'ދާވަތު' ބިރިޔާނީ ޕެކް.

އެޑްވަޓޯރިއަލް

ފަސޭހަކޮށް، މީރު ބިރިޔާނީއެއް ކައްކަން 'ދާވަތު' ބިރިޔާނީ ޕެކް

'އެސް އެންޑް އޯ' އިން މިދިޔަ ހަފްތާގެ ތެރޭގައި ރާއްޖޭގެ ބާޒާރާށް ތައާރަފުކޮށްފައި ވަނީ 'ދާވަތު' ބިރިޔާނީ ކިޓުގެ 375 ގްރާމު ފޮށި

މީރު ބިރިޔާނީއެއް ކައްކަން ގިނަ ވަގުތު ހޭދަވުމަކީ ބައެއް ފަހަރު ވަރަށް ބޮޑު ޝަކުވާއެކެވެ. މި ޝަކުވާތަކަށް ނިމުން ގެނެސް، ގޭގައި ފަސޭހައިން މީރު ބިރިޔާނީއެއް ތައްޔާރުކުރަން ބޭނުންވާ ސާމާނު އެއްކޮށް، ހަވާދުގަނޑު ހަދައި ރަހަ މީރުކުރަން ކުރަން ޖެހޭ މަސައްކަތް 'އެސް އެންޑް އޯ' އިން މިވަނީ ފަސޭހަކޮށްދީފަ އެވެ. 

'އެސް އެންޑް އޯ' އިން ބަދިގެތަކަށް ގެނެސްދިން ފަސޭހަ އަކީ ބިރިޔާނީ ކައްކަން ފަސޭހަ 'ދާވަތު' ބްރޭންޑުގެ ބިރިޔާނީ ކިޓް ތައާރަފުކުރުމެވެ.

މި ބިރިޔާނީ ޕެކެޓަކީ ބިރިޔާނީ ކައްކަން އެންމެ ކަމުދާ ދާވަތު ބްރޭންޑުގެ ހަނޑޫ ޕެކެޓުގެ އިތުރުން ބިރިޔާނީގައި ރަހަ ހެޔޮވަރު ކުރަން ބޭނުންވާ ހުރިހާ ސްޕައިސްއެއް އަދި ބިރިޔާނީ ހަވާދުގަނޑު ވެސް ހިމެނޭ އުފެއްދުމެކެވެ. ބިރިޔާނީއަށް އިންސާފުކުރާއިރު ރަހަ ހެޔޮވަރުކޮށްލައިދޭ ރައިޓާ ތައްޔާރުކުރަން ބޭނުންވާ ސީޒަނިން ވެސް މި ޕެކްގައި ހިމެނެ އެވެ.

މިހާރު ވެސް މާކެޓުގައި މަގުބޫލު 'ދާވަތު' ބާސްމަތީ ހަނޑޫ ބްރޭންޑުގެ ބިރިޔާނީ ކިޓަކީ ބިިރިޔާނީ މީރު މީހުންނަށް ފަސޭހައިން ގޭގައި، އަވަހަށް ތައްޔާރުކުރެވޭނެ އުފެއްދުމަކަށް ވާނެ އެވެ.

 'ދާވަތު' ބިރިޔާނީ ޕެކް.
  • 'އެސް އެންޑް އޯ' އިން މިދިޔަ ހަފްތާގެ ތެރޭގައި ރާއްޖޭގެ ބާޒާރާށް ތައާރަފުކޮށްފައި ވަނީ 'ދާވަތު' ބިރިޔާނީ ކިޓުގެ 375 ގްރާމު ފޮށި 

  • މިއީ އިންޑިއާގެ އުފެއްދުމެއް

  • ލަކްނޯވީ އަދި ހައިދްރާބާދީ ބިރިޔާނީ ޕެކް ލިބޭނެ

  • 'އެސް އެންޑް އޯ'ގެ ހޯލްސޭލް އަދި ރީޓެއިލް ފިހާރަތަކުން ގަންނަން ލިބޭނެ

 'ދާވަތު' ބިރިޔާނީ ޕެކް.

'ދާވަތު' ބިިރިޔާނީ ކިޓުން ބިރިޔާނީ ތައްޔާރުކުރުމަށް:

  • 1-

    ހަނޑޫ ދޮވެ، ފެނުގައި 30 މިނެޓު ބަހައްޓައި ތެލާއި ލޮނު އަދި ޕެކްގައި ހިމެނޭ ސްޕައިސްކޮޅު އަޅައިގެން ކައްކާލާ؛ ހަނޑޫ %75އަށް ރޯފިލީމާ، ފެންފޮދު އުކާލާފައި ހަނޑޫކޮޅު އެއް ފަރާތުގައި ބަހައްޓާލާ

  • 2-

    ގްރޭވީ ތައްޔާރުކުރުމަށް، 2-3 މޭޒުމަތީ ސަމްސާ ތެޔޮ ތެއްޔަކަށް އަޅާ ހޫނުވީމާ ބިރިޔާނީގައި ހިމަނަން ބޭނުންވާ ވައްތަރެއްގެ މަސް (ކުކުޅު/މަޓަން) އަޅާލައި ރޯފިލުވާލާ؛ މަސްކޮޅު ރޯފިލަން ފެށުމުން ޕެކުގައި ހިމެނޭ ހަވާދުކޮޅު އަޅައި އެއްކޮށްލާ އަދި ދެތިން މިނެޓު ކައްކާލުމަށް ފަހު 150 މިލިލީޓަރުގެ ފެން އަޅައި ރަނގަޅަށް މަސްކޮޅު ރޯފިލުވާލާ

  • 3-

    ބިރިޔާނީީ ލޭޔާ ކުރުމަށް ބަތްކޮޅުގެ އެއް ބައި ތެއްޔަކަށް އަޅައި އޭގެ މައްޗަށް ގްރޭވީ ލޭޔާއެއް އަޅާލާ. ރަހަ މީރުކޮށްލުމަށް ތެލުލި ފިޔާކޮޅެއް އަޅާލާ. އަނެއްކާވެސް ބަތުގެ ލޭޔާއެއް އަޅައި އޭގެ މައްޗަށް ގްރޭވީ ލޭޔާއެއް އަޅައި ކުރިން ހެދިހެން ރިޕީޓުކުރަމުންދޭ. އެންމެ މައްޗަށް ތެލުލި ފިޔާ އަދި ހިކިމޭބިސްކަދުރާއި ކެޝޫނަޓް ކޮޅެއް ތެލުލާފައި އަޅާލާ. ގާނިޝް ކުރުމަށް މިންޓް ފަތްކޮޅެއް ވެސް ބޭނުންކުރެވިދާނެ. 

  • 4-

    ދެން ތެލީގެ މަތި ޖަހާ ދެތިން މިނެޓު ވަންދެން މަޑު ގިނީގައި ހޫނުކޮށްލާ

  • 5-

    ބިރިޔާނީއާ އެކު ކާނެ ރައިޓާ ތައްޔާރުކުރުމަށް 300 ގްރާމު ޔޯގަޓުގެ ތެރެއަށް، ޕެކުގައި ހިމެނޭ ރައިޓާ މަސާލާ އެޅުމަށް ފަހު ރަނގަޅަށް މިކްސްކޮށްލާ؛ ކާން ވަންދެން ފްރިޖުގައި ބަހައްޓާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް