ބަންގްލަދޭޝްގެ ނޭޝަނަލް އެގްރިކެއާ އާއި މިއާންޒް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެމްއޯޔޫގައި ސޮއިކުރުން ފޮޓޯ/ނޭޝަނަލް އެގްރިކެއާ)

ދަނޑުވެރިކަން

ބަނގްލަދޭޝް އިން ރާއްޖެ އަށް ޕެސްޓިސައިޑްސް އެތެރެ ކުރަނީ

ބަނގްލަދޭޝްގެ ނޭޝަނަލް އެގްރިކެއާ އާ ގުޅިގެން އެ ގައުމުގައި އުފައްދާ ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑްސް އާއި އެގްރިކަލްޗްރަލް މެޓީރިއަލްސް ރާއްޖެ އަށް އެތެރެކުރަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ބަނގްލަދޭޝް އިން ރާއްޖެއަށް އެގްރިކަލްޗާ މެޓީރިއަލްސް އެތެރެކުރުމުގެ އެމްއޯޔޫގައި ރާއްޖޭގެ މިއާންޒް ޕްރައިވެޓް ލިމިޓެޑް އާއި އެ ގައުމުގެ ނެޝަނަލް އެގްރިކެއާ އާ ދެމެދު ވަނީ ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގެ ދަށުން ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑްސް އާއި އެހެނިހެން ވަސީލަތްތައް ރާއްޖެ އެތެރެކުރާނެ އެވެ.

ތަފްސީލް - މީގެ ކުރިން ބަނގްލަދޭޝްގައި ދަނޑުވެރިކަމަށް ބޭނުންކުރާ ޕެސްޓިސައިޑްސް އާއި އެހެނިހެން ވަސީލަތްތަކަކީ އެ ގައުމަށް ވެސް އެތެރެކުރާ ސާމާނެވެ.

ނަމަވެސް އެ ދާއިރާ ކުރިއަރައި، ބަނގްލަދޭޝްގައި އެތަކެތި އުފައްދާ އެ ގައުމުގެ މާކެޓަށް ފޯރުކޮށްދިނުމުގެ އިތުރުން އެ ތަކެތި އެކްސްޕޯޓް ކުރަން ފެށުމަކީ ބަނގްލަދޭޝްގެ ދަނޑުވެރިކަމުގެ ދާއިރާ އަށް ލިބުނު ކުރިއެރުމެކެވެ. އެގޮތުން؛

  • މިއީ ބަނގްލަދޭޝް އިން ޕެސްޓިސައިޑްސް އެކްސްޕޯޓު ކުރާ ފުރަތަމަ ފަހަރު

  • ބަންގްލަދޭޝްގައި ބޭނުންކުރާ ޕެސްޓިސައިޑްސްގެ %90 އަކީ އެގައުމަށް އެތެރެކުރާ ސާމާނު

  • އަނެއް %10 އަކީ އެ ގައުމުގައި އުފައްދާ ތަކެތި

މި އެއްބަސްވުމުގެ ދަށުން ބަންގްލަދޭޝް އިން ރާއްޖެ އަށް ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑްސް އާއި އެހެނިގެން ވަސީލަތްތައް އެކްސްޕޯޓް ކުރުމަކީ އިގްތިސޯދީ ގޮތުން ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވާނެ ކަމެއް ކަމަށް މިއާންޒު އިން ބުންޏެވެ.

މިއާންޒް އިން ބުނީ، ރާއްޖޭގެ އިތުރުން ލަންކާ އާއި ނޭޕާލްގައި ވެސް ނޭޝަނަލް އެގްރިކެއާގެ އުފެއްދުންތައް އެ ކުންފުނިން މާކެޓު ކުރާނެ ކަމަށެވެ.

އެނގުން މުހިއްމު - ބަންގްލަދޭޝްގެ ނޭޝަނަލް އެގްރިކެއާ އަކީ 2002 ވަނަ އަހަރު އުފެއްދި، ބަންގްލަދޭޝްގެ ދަނޑުވެރިންގެ ކުންފުންޏެކެވެ. އެ ގައުމުގައި ދަނޑުވެރިކަން ކުރިއެރުވުމަށް އެ ކުންފުނީގެ ހިއްސާ ބޮޑެވެ.

ކޮމެންޓް (1)

ނނނނނނ

5 މާރިޗު 2023
އޭގެ ކޮލިޓީ ޗެކްކުރާނީ ކާކު؟؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް