ޕެންޝަން އޮފީހުގެ ސީއީއޯއަކަށް ހަމަޖެއްސި ސުޖާތާ: އޭނާ ހުންނެވީ ޕެންޝަން އޮފީހުގެ އެކްޓިން ސީއީއޯގެ މަގާމުުގައި

ޕެންޝަން އޮފީސް

ޕެންޝަން އޮފީހުގެ އެކްޓިން ސީއީއޯ ސުޖާތާ ސީއީއޯއަކަށް ހަމަޖައްސައިފި

ސުޖާތާއަކީ ޕެންޝަން ފަންޑެއް ރާއްޖޭގައި ގާއިމްކުރުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއްބޭފުޅާ
1 ނޮވެމްބަރު 2022
1

ޕެންޝަން އޮފީހުގެ އެކްޓިން ސީއީއޯގެ މަގާމުގައި ހުންނެވި ސުޖާތާ ހަލީމް އެ އޮފީހުގެ ސީއީއޯގެ މަގާމަށް އައްޔަންކޮށްފި އެވެ.

އެނގުން މުހިންމު - ޕެންޝަން އޮފީހުގެ ސީއީއޯއަކަށް ހުންނެވި އިނގިރޭސި ރައްޔިތެއް ކަމަށްވާ، ޖޯން ގްރިންޑަލް 13 އޮކްޓޯބަރު 2021ގައި މަގާމުން ވަކިކުރި ފަހުން އެ އޮފީހުގައި ސީއީއޯގެ މަގާމު އޮތީ ހުސްކޮށެވެ.

ވީ ކިހިނެއް؟ - މުވައްޒަފުންގެ ޕެންޝަން ފައިސާގެ ޖަމާކުރާ ފަންޑުގެ ބެލެނިވެރި ފަރާތް، ޕެންޝަން އޮފީހުން ބުނި ގޮތުގައި އެ އޮފީހުގެ ސީއީއޯގެ މަގާމަށް ފަސް އަަހަރުގެ މުއްދަތަށް ސުޖާތާ އައްޔަން ކުރަން ޕެންޝަން އޮފީހުގެ ބޯޑުން އިއްޔެ ނިންމާފައިވާ ކަމަށެވެ.

ސުޖާތާގެ ތައާރަފް 

  • އެކްޓިން ސީއީއޯގެ ހައިސިއްޔަތުން ޕެންޝަން އޮފީސް ހިންގެވުމުގެ ޒިންމާ ދެ އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން އަދާކުރެއްވި

  • 2015 ވަނަ އަހަރުން ފެށިގެން ޕެންޝަން އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސާ (ސީއޯއޯ)ގެ މަގާމު ފުރުއްވި

  • ދެމެހެއްޓެނިވި އަދި ޒަމާނީ ޕެންޝަން ނިޒާމެއް ތަޢާރަފު ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ އެންމެ ކުރީ ސަފުގައި މެދުނުކެނޑި 16 އަހަރު ހިދުމަތް ކުރެއްވި

  • ވޯލްޑް ބޭންކުން ރާއްޖޭގައި ކުރިއަށް ގެންދިޔަ ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓް ހިންގެވި

  • ޕެންޝަނާބެހޭ ގާނޫނު އެކުލަވާލުމަށް ކުރި މަސައްކަތުގައި އަދި އެ ގާނޫނު ތަންފީޒު ކުރުމުގައި އިސް ދައުރެއް އަދާކުރެއްވި

ބުނީ ކީކޭ؟ - ސުޖާތާ ސީއީއޯއަކަށް އައްޔަން ކުރުމާ ގުޅިގެން ޕެންޝަން އޮފީހުން ބުނީ ޕެންޝަން އޮފީހުގެ ބޯޑުން އުންމީދު ކުރަނީ ސުޖާތާ އިސްނެންގެވުމުގެ ދަށުން ޕެންޝަން އޮފީސް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި، ކާމިޔާބު މަސައްކަތްތަކެއް ކުރެވޭނޭ ކަމަށެވެ.

އެނގުން މުހިންމު -  ޕެންޝަން އޮފީހުގެ ޗެއާޕާސަން ކަމަށް ވެސް ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. އަހުމަދު އިނާޒް ވަނީ މިއަހަރުގެ ޖޫން މަހު ހަމަޖައްސައިފަ އެވެ.

ކޮމެންޓް (1)

އިއްކޮ

1 ނޮވެމްބަރު 2022
ގުޑްލަކް އިރޫ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް