރޭސިވިލާތަށް މަސް އެކްސްޕޯޓް ކުރާއިރު ނަގާ %20 ޓެކްސް ކަނޑާލުމަށްޓަކައި މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރުކާރުން އިސްނަގައިގެން މުހިއްމު މަޝްވަރާތަކެއް ކުރިއަށް ގެންދާކަމަށް ފާހަގަކުރައްވާ، މި މަޝްވަރާ ތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން ރާއްޖެއިން އިގިރޭސިވިލާތަށް އެކްސްޕޯޓް ކުރާ މަހުން ޑިއުޓީ ނެގުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"ދެ ގައުމުގެ ދެމެދުގައި އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެ، ރާއްޖޭގެ އިގްތިސާދު ކުރިއަރާ އަމިއްލަ ފުދުންތެރިކަން އިތުރުވެ، ދެ ގައުމުގެ ދެމެދު ކުރާ ވިޔަފާރި ކުރިއަށްވުރެ ފުޅާވެގެންދާނެ،" ރައީސް އޮފީހުގެ ބަޔާނުގައި ބުންޏެވެ.
އެނގުން މުހިއްމު - ރާއްޖެއަކީ ކޮމަންވެލްތުގައި ހިމެނޭ ގައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތާއެކު މިހާތަނަށް މިފަދަ ވިޔަފާރީގެ އެއްބަސްވުމެއް ހަދާފައިނުވާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.