ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް

އަދިވެސް ދަމަހައްޓައި އޮފްކުރަންވީ ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓް: މައުސޫމް

ރާއްޖެއަކީ ދެމެހެއްޓެނިވި ފަތުރުވެރިކަމުގައި ދުނިޔޭގެ އެއްވަނައިގެ ގޮތުގައި ބޭއްވުމަށް އަހަންމިއްޔަތުުކަން ދީފައިވާނެ ކަމަށް މައުސޫމް ވިދާޅުވި

ރާއްޖޭގެ ފަތުރުވެރިކަމުގެ ޖަވާހިރަކީ 'ވަން އައިލެންޑް ވަން ރިސޯޓު ކޮންސެޕްޓު' ކަމަށާއި އެ ކޮންސެޕްޓާއެކު އިތުރު މާކެޓުތަކަށް ވެސް ރާއްޖެ ހުޅުވެން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މާސްޓާ ޕްލޭން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ 'ޖަވާހިރު'، ވަން އައިލެންޑް ވަން ރިސޯޓު ކޮންސެޕްޓު އިތުރަށް 'އޮފުކޮށް ބަލަހައްޓަން ޖެހޭ' ކަމަށެވެ.

"އެއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ކާމިޔާބަކީ،" މިނިސްޓަރު ވިދާޅުވި އެވެ.

ތަފްސީލް - މިނިސްޓަރު އިތުރަށް ވިދާޅުވީ ފަތުރުވެރިކަމުގެ މާސްޓާޕްލޭންގެ މައިގަނޑު އަމާޒަކީ ދާއިރާގެ ވެރިންނަކީ ދިވެހިންނަށް ހެދުން ކަމަށެވެ.

"އެއީ ޕްރޮޑަކްޓް އޯނާޝިޕުންގެ ގޮތުގައި ވެސް އަދި ވަޒީފާގެ ގޮތުން ވެސް،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެއަކީ ދެމެހެއްޓެނިވި ފަތުރުވެރިކަމުގައި ދުނިޔޭގެ އެއްވަނައިގެ ގޮތުގައި ބޭއްވުމަށް މާސްޓާޕްލޭނުގައި ވަރަށް ބޮޑު އަހަންމިއްޔަތުުކަމެއް ދީފައިވާނެ ކަމަށް ވެސް މައުސޫމް ވިދާޅުވި އެވެ.

"ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކާ ދައުލަތަށް އާމްދަނީ އިތުރުކުރުން. ވަކިން ހާއްސަކޮށް އަޅުގަނޑު ފާހަގަކޮށްލަން ޓޫރިޒަމް ޑައިވަސިފައި ކުރާއިރު ރާއްޖެއަކީ މުސްތަގުބަލުގެ ވާދަވެރިކަން،" މައުސޫމް ވިދާޅުވި އެވެ. 

މުސްތަގުބަލުގައި ފަތުރުވެރިކަމަށް ކުރިމަތިވެދާނެ ވާދަވެރިކަމުގައި ލޮޅުމެއް ނައިސް ކުރިއަށް ދެވޭނެ ގޮތަށް ދާއިރާ ބައްޓަން ކުރުމަށް ވަަން އައިލެންޑް ވަން ރިސޯޓު ކޮންސެޕްޓު ހިމާޔަތްކޮށް، އެހެން މާކެޓުތަކަށް ވެސް ރާއްޖެ ހުޅުވޭގޮތަށް ފަތުރުވެރިކަން ބައްޓަންކުރެވެނެ ޖާގަ މާސްޓާ ޕްލޭނުން ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެންމެން ޝާމިލުވާ، އެންމެން ބައިވެރިވާ، އެންމެންނަށް އާދެވޭ މަންޒިލެއްގެ ގޮތުގައި ރާއްޖެ މުސްތަރުބަލުގައި އިތުރަށް ބޮޑަށް ތަރައްގީވެގެން ދާނެ،" މައުސޫމް ވިދާޅުވި އެވެ.

"ރާއްޖެއަކީ އެކްސެސިބަލް ޑެސްޓިނޭޝަނަކަށް ހަދަންޖެހޭ. އެ ހުރިހާކަމަކަށް ޓަކާާ އިންފްރާސްޓްރަކްޗާ ޑިވެލޮޕް ކުރާއިރު އެކަމަށް އިސްކަން ދީގެން ކުރިއަށް ގެންދާގޮތަށް މި އޮތީ،" މައުސޫމް ވިދާޅުވި އެވެ.

އުމުރުން ދުވަސްވީ ފަތުރުވެރިންނާއި ހާއްސަ އެހީ އަށް ބޭނުންވާ ފަތުރުވެރިންނަށް ވެސް ރާއްޖެ އައިސް ފަސޭހަކަމާއެކު އުޅެވޭނެހެން ޓޫރިޒަމް އިންސްފްރާސްޓްރަކްޗާތަައް ބައްޓަން ކުރަން ޖެހޭކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ

  • ސަފާރީ/ޔޮޓު ދާއިރާ އިތުރަށް ކުރިއަރުވަންޖެހޭ ކަމަށް

  • ދާއިރާ ރެގިޔުލޭޓު ކުރަން ޖެހޭކަމަށް

  • މިހިސާބަށް ޓޫރިޒަމް ދާއިރާ އަކީ ސެލްފް ރެގިޔުލޭޓަރީ އިންޑަސްޓްރީ އެއްގެ ގޮތުގައި ކަމަށް

"އަޅުގަނޑުމެން މި މާސްޓާ ޕްލޭން ލޯންޗުކޮށްފައި މުޅިން އާ ފެށުމަކުން ފަށަނީކީ ނޫން، ކުރަމުން އައި ދަތުރު އަޅުގަނޑުމެން ކުރިއަށް މިގެންދަނީ ވަރަށް ފުރިހަމަ މަންޒިލެއް ކަނޑައަޅައިގެން،" މައުސޫމް ވިދާޅުވި އެވެ.

"މުޅި ދުނިޔޭގެ އެންމެ ދެމެހެއްޓެނިވި ޓޫރިޒަމް އަށް ލީޑުކުރާ ޑެސްޓިނޭޓަނެއްގެ ގޮތުގައި، ރައްޔިތުންނަށް އުފާވެރިކަން ހޯދައިދޭ ޑެސްޓިނޭޝަނެއްގެ ގޮތުގައި ހެދުމަށް އަދި ދުނިޔެގެ މާހައުލަށް އަންނަ ތަފާތު ގޮންޖެހުންތަކުން އަރައިގަތުމަށް ފަހި ވާގޮތަށް މަސައްކަތް ކުރަމުން."

އެނގުން މުހިއްމު - ފަސް ވަނަ ޓޫރިޒަމް މާސްޓާ ޕްލޭން އަކީ2023-2027 އަށް ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި އެ ދާއިރާ ބައްޓަން ކުރާނެ ގޮތުގެ ޕްލޭން އެވެ. އެ ޕްލޭނުގައިވާގޮތުން2027 އަންނަ އިރު ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަކީ 6 ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބޭ އިންޑަސްޓްރީ އަކަށް ހެދުމަކީ އަމާޒެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް