ޓީއެމްއޭ އިން އަލަށް ގެނަ ސީޕްލޭން (ފޮޓޯ/ޓީއެމްއޭ

ޓީއެމްއޭ

ޓޫރިޒަމް ރަނގަޅުވުމާ އެކު ޓީއެމްއޭއިން އާ ބޯޓެއް ގެނެސްފި

ޓީއެމްއޭ އިން ރާއްޖޭގެ 14 އަތޮޅެއްގައި އޮތް 80 އަށް ވުރެ ގިނަ ރިސޯޓަށް ދަތުރުތައް ކުރޭ

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ރާއްޖޭގެ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އެ އެއާލައިންގެ 62 ވަނަ ބޯޓު ރާއްޖެ ގެނެސްފި އެވެ.

ތަފްސީލް - ޓީއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި:

  • އެއީ އެ އެއާލައިނުން މިހާރު ވެސް ބޭނުންކުރަމުން އަންނަ ޑީއެޗްސީ-6 ޓުވިން އޮޓާ މަރުކާގެ ބޯޓެއް

  • ކުރިއަށް އޮތްތަނުގައި ވެސް އިތުރު ބޯޓުތައް ގެނެސް ފްލީޓު ބޮޑުކޮށް ހިދުމަތް ފުޅާކުރާނެ

ޓީއެމްއޭ އިން އަލަށް ގެނައި ސީޕްލޭން ފޮޓޯ/ޓީއެމްއޭ)

ބުނީ ކީކޭ؟ - އެ އެއާލައިނުން އިތުރު ބޯޓެއް ގެނައި ސަބަބާ ގުޅޭ ގޮތުން ބުނީ ފްލީޓަށް ބޯޓު އިތުރުކުރަނީ ރާއްޖޭގެ ފަތުރުވެރިކަމަށް އަންނަ ކުރިއެރުމާއެކު އެ ޑިމާންޑާށް ކޭޓާ ކުރުމަށް ކަމަށެވެ.

"އާ ރިސޯޓުތައް ހުޅުވި ފަތުރުވެރިން އަންނަ އަދަދު ދަނީ އިތުރުވަމުން. ކޮވިޑު ބަލިމަޑު ކަމަށް ފަހު ޓީއެމްއޭ އަށް އިތުރު 10 ކްލަޔަންޓުން ލިބިފައިވާއިރު އާ ރިސޯޓުތަކާއެކު އެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭ،" އެ އެއާލައިނުން ނެރުނު ބަޔާނުގައި ބުންޏެވެ.

ޓީއެމްއޭ އިން އަލަށް ގެނައި ސީޕްލޭން (ފޮޓޯ/ޓީއެމްއޭ

އެ އެއާލައިނުން އިތުރަށް ބުނީ:

  • މި އަހަރަކީ ޓީއެމްއޭގެ އޮޕަރޭޝަނަށް 30 އަހަރު ފުރޭ އަހަރު ކަމަށް

  • 1993 ވަނަ އަހަރުން ފެށިގެން ޓީއެމްއޭ އިން މަސައްކަތް ކުރަމުން ދަނީ ރާއްޖެ ގުޅުވާލަ ދިނުމަށް 

  • ނަތީޖާ އެއްގެ ގޮތުން ރާއްޖޭގެ ފަތުރުވެރިކަން ފުޅާވެ މާލެ އާ ދުރު ސަރަހައްދުތަކުގައި ފަތުރުވެރިކަން ފުޅާވެ ތަރައްގީ ވެފައިވޭ

  • ނަތީޖާ އެއްގެ ގޮތުން ރާއްޖޭގެ ފަތުރުވެރިކަން ފުޅާވެ މާލެ އާ ދުރު ސަރަހައްދުތަކުގައި ފަތުރުވެރިކަން ފުޅާވެ ތަރައްގީ ވެފައިވޭ

ޓީއެމްއޭ އިން ރާއްޖޭގެ 14 އަތޮޅެއްގައި އޮތް 80 އަށް ވުރެ ގިނަ ރިސޯޓަށް މިހާރު ދަތުރުކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް