ހުޅުމާލޭގައި ދަމާސް ރިއަލް އެސްޓޭޓުން އިމާރާތްކުރާ ރާއްޖޭގެ ފުރަތަމަ ޕާކިންއަށް ހާއްސަ އިމާރާތް، 'ވަން ޕާކް' ހުންނާނެ ގޮތުގެ ކުރެހުމެއް.

ދަމާސް

ރާއްޖޭގެ ފުރަތަމަ ޕާކިން އިމާރާތުން ޖާގައަށް އެދެން ހުޅުވާލައިފި

އެ އިމާރާތުން 30 އަހަރާ ހަމައަށް ޕާކިން ޖާގަ ބުކްކުރުމުގެ ފުރުސަތު ލިބޭނެ؛ އެންމެ ކުރިން ބުކްކުރާ މީހުންނަށް ޑިސްކައުންޓް ލިބޭނެ
8 ޑިސެމްބަރު 2022
2

ރާއްޖޭގެ ފުރަތަމަ ޕާކޭޑު (ޕާކިން އިމާރާތް) ކަމަށްވާ ދަމާސް ރިއަލް އެސްޓޭޓުގެ 'ވަން ޕާކް' ހުންނާނެ ގޮތް ދައްކާލައި ހާއްސަ އޮފާތަކާ އެކު އެ ތަނުން ޕާކިން ޖާގަ ބުކްކުރުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - ޒަމާނީ ސެކިއުރިޓީ ފީޗާތަކާއި ވިޔަފާރިތަކަށް ހާއްސަ ޖާގަތަކާ އެކު ރާއްޖޭގެ ފުރަތަމަ ޕާކޭޑު މަޝްރޫއު އިފްތިތާހުކޮށްދެއްވީ، އިއްޔެ ހ. މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި ޕްލޭނިންގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން އެވެ.

މި މަޝްރޫއުގެ މަގްސަދަކީ ހުޅުމާލޭގައި އެއްގަމު އުޅަނދު ޕާކުކުރަން ހުރި ޖާގައިގެ ދަތިކަން ހައްލުކުރުމެވެ.

ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން 'ވަން ޕާކް' މަޝްރޫއު އިފްތިތާހުކޮށްދެއްވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ތަފްސީލު - ދަމާސް އިން ބުނީ ވަން ޕާކުގެ ޕާކިން ޖާގަ ގަތުމުން އެއްގަމު އުޅަނދު ރަޖިސްޓްރީކުރުން ނުވަތަ ދިގު މުއްދަތަކަށް ކުއްޔަށް ނެގުމުގެ އިހުތިޔާރު ލިބޭނެ ކަމަށެވެ. އަދި ވިޔަފާރިވެރިންނަށް ޖާގަ އާއި ފުޑްކޯޓުން ޖާގަ ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް އެ ތަނުން ބުންޏެވެ.

ވަން ޕާކްގެ ވެބްސައިޓުގައި މިވަގުތު ބުކްކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޕާކިން ސްލޮޓުތަކަށެވެ. މިހާރު ހުޅުވާލާފައިވާ 'އާލީ ބާޑް އޮފާ'ގެ ދަށުން ޕާކިން ޖާގަ ގަންނަ ފަރާތްތަކަށް ޖުމްލަ އަގުން %5ގެ ޑިސްކައުންޓެއް ނުވަތަ އިމާރާތް އަޅައި ނިމެންދެން އެހެން ޕާކިން ޖާގައެއް ވަގުތުން ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ދަމާސް 'ވަން ޕާކު'ގެ ޕާކިން ޖާގަތައް: މި ތަނުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަކިން ޕާކިން ޖާގަތައް ހުންނާނެ.
ދަމާސް 'ވަން ޕާކު'ގައި ޕްރީމިއަމް ޕާކިންގެ ދަށުން ޕްރައިވެޓް ގަރާޖުތައް ވެސް ކުއްޔަށް ނެގޭނެ.

ވަން ޕާކް

މި މަޝްރޫއު އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގައި، ހަތް ފަންގިފިލާގެ ވަން ޕާކު ހުންނާނެ ގޮތް ވަނީ ދައްކާލާފަ އެވެ. އެގޮތުން، އެ އިމާރާތުގައި:

  • ވިޔަފާރީގެ ބޭނުންތަކަށް ދެ ފަންގިފިލާ

  • ޕާކިންއަށް ފަސް ފަންގިފިލާ

  • 500އަށް ވުރެ ގިނަ ޕާކިން ޖާގަ

  • ދިގު މުއްދަތަށް (30 އަހަރާ ހަމައަށް) ޕާކިން ޖާގަ ކުއްޔަށް ނެގޭނެ

  • އިލެކްޓްރިކް ވެހިކަލް ޗާޖުކުރެވޭނެ ގޮތް ހުންނާނެ

  • ޕްރިމިއަމް ޕާކިންއަށް ހާއްސަ ގަރާޖުތަކެއް ހުންނާނެ

  • މުޅި އިމާރާތް ވެސް ފަރުމާކޮށްފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާ ރަހުމަތްތެރިކޮށް؛ ލިފްޓު، އެސްކަލޭޓަރު އަދި ރޭމްޕުތައް ހުންނާނެ

ދަމާސް 'ވަން ޕާކު'ގެ ކޮމާޝަލް ޖާގަތައް ހުންނާނެ ގޮތް.
ހުޅުމާލޭގައި ދަމާސް ރިއަލް އެސްޓޭޓުން އިމާރާތްކުރާ ރާއްޖޭގެ ފުރަތަމަ ޕާކިންއަށް ހާއްސަ އިމާރާތް، 'ވަން ޕާކް' ހުންނާނެ ގޮތުގެ ކުރެހުމެއް.

ހާއްސަ ހިދުމަތްތަކުގެ ގޮތުގައި ހިމެނެނީ:

  • 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓާނެ 

  • ވެލޭ ޕާކިން 

  • އެއްގަމު އުޅަނދު މަރާމާތުކޮށްދިނުމުގެ ހިދުމަތް

ދަމާސް އިން ބުނީ ޕާކިން މައްސަލައަށް ހައްލެއް ހޯދުމުގެ އިތުރަށް އެ ޕާކޭޑުން އެކްސްލޫސިވް ބްރޭންޑުތަކަށް ފުރުސަތު ދޭނެ ކަމަށެވެ. ޕާކޭޑުގެ ޓެރަހުގައި ހުންނާނީ އެކި ގައުމުތަކުގެ ރަހަތަކަށް އިންސާފުކޮށްލެވޭ ފަދަ ފުޑްކޯޓެކެވެ.

ދަމާސް 'ވަން ޕާކު'ގެ ޓެރަސް ހުންނާނެ ގޮތުގެ ރެންޑާއެއް.
ދަމާސް 'ވަން ޕާކު'ގެ ޓެރަސް ހުންނާނެ ގޮތުގެ ރެންޑާއެއް.

އެނގުން މުހިންމު - އެ މަޝްރޫއުގެ އެއްބަސްވުމުގައި އެޗުޑީސީ އާއި ދަމާސްއާ ދެމެދު ސޮއިކުރީ މިދިޔަ އޮކްޓޯބަރު 10ގަ އެވެ. މަޝްރޫއު ނިންމަން ދީފައިވަނީ ދެ އަހަރެވެ.

ކޮމެންޓް (2)

ހިތަޑު 2

8 ޑިސެމްބަރު 2022
މިކަމުންވެސް ފައިސާ ވެރިންނަށް އިސްކަން މިދެނީ، ކާންބޯން ކާރު ދުއްވާ މީހުން ގިނަވާނީ އެމީހުންނަށް ފަސޭހައިން ޓެކްސީ ތަކަ އެއްޗެހި މަގުމަތީ ނުބެހެއްޓޭ ގޮތަށް ހެޔޮ އަގުގަ ދޫކުރަން ވީމާ މޮޅު ގޮތަކަށް އިމާރާތް ހަދާފަ ބޮޑު އަގުގަ ކުލިއަށް، ތީ އާދައިގެ އިމާރާތެއް ހަދާ ކެމެރާ އަދި ސެކިއުރިޓީ ލީމަ ވީ އޭ،
1 0

ހަސަނު

8 ޑިސެމްބަރު 2022
އަގު ކިހާވަރެއް ބާ؟
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް