ބީއެމްއެލް އިން މާފަރުގައި ހުޅުވި ސެލްފް ސާވިސް ބޭންކިން ސެންޓަރު. (ފޮޓޯ/ބީއެމްއެލް
ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިން ހިދުމަތް މާފަރާއި މިލަދުއަށް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނ. އަތޮޅުގެ ދެ ރަށެއްގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - މާފަރު އަދި މިލަދޫގައި ގާއިމްކުރި މި އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާކުރުމުގެ ހިދުމަތް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ތަފްސީލް - މި ހިދުމަތާ އެކު:
-
ނ. ކެނދިކުޅުދޫގައި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ފޯރުކޮށްދެމުންދޭ
-
މަނަދޫ، ވެލިދޫ އަދި ހޮޅުދޫގައި ބްރާންޗު މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދޭ
ބުނީ ކީކޭ؟ - "އަޅުގަނޑުމެންގެ އަމާޒަކީ ރައްޔިތުންނަށް ފަސޭހަކަމާ އެކު ބޭންކިންގެ ހިދުމަތް ފޯރުކޮށްދިނުމަށް މިހާރު ވެސް ކުރަމުން އަންނަ އިންވެސްޓަމަންޓް މެދުކެނޑުމެއް ނެތި ކުރިއަށްގެންދިއުން،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވި އެވެ.
ބީއެމްއެލްގެ ބޭންކިން ވިއުގަ
-
20 އަތޮޅުގައި 38 ބްރާންޗު
-
87 ސެލްފް ސާވިސް ބޭންކިން ސެންޓަރު
-
143 އޭޓީއެމް
-
200އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން
-
އޮންލައިން އަދި މޯބައިލް ބޭންކިންގެ ހިދުމަތް