އެއް ދުވަހާ އެންމެ ގިނަ ކަންނެލި ބޭނި ދޯންޏަށް އެންސިސްގެ އިސް ވެރިން ޒިޔާރަތް ކުރަނީ. (ފޮޓޯ/އެންސިސް

އެއް ދުވަހާ އެންމެ ގިނަ ކަންނެލި ބޭނި ދޯންޏަށް އެންސިސްގެ މަރުހަބާ

ފ. ފީއަލީ 'ބަނދަރީ' ދޯނިން ވަނީ 14 ޓަނަށް ވުރެ ގިނަ އަދަދެއްގެ ބޮޑުކަންނެލި އެއް ދަތުރުން ކިރުވާފައި

އެއް ދުވަހާ އެންމެ ގިނަ އަދަދެއްގެ ކަންނެލި ބާނައި ރެކޯޑު މުގުރާލި ދޯންޏަށް އެންސިސް ފިޝަރީޒް އިން މަރުހަބާ ކިޔައިފި އެވެ.

ވީ ކިހިނެއް؟ - އެއް ދުުވަހާ އެންމެ ގިނަ އަދަދެއްގެ ކަންނެލި ބާނައި ރެކޯޑު މުގުރާލީ ފ. ފީއަލީ 'ބަނދަރީ' ދޯނިންނެވެ. އެ ދޯނިން ވަނީ 14 ޓަނަށް ވުރެ ގިނަ އަދަދެއްގެ ބޮޑުކަންނެލި އެއް ދަތުރުން ކިރުވައިފަ އެވެ.

ތަފްސީލް - އެ ދޯންޏަށް މަރުހަބާ ކިޔުމަށް އެންސިސް ފިޝަރީޒްގެ ޗެއާމަން މުހައްމަދު ވަސީމާއި އިސް ބޭފުޅުން މިއަދު ވަނީ އެ ދޯންޏަށް ޒިޔާރަތްކުރައްވައި ފަޅުވެރިންނާ ބައްދަލުކުރައްވާފަ އެވެ. މީގެ އިތުރުން، އެންސިސް އިން ވަނީ އެ ދޯނީގެ ފަޅުވެރިންނަށް ހަދިޔާއެއް ވެސް ދީފަ އެވެ.

އެންމެ ގިނަ ކަންނެލި ބޭނި ދޯންޏަށް އެންސިސް އިން ހަދިޔާ ދެނީ (ފޮޓޯ/އެންސިސް)
  • އެންސިސް އިން ބުނީ މިއީ އެ ކުންފުނީގެ ތާރީހުގައި ވެސް އެއް ދަތުރަކުން އެންމެ ފިނަ އަދަދަކަށް އެ ކުންފުންޏަށް ބޮޑު ކަންނެލި ކިރުވި ފަހަރު

  • މީގެ ކުރިން އެ ރެކޯޑު އޮތީ ހއ. އިހަވަންދޫ 'މާހޯރަ 3' ދޯނީގެ އަތުގައި

  • މިދިޔަ އަހަރު އެ ދޯނިން ވަނީ 865 ކިލޯގެ ބޮޑުކަންނެލި ކިރުވާފައި

ކޮމެންޓް (1)

ހަސްނާ

8 މާރިޗު 2023
ކޮންއިރަކުންތޯ ފުލެޓުތަކައް މަރުހަބާ ކިޔުން އޮތީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް