ރެއިންބޯ އިން ހުޅުވި 'ޕެޓިއޯ' ބިސްޓްރޯ.

ރެއިންބޯ

ރެއިންބޯ އިން 'ޕެޓިއޯ'އާ އެކު ރެސްޓޯރަންޓު ވިޔަފާރިއަށް

ހުޅުމާލޭ ފިތުރޯނުމަގުގައި ހުންނަ ރެއިންބޯ އޯޝަންފްރަންޓުގެ އެންމެ ތިރީ ބުރީގައި ހުޅުވި 'ޕެޓިއޯ' ބިސްޓްރޯ އަކީ 65 މީހުންގެ ޖާގައިގެ ތަނެއް

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފަރުނީޗަރާއި ކޮންސްޓްރަކްޝަން ސާމާނު އަދި އެފަދަ އެހެނިހެން ވިޔަފާރި ކުރާ ރެއިންބޯ އިން އެ ކުންފުނީގެ ފުރަތަމަ ބިސްޓްރޯ ހުޅުވައި ކެފޭ/ރެސްޓޯރަންޓުގެ ހިދުމަތަށް އެ ކުންފުނީގެ ވިޔަފާރި ފުޅާކޮށްފި އެވެ.

ވީ ކިހިނެއް؟ - ރެއިންބޯ އިން ރޭ ވަނީ އެ ކުންފުނީގެ ފުރަތަމަ ރެސްޓޯރަންޓް، 'ޕެޓިއޯ'ގެ ނަމުގައި ހުޅުވައިފަ އެވެ. ހުޅުމާލޭ ފިތުރޯނުމަގުގައި ހުންނަ ރެއިންބޯ އޯޝަންފްރަންޓުގެ އެންމެ ތިރީ ބުރީގައި ހުޅުވި އެ ރެސްޓޯރަންޓުން އެއް ފަހަރާ 65 މީހުންނަށް ހިދުމަތް ދެވޭނެ އެވެ.

ރެއިންބޯ އިން ހުޅުވި 'ޕެޓިއޯ' ބިސްޓްރޯ.
ރެއިންބޯ އިން ހުޅުވި 'ޕެޓިއޯ' ބިސްޓްރޯ.

ތަފްސީލް - އެތެރެ އާއި ބޭރުގައި ކަސްޓަމަރުންނަށް ހިދުމަތް ދެވޭނެހެން ހިތްގައިމު އިންޓީރިއާއަކާ އެކު ހުޅުވި މި ބިސްޓްރޯ ހާއްސަވަނީ 'ލައިޓް މީލްސް' އަދި ސްނެކްސް އަށެވެ. އެގޮތުން:

  • ޕެޓިއޯގެ މެނޫގައި އެ ތަނަށް ހާއްސަ ބުއިންތައް އަދި ކެއުންތައް ވެސް ހިމެނޭ

  • ދިވެހިންގެ ތެރޭގައި މަގުބޫލު ކެއުންތަކާއި ބުއިންތައް ވެސް މެނޫގައި ހިމަނާފައިވޭ

  • އެ ތަނުގެ މެނޫގައި ހެނދުނުގެ ނާސްތާގެ އިތުރުން ބްރަންޗަށް ހާއްސަ ކެއުންތަކާއި ސެލެޑް އަދި ޑެޒާޓް ހިމެނޭ

ރެއިންބޯ އިން ހުޅުވި 'ޕެޓިއޯ' ބިސްޓްރޯ.

ގުޅުން ހުރި ކަމެއް - ރެއިންބޯ އޯޝަން ފްރަންޓު އިމާރާތުގައި އެ ކުންފުނިން އަންނަނީ ރީޓެއިލް ފިހާރަ 'އެވްކޯ'ގެ އިތުރުން 'ރެއިންބޯ ސެންޓްރަލް މޯލް' ވެސް ހިންގަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް