މާފަންނު ސްޓޭޑިއަމް ކައިރީގައި ހުންނަ މިފްކޯގެ މައި މަސް ފިހާރަ. (ފޮޓޯ/މިފްކޯ)

މިފްކޯ

މިފްކޯގައި ވިސްލްބްލޯ ކުރުމަށް ހަރުދަނާ ނިޒާމެއް ގާއިމްކޮށްފި

އާންމުންނަށާއި ކުންފުނީގެ މުވައްޒަފުންނަށް ވެސް މައްސަލަ ހުށަހެޅޭނެ

ކުންފުނީގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް، ރައްކާތެރިކަމާ އެކު ވިސްލްބްލޯ ކުރެވޭނެ ނިޒާމެއް، ސަރުކާރުގެ މަސް ކުންފުނި، މިފްކޯގައި ގާއިމްކޮށްފި އެވެ.

ވީ ކިހިނެއް؟ - މިފްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ނިޒާމު ގާއިމްކުރީ އާންމުންނަށާއި ކުންފުނީގެ މުވައްޒަފުންނަށް ވެސް މައްސަލަ ހުށަހެޅޭ ގޮތަށް ކަމަށެވެ.

ތަފްސީލް - މިއީ، މިފްކޯ އިން ބުނި ގޮތުގައި، ކުންފުނީގެ މުދަލާއި ފައިސާ އަދި އެހެނިހެން ވަސީލަތްތައް ބަލަހައްޓައި ބޭނުންކުރުމުގަ އާއި ކުންފުނީގެ އޮޕަރޭޝަނުގައި ކުންފުންޏަށް ގެއްލުންވާނެހެން، އުސޫލުތަކާ ހިލާފަށް ކުންފުނީގެ އެތެރޭގައި ހިނގާ ކަންކަން ކުންފުނީގެ އިންޓާނަލް އޮޑިޓާއި ބޯޑަށް އެންގުމަށް ބޭނުންވާ ފަރާތްތަކަށް އެކަން ކުރުމަށް މަގުފަހިކޮށްދިނުމަށް ގާއިމްކުރި ނިޒާމެކެވެ.

މިފްކޯ އިން ބުނީ:

  • ވިިސްލްބްލޯ ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށާއި ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށް މައްސަލަ ހުށަހަޅާ ފަރާތުގެ މައުލޫމާތު ރައްކާތެރިކުރާނެ

  • ކުންފުނީގެ މެނޭޓްމަންޓުގެ ބޭރުން، އިންޓާނަލް އޮޑިޓް ޑިޕާޓުމަންޓުގެ ދަށުން ކުންފުނީގެ ބޯޑުގެ އޮޑިޓް ކޮމެޓީއަށް ރިޕޯޓު ކުރެވޭނެ މިނިވަން ނިޒާމެއް

  • މައްސަލައެއް ރިޕޯޓް ކުރާ ފަރާތުގެ ވަނަވަރު ނޭނގޭ ގޮތަށް ނުވަތަ 'އެނޮނިމަސް'ކޮށް ވެސް ރިޕޯޓު ކުރެވޭނެ

  • މައްސަލަތައް ވެބްސައިޓުގައިވާ ވިސްލްބޮލޮވާ ލިންކު ނުވަތަ ވިސްލްްބްލޯވާ ހޮޓްލައިން 7212141 މެދުވެރިކޮށް ފޯނު، ވައިބާ، ވަޓްސްއެޕް މެދުވެރިކޮށް ވެސް މައްސަލަ ހުށަހެޅޭނެ

  • މައްސަލަ ހުށަހަޅާއިރު ވީހާ ވެސް ތަފްސީލުކޮށް، ހެއްކާ އެކު މައްސަލަ ހުށަހެޅުމަށް އިންޓާނަލް އޮޑިޓް ޑިޕާޓުމަންޓުން އެދޭ

  • ހުށަހެޅޭ ހުރިހާ މައްސަލައެއް ބަލާ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަންދޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް