އެންޒީގެ ފިހާރާއެއް: އެންޒީން ވަނީ ރޯދަ މަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށާފައި. (ފޮޓޯ/އެންސިސް)

އެންޒީ އިން ހަފުތާއަކު ދެ މީހަކަށް 5،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް

ރޯދަ މަސް ނިމެންދެން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ކޮންމެ ރެއަކު ބައިވެރިވެވޭނެ

އެންސިސް ފިޝަރީޒްގެ އެންޒީ އިން ވިޔަފާރިކޮށްގެން، ހަފުތާއަކު ދެ މީހަކަށް 5،000 ރުފިޔާ ހޯދުމުގެ ފުރުސަތު އޮތް ޕްރޮމޯޝަނެއް ފަށައިފި އެވެ.

ވީ ކިހިނެއް؟ - މި ރޯދަމަހާ ގުޅުވައިގެން އެންސިސް އިން ފެށި 'އެންޒީ ރޯދައިގެ ނަސީބު' ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ ރެއަކު ވެސް އޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ޕްރޮމޯޝަނުގައި:

  • ނަސީބުވެރި ދެ މީހަކަށް ކޮންމެ ހަފުތާއަކު 5،000 ރުފިޔާ ލިބޭނެ

  • ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އެންޒީ އިން 200 ރުފިޔާގެ ވިޔަފާރިކޮށްގެން

  • އެންޒީގެ މި ޕްރޮމޯޝަން ރޯދަ މަސް ނިމެންދެން ކުރިއަށް ދާނެ

އެނގުން މުހިއްމު - އެންޒީ އިން ވަނީ، ރޯދަ މަހަށް ހާއްސަކޮށް، އާ މަސް ދަޅެއް ވެސް ތައާރަފްކޮށްފަ އެވެ.

ޓޫނާ އިން ލެމަން އެންޑް ޕެޕާގެ ނަމުގަައި ނެރުނު މަސްދަޅުގައި ހިމެނެނީ ކަނޑުމަސް، ލުނބޯހުތް އަދި އަސޭމިރުހެވެ.

އެންސިސް އިން ބުނިގޮތުގައި މިއީ ދިވެހިންގެ މެދުގައި މަގުބޫލު ހެދިކާއެއް ކަމަށްވާ، ކަޓްލަސް ހެދުމަށް ވަރަށް ފަސޭހަ މަސް ދަޅެކެވެ.

މި މަސް ދަޅު އެންޒީގެ ހުރިހާ ފިހާރައަކުން ވެސް ލިބޭނެ ކަމަށް އެތަނުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް