މިފްކޯ އިން ގެންނަނަ މަސްކިރާ ބޯޓު 'ޖަޒީރާ 103'

މިފްކޯ

މިފްކޯ އަށް 4 ބޯޓު ގަނެ، އެއް ބޯޓު އަންނަ މަހު ރާއްޖެ ގެންނަނީ

މިފްކޯ އިން ވަނީ ކުންފުނީގެ އޮޕަރޭޝަން ފުޅާ ކުރުމަށް، 2021 ވަނަ އަހަރުވެސް 300 ޓަނުގެ ބޯޓެއް

މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް މަސް ކިރާ ހަތަރު ބޯޓު ގަނެ، އެތަނުން އެއް ބޯޓު އަންނަ މަހު ރާއްޖެ ގެންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ވީ ކިހިނެއް؟ - މިފްކޯ އިން ބުނީ ކުންފުނީގެ ފްރީޒިން އަދި ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މަސްކިރާ ބޯޓުތައް އިތުރުކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި މަސް ގަންނަ ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ތަފްސީލް - އަލަށް ގަންނަ ހަތަރު ބޯޓާ ގުޅޭގޮތުން އެ ކުންފުނިން ބުނީ އެ ބޯޓުތައް ގަތުމުގެ މުއާމަލާތްތައް ނިންމާ، އެ ބޯޓުތައް ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

  • އެ ބޯޓުތަކުގެ ތެރެއިން ޖަޒީރާ 103 މިހާރު ވަނީ ގަތުމަށްފަހު ރާއްޖެ އައުމަށް ތައްޔާރު ވެފައި

  • އެ ބޯޓް ކޮރެއާއިން ފުރާނީ މި މަހުގެ 18 ގައި، ބޯޓަށް ރާއްޖެ އާދެވޭނީ އަންނަ މަހުގެ 6 ނޫނީ 7 ގައި

  • މިއީ ފަސޭހަކަމާއެކު ބޯޓުގެ ދެ ފަރާތުން މަސް ކިރޭ ގޮތަށް ދެ ކްރޭން ހަރުކޮށް، ދުވާލަކު 120 މެޓްރިކު ޓަަނުގެ މަސް ގަނެ ފިނިކުރެވޭނެ ކެޕޭސިޓީގެ ބޯޓެއް

  • 420 މެޓްރިކް ޓަނުގެ މަސް އެ ބޯޓުގައި ރައްކާ ކުރެވޭނެ

މިފްކޯ އިން ބުނީ އެ ކުންފުންޏަށް ގަންނަ ހަތަރު ބޯޓުގެ ތެރެއިން އަނެއް ތިން ބޯޓް ވެސް މިހާރު ގަނެ ރަޖިސްޓްރީކޮށް ނިންމާފައިވާ ކަމަށެވެ.

އެ ތިން ބޯޓު ތައިލޭންޑްގައި ޑޮކުކޮށް، އޮޕަރޭޝަނަށް ގެނައުމުގެ ކުރިން ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް މިފްކޯ އިން ބުންޏެވެ.

  • އެ ބޯޓުތަކަކީ ދުވާލަކު 60 ޓަނުގެ މަސް ގަނެވޭނެ ކެޕޭސިޓީގެެ ބޯޓުތަކެއް

ގުޅުން ހުރި ކަމެއް - މިފްކޯ އިން ވަނީ ކުންފުނީގެ އޮޕަރޭޝަން ފުޅާ ކުރުމަށް، 2021 ވަނަ އަހަރުވެސް 300 ޓަނުގެ ސްޓޯރޭޖު ކެޕޭސިޓީގެ، ދުވާލަކު 120 ޓަނު މަސް ގަނޑުކުރެވޭ ބޯޓެއް ގެނެސްފަ އެވެ. މީގެ އިތުރުން މަސް އެކްސްޕޯޓުކުރުމަށް 2400 ޓަނުގެ ކެރިއާ ވެސެލް އެއްވެސް ވަނީ ގެނެސްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް