މިފްކޯއި ން އަލަށް ތައާރަފްކުރި ފަސްމީރު ލައިފްސްޓައިލް މީލް ޕެކްތައް. (ދައުރު ފޮޓޯ)

މިފްކޯ

މިފްކޯ އިން ރަހަމީރު މީލް ޕެކްތަކެއް ތައާރަފްކޮށްފި

މިފްކޯ އިން ވަނީ ތަފާތު ފަސް ބާވަތެއްގެ މީލް ޕެކް ތައާރަފްކޮށްފައި؛ މި ޕެކްތަކަކީ 5 މިނެޓަށް މައިކްރޮވޭވް ކޮށްލުމަށް ފަހު ކެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އުފެއްދުންތަކެއް
25 ފެބްރުއަރީ 2023

ގަނެގެން ވަގުތުން ކެވޭ ގޮތަށް ތައްޔާރުކޮށްފައިވާ މީލް ޕެކްތަކެއް މިފްކޯ އިން ތައާރަފްކޮށްފި އެވެ.

ވީ ކިހިނެއް؟ - މިފްކޯ އިން އެ ޕެކްތައް ތައާރަފްކުރީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ އެފްއެންބީ ޝޯގެ ތެރެއިންނެވެ.

ތަފްސީލް - މިފްކޯގެ މި މީލް ޕެކްތަކަކީ 5 މިނެޓަށް މައިކްރޮވޭވް ކޮށްލުމަށް ފަހު ކެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ. މީލް ޕެކްތަކުގައި ތަފާތު ފަސް ބާވަތެއް ހިމެނެ އެވެ. އެއީ:

  • މަސްބަތް

  • ޓޫނާ ވިތު ކަންކުން އެންޑް ސްޕިނެޗް ރައިސް

  • ޓޫނާ އިން ބާބަކިއު ސޯސް

  • ޓޫނާ ވިތު އޮބާޖީން

  • ޓޫނާ އިން ހޮޓް ބަޓާ ސޯސް

މިއަދުން ފެށިގެން މިފްކޯ ފަސްމީރު ފިހާރަތަކުން މީލް ޕެކްތައް ގަންނަން ލިބޭނެ އެވެ. އެ ޕެކްތަކުގެ އަގުތައް ހުންނާނީ 60-80ރ.އާ ދެމެދުގަ އެވެ.

  • މިއީ ޕްރިޒަވޭޓިވް ކެމިކަލްތަކާ ނުލައި ތައްޔާރުކޮށްފައިވާ މަހުގެ 'ރެޑީ-ޓު-އީޓް' މީލް ޕެކްތަކެއް

  • މި ޕެެކްތަކުގައި ހިމެނޭނީ ބަތް، ކަނޑުމަސް އަދި ތަރުކާރީގެ ބާވަތްތައް

  • ބިޒީކޮށް އުޅެމުން ވެސް ރަހަމީރު ކެއުމެއް ކާލެވޭނެ

އެފްއެންބީ ޝޯ މިރޭ ނިންމާލާއިރު، އެ އެކްސްޕޯގައި ހުންނަ މިފްކޯގެ ސްޓޯލަށް ޒިޔާރަތްކުރުމުން މި މީލް ޕެކްތަކުގެ ރަހަ ބަލައިލުމުގެ ފުރުސަތު ލިބޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް