ޕިއްޒާ ބޯނާ. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ޕިއްޒާ ބޯނާ

ޕިއްޒާ ބޯނާ އިން ކުޑަކުދިންގެ ދުވަހަށް ކުރެހުމުގެ މުބާރާތެއް

މި ޗެލެންޖުގައި ކުރަންޖެހޭނެ ކަމަކީ ޕިއްޒާ ފޮއްޓަށް، ވީހާ ވެސް ކްރިއޭޓިވް ކުރެހުމެއް ފަރުމާކުރުން

މި މަހުގެ 10ގައި ފާހަގަކުރާ ކުޑަކުދިންގެ ދުވަހާ ދިމާކޮށް، ޕިއްޒާ ވައުޗަރު ލިބޭ ހަރަކާތެއް ޕިއްޒާ ބޯނާ އިން ފަށައިފި އެވެ.

ވީ ކިހިނެއް؟ - މި އަހަރުގެ ޖެނުއަރީ 1އަށް އުމުރުން 12 އަހަރު ނުފުރޭ ކުދިންނަށް އަމާޒުކޮށް ޕިއްޒާ ބޯނާ އިން ފެށީ 'މައި ޕިއްޒާ ބޮކްސް'ގެ ނަމުގައި އާޓް ޗެލެންޖެކެވެ.

ތަފްސީލް - ހުށަހަޅާ ކޮންމެ ކުރެހުމަކަށް ޕިއްޒާ ވައުޗަރެއް ލިބޭ މި ޗެލެންޖުގައި ކުރަންޖެހޭނެ ކަމަކީ ޕިއްޒާ ފޮއްޓަށް، ވީހާ ވެސް ކްރިއޭޓިވް ކުރެހުމެއް ފަރުމާކުރުމެވެ. ކޮންމެ ކުއްޖަކަށް ވެސް ގިނަވެގެން ހުށަހެޅޭނީ އެއް ކުރެހުމެވެ.

  • ކުރެހުން ހުށަހަޅަން ޖެހެނީ މާފަންނުގައި ހުންނަ ޕިއްޒާ ބޯނާ އައުޓްލެޓަށް ނޫނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހިން ހިޔާ ޓަވަރު 15ގައި ހުންނަ ޕިއްޒާ ބޯނާ އައުޓްލެޓަށް

  • ކުރެހުމުގެ ސައިޒަކީ 12*12 އިންޗި

  • ކުރެހުމުގައި ފެންކުލަ، ކްރެޔޮން އަދި ޕެސްޓެލް ކުލަ ވެސް ބޭނުން ކުރެވިދާނެ؛ ޑިޖިޓަލް އާޓެއް ބަލައެއްނުގަންނާނެ

  • ކުރެހުން ހުށަހަޅަންޖެހެނެނީ މާދަމާ އިން ފެށިގެން މި މަހުގެ 10އާ ދެމެދު؛ ކުރެހުމުގެ ފަހަތުގައި ކުއްޖާގެ ނަމާއި އައިޑީ ކާޑު ނަންބަރު އަދި ބެލެނިވެރިޔާގެ ފޯނު ނަންބަރާއި މައުލޫމާތު ހިމަނަންވާނެ

ބުނީ ކީކޭ؟ - ޕިއްޒާ ބޯނާ އިން ބުނީ، މި ޗެލެންޖުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ވެސް ޕިއްޒާ ބޯނާގެ ފަރާތުން ޕިއްޒާ ވައުޗަރެއް ދޭނެ ކަމަށެވެ. އަދި ފާހަގަކުރެވޭ ކުރެހުންތައް ޕިއްޒާ ބޯނާގެ އައުޓްލެޓްތަކުގައި ދައްކާލަން ބަހައްޓާނެ ކަމަށް ވެސް އެ ތަނުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް