މީރާ ހިންގާ އިމާރާތް. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ ޔަޝާއު)

މިދިޔަ އަހަރު ޓެކްސް އާމްދަނީއަށް 16 ބިލިއަން ރުފިޔާ

މިއީ މިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރި 15.4 ބިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދެއް

މިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި ދައުލަތަށް 16 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ތަފާސްހިސާބުތަކުން މިއަދު ދައްކައިފި އެވެ. މިއީ މިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރި 15.4 ބިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދެކެވެ.

ތަފްސީލް - މީރާ އިން މިއަދު އާންމުކުރި ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނު 16 ބިލިއަން ރުފިޔާގެ ތެރެއިން، ޑޮލަރުން ލިބިފައިވަނީ 569 މިލިއަން ޑޮލަރެވެ. ދިވެހި ރުފިޔާ އިން ލިބުނީ 7.3 ބިލިއަން ރުފިޔާ އެވެ.

މީރާ އިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 2.58 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ:

  • ޑިސެމްބަރު 2021އާ އަޅާބަލާއިރު %27.4 އިތުރު އަދަދެއް 

  • އެ މުއްދަތުގައި ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއަށް ވުރެ %77 އިތުރު އަދަދެއް

މިދިޔަ މަހު އާމްދަނީ އިތުރުވި ސަބަބުތަކަކީ، މީރާ އިންް ބުނި ގޮތުގައި:

  • ރިސޯޓު ހަދަން ދީފައިވާ ރަށްތަކުގެ މުއްދަތު އިތުރުކުރަން ދައްކަން ޖެހޭ ލީސް އެކްސްޓެންޝަންގެ ގޮތުގައި ލިބުނު ފީ އިތުރުވުމުން

  • ޓޫރިޒަމް ދާއިރާ އިން ލިބުނު ޖީއެސްޓީ އިތުރުވުމުން

  • ކުންފުނިތަކުން ދެއްކި ޓެކްސް އިތުރުވުމުން

  • ވިތު ހޯލްޑިން ޓެކްސް އިތުރުވުމުން

މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ދާއިރާތައް:

  • ޖީއެސްޓީ - 882 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %34.2)

  • ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީ - 882 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %34.1)

  • ޓޫރިޒަމް ލޭންޑް ރެންޓް - 359 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %13.1)

  • އިންކަމް ޓެކްސް - 130 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %5.1)

  • ގްރީން ޓެކްސް - 75 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %2.9)

އިތުރު އާޓިކަލް

އިތުރު އާޓިކަލް