
މާލޭގެ ލޯކަލް މާރުކޭޓުގައި މޭވާ އާއި ތަރުކާރީ ވިއްކަން ބަހައްޓާފައި. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ ޔަޝާއު)
ތަކެތީގެ އަގުތައް ބޮޑުވަނީ؛ އިންފްލޭޝަން %4އަށް އަރައިފި
މިދިޔަ ޖެނުއަރީ މަސް ނިމުނުއިރު ރާއްޖޭގެ އިންފްލޭޝަން އަނެއްކާވެސް މައްޗަށް ގޮސް، %4އަށް އަރާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ވީ ކިހިނެއް؟ - އެމްއެމްއޭއިން މިއަދު އާންމުކުރި މިދިޔަ މަހުގެ އިގްތިސާދީ ތަފާސްހިސާބުތަކުގެ ރިޕޯޓުން ދައްކާ ގޮތުގައި، މުޅި ރާއްޖޭގެ އިންފްލޭޝަން ވަނީ %4އަށް އަރައިފަ އެވެ. އެއީ މިދިޔަ ޑިސެމްބަރު މަހާ އަޅާބަލާއިރު 0.6 ޕޮއިންޓްގެ އިތުރުވުމެކެވެ. މިދިޔަ ނޮވެމްބަރު މަހަށް ފަހު އިންފްލޭޝަން އަނެއްކާވެސް ދަނީ މައްޗަށް ޖެހެމުންނެވެ. އެގޮތުން:
-
ޑިސެމްބަރުގައި އިންފްލޭޝަން ހުރީ %3.4ގައި
-
މިދިޔަ އޮކްޓޯބަރު އަދި ނޮވެމްބަރުގައި އިންފްލޭޝަން ދައްވި؛ އޭރު ހުރީ %2.9-%2.8
-
އެންމެ ބޮޑަށް އަގުތައް މައްޗަށް ދިޔައީ ދަތުރުފަތުރާއި ކަނޑުމަހުގެ އިތުރުން، ފަރުނީޗަރު ފަދަ ގޭގައި ހިފައި ގެންގުޅޭ ތަކެތީގެ ބައިން
-
އަގުތައް ދައްވެފައި ވަނީ މުވާސަލާތީ ދާއިރާގެ ބައިން އެކަނި
ތަފްސީލް - އިންފްލޭޝަންގެ ހިސާބުތައް ދައްކާ ގޮތުން، މަހުގެ އަގު ނުހިމަނާ ވެސް މުޅި ރާއްޖޭގެ އިންފްލޭޝަން ވަނީ %3.8އަށް އިތުރުވެފަ އެވެ.
-
ވެރިރަށް މާލޭގެ އިންފްލޭޝަން ހުރީ %3.7ގައި
-
އަތޮޅުތަކުގައި އިންފްލޭޝަން ހުރީ %4.3ގައި
-
އަތޮޅުތަކުގައި ވެސް އަގުތައް އެންމެ ބޮޑަށް މައްޗަށް ދިޔައީ ދަތުރުފަތުރުގެ ބައިން
އެނގުން މުހިންމު - މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ އިންފްލޭޝަން ރެކޯޑް މިންވަރަކަށް މައްޗަށް ދިޔަ އެވެ. އެގޮތުން، މިދިޔަ ހަ އަހަރުގެ ތެރޭގައި ރާއްޖޭގެ އިންފްލޭޝަން މައްޗަށް ނުދާހާ ވަރަށް މިދިޔަ އަހަރު މައްޗަށް ދިޔަ އެވެ. އެގޮތުން، %5.2އަށް އިންފްލޭޝަން ދިޔަ އެވެ.
ކޮމެންޓް (1)
އިގްތިސާދީ މާހިރު