ރަންފައުނުން ވިއްކާ ޕެނަސޮނިކް ބްރޭންޑުގެ އޭސީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ރަންފައުނުން ގަންނަ އޭސީން ޑިސްކައުންޓު ލިބޭ ސޭލެއް

އަންނަ މަހުގެ 15ގެ ނިޔަލަށް ކުރިއަށް ގެންދާ މި ސޭލުގައި، ރަންފައުނުން ވިއްކާ ތިން ބްރޭންޑުގެ އޭސީން ވެސް ޑިސްކައުންޓު ލިބޭނެ

ރަންފައުނުން ވިއްކާ އެއާކޮންޑިޝަނުން ޑިސްކައުންޓު ލިބޭ ސޭލެއް އިއްޔެ ފަށައިފި އެވެ.

ވީ ކިހިނެއް؟ - އަންނަ މަހުގެ 15ގެ ނިޔަލަށް ކުރިއަށް ގެންދާ މި ސޭލުގައި، ރަންފައުނުން ވިއްކާ ތިން ބްރޭންޑުގެ އޭސީން ވެސް ޑިސްކައުންޓު ލިބޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ޕެނަސޮނިކް

  • އެލްޖީ

  • ހައިސެންސް

ތަފްސީލް - ޕެނަސޮނިކް އޭސީ އަކީ ކަރަންޓު ހަރަދު ކުޑަ އޭސީ އެކެވެ. އެނާޖީ މިނިސްޓްރީގެ 'ހަކަތަރި' ޕްރޮޮގްރާމުގެ ދަށުން ޕެނަސޮނިކް އޭސީއަށް ފަސް ތަރި ލިބިފައިވެ އެވެ.

ރަންފައުނަކީ ރާއްޖޭގައި ޕެނަސޮނިކްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. މި ސޭލް ކުރިއަށްދާ މުއްދަތުގައި އެ ފިހާރަ އިން ވިއްކާ ޕެނޮސޮނިކް ބްރޭންޑުގެ އެހެން އުފެއްދުންތަކުން ވެސް ޑިސްކައުންޓު ލިބޭނެ އެވެ.

ގުޅުން ހުރި ކަމެއް - މީގެ އިތުރުން، އެ ފިހާރަ އިން ވިއްކާ ސެމްސަންގް، އެލްޖީ އަދި ހައިސެންސް ޓީވީން ވެސް މި މުއްދަތުގައި ޑިސްކައުންޓް ލިބޭނެ އެވެ.

އެނގުން މުހިންމު - ރަންފައުނުން ވިއްކާ އުފެއްދުންތަކުގެ އަގު، އެ ފިހާރައިގެ ފޭސްބުކް ޕޭޖުން ފެންނާނެ އެވެ.

ދިވެހިންގެ އިތުބާރު ލިބިފައިވާ އިލެކްޓްރިކް އަދި އިލެކްޓްރޯނިކްސް ސާމާނު ވިއްކާ ރަންފައުނު ފިހާރަ ހުންނާނީ މަޖީދީ މަގާއި ފަނޑިޔާރު މަގު ގުޅޭ ހިސާބުގަ އެވެ.

ރަންފައުނު ހާޑްވެއާ ހުންނަނީ ލޮނުޒިޔާރަތް މަގުގަ އެވެ. ހާޑްވެއާ ފިހާރަ އިން ވެސް ޕެނަސޮނިކް އޭސީއާ ގުޅޭ ސާމާނު ލިބޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް