މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު. (ފޮޓޯ/ މަޖިލިސް)

އިންފްލޭޝަން ހިސާބުކުރާ ގޮތް އިބްރާހިމް ރަޝީދަށް އަމީރު ސާފުކޮށްދެއްވައިފި

ސިޕީއައި އެކުލަވާލަން ކޮންމެ މަހަކު އެއް ފަހަރު އެމްބީއެސް އިން މާލޭގެ އިތުރުން އަތޮޅުތެރޭގެ ހަތަރު ރަށަކުން 9،500އަށް ވުރެ ގިނަ އަގު ނަގާކަން އަމީރު ފާހަގަކުރެއްވި

ތަކެތީގެ އަގުތައް އުފުލޭ މިންވަރު ނުވަތަ އިންފްލޭޝަން ރޭޓު ރާއްޖޭގައި މިހާރު ހިސާބުކުރާ ގޮތް ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ފޮނުއްވި ސުވާލާ ގުޅިގެން، އިންފްލޭޝަން ހިސާބުކުރާ ގޮތް މިނިސްޓަރު މެންބަރަށް ސާފުކޮށްދެއްވައިފި އެވެ.

ވީ ކިހިނެއް؟ - މެންބަރު އިބްރާހިމް ރަޝީދު ލިޔުމުން ޖަވާބު ހޯއްދެވުމަށް މިނިސްޓަރާ ސުވާލުކުރެއްވީ:

  • މިހާރު އިންފްލޭޝަން ހިސާބު ކުރާ ގޮތް ސާފުކުރުމަށް

  • ކޮންސިއުމާ ޕްރައިޒް އިންޑެކްސް (ސީޕީއައި) ހިސާބުކުރުމަށް، ތެލުގެ ބާވަތްތަކާއި އުފެއްދުންތަކަށް ދީފައިވާ ބުރަދަނަކީ ކޮބައިތޯ ސާފުކުރުމަށް

ތަފްސީލް - މެންބަރުގެ ސުވާލުތަކަށް މިނިސްޓަރު ލިޔުމުން ފޮނުއްވި ޖަވާބުގައި ވިދާޅުވީ، ރާއްޖޭގަައި އިންފްލޭޝަން ހުރި މިންވަރުު ހިސާބުކުރަމުން އަންނަނީ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ކަމަށެވެ.

ބުނީ ކީކޭ؟ - މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވީ:

  • މިހާރު އެކުލަވާލާފައިވާ ސީޕީއައި އަކީ 2016 ވަނަ އަހަރުގެ ހައުސް ހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗާ ސާވޭގައި ގޭބީސީތަކުގެ ހަރަދަށް ބިނާކޮށް ހޮވާލާފައިވާ މުދަލާއި ހިދުމަތްތަކުގެ އަގުތައް ހިމަނައިގެން ތައްޔާރުކުރާ އިންޑެކްސްއެއް

  • ސިޕީއައި އެކުލަވާލަން ކޮންމެ މަހަކު އެއް ފަހަރު އެމްބީއެސް އިން މާލޭގެ އިތުރުން އަތޮޅުތެރޭގެ ހަތަރު ރަށަކުން 9،500އަށް ވުރެ ގިނަ އަގު ނަގާ

  • ސީޕީއައިގައި ތެލުގެ އުފެއްދުންތަކަށް ދީފައިވާ ބުރަދަނަކީ %0.57

އެމްބީއެސް އިން ކޮންމެ މަހަކު އެއް ފަހަރު މާލެ އާއި އަތޮޅުތައް އަދި މުޅި ރާއްޖޭގެ ސިޕީއައި ރިޕޯޓު އެކުލަވާލައި އާންމުކުރާކަން މިނިސްޓަރު ފޮނުއްވި ޖަވާބުގައި ފާހަގަކުރައްވާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް