ޖީއެމް ފޯރަމްގައި، ޓޫރިޒަމްގެ ބާނީން ކަމަށްވާ އުމަރު މަނިކު (ވ) އަދި އަފީފު (މ). (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

ޓޫރިޒަމް

ޓޫރިޒަމްގެ ބާނީންގެ ކަންބޮޑުވުން: ގުދުރަތީ ސިފަ ގެއްލި، ކައިރި ކައިރީގައި ރިސޯޓުތައް ހެދުން

ދިވެހި ޓޫރިޒަމްގެ ބާނީން ކަންބޮޑުވުން ފާޅުކުރެއްވި މައިގަނޑު ކަމަކީ ޓޫރިޒަމް ސިނާއަތް ފުޅާވަމުން އަންނަ ގޮތުން، ރާއްޖެއަށް ހާއްސަ އަދި ދުނިޔެއިން ބަލައިގެންފައިވާ 'ވަން އައިލެންޑް ވަން ރިސޯޓު' ކޮންސެޕްޓާ ދުރަށް ދާތީ
15 ސެޕްޓެމްބަރު 2022
3

ރާއްޖެއަށް ހާއްސަ 'ވަން އައިލެންޑް ވަން ރިސޯޓު' ކޮންސެޕްޓުން ދުރަށް ނުދިއުމަށް، ރާއްޖޭގެ ޓޫރިޒަމްގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ޔުނިވާސަލް ރިސޯޓްސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އާއި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޗެއާމަން ޗަމްޕާ ހުސައިން އަފީފް މިއަދު އިލްތިމާސްކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން 100އަށް ވުރެ ގިނަ ޖެނެރަލް މެނޭޖަރުންނާ އެކު މިއަދު ކުރުނބާ މޯލްޑިވްސްގައި ބާއްވާ 'ޖީއެމް ފޯރަމް'ގައި ބައިވެރިވެވަޑައިގެން، ޓޫރިޒަމްގެ ދެ ބާނީން ވަނީ ރާއްޖޭގެ ފަތުރުވެރިކަން މިހާރު ބަދަލުވަމުން އަންނަ ގޮތަށް އަލިއަޅުވާލައްވައިފަ އެވެ.

ތަފްސީލު - އުމަރު މަނިކާއި އަފީފު ފާޅުކުރެއްވި އެއް ކަންބޮޑުވުމަކީ މިހާރު ރާއްޖޭގައި ޓޫރިޒަމް ފުޅާވަމުން އަންނަ ގޮތުން، ރާއްޖެއަަށް ހާއްސަ އަދި މުޅި ދުނިޔެއިން ބަލައިގެންފައިވާ 'ވަން އައިލެންޑް ވަން ރިސޯޓު' ކޮންސެޕްޓް ނެތި ހިނގައިދާނެ ކަމުގެ ބިރު އޮތުމެވެ.

ޖީއެމް ފޯރަމްގައި، ޓޫރިޒަމްގެ ބާނީން ކަމަށްވާ އުމަރު މަނިކު (ވ) އަދި އަފީފު (މ). (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

އަފީފު ވިދާޅުވީ ރާއްޖެއަކީ ގުދުރަތީ ގޮތުން 'ވަން އައިލެންޑް ވަން ރިސޯޓު' ކޮންސެޕްޓަށް އުފެދިފައިވާ ގައުމެއް ކަމަށާއި، ނަމަވެސް މިހާރު ޓޫރިޒަމް ފުޅާވަމުން އަންނަ ގޮތުން އެ ކޮންސެޕްޓާ ދުރަށް ދާން ފަށާފައިވާ ކަމަށެވެ.

"މިހާރު އެބަ ތަރައްގީކުރޭ އެއް ރިސޯޓާ 2 މީޓަރު ދުރުގައި އިތުރު ރިސޯޓެއް. [ރަށްތައް] ކައިރިވަމުން ކައިރިވަމުން މި އަންނަނީ،" އަފީފު ވިދާޅުވި އެވެ.

"އެއް ރިސޯޓުގައި ބޮޑުބެރު ޖަހާ އަޑު އެބަ އިވޭ ޖެހިގެން އޮންނަ ރިސޯޓަށް. މިއީ އެއް ރިސޯޓުގައި ތިބޭ ޓޫރިސްޓުންނަށް އުނދަގޫވާ ކަމެއް."

ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓު ކުރުނބާ މޯލްޑިވްސް: މިފަހަކާ ޖެހެންދެން ރާއްޖޭގައި ރިސޯޓު ތަރައްގީ ކުރަމުން އައިސްފައިވަނީ 'ވަން އައިލެންޑް ވަން ރިސޯޓު' ކޮންސެޕްޓަށް. (ފޮޓޯ/ކުރުނބާ)

އަފީފުގެ ވާހަކަތަކަށް ތާއީދުކުރައްވައި އުމަރު މަނިކު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ބައްޓަންކުރަން ސިޔާސަތުތައް ކަނޑައެޅުމުގެ ބާރު އޮތީ ސަރުކާރާއި ޑިވެލޮޕަރުންނަށް ކަމަށާއި ގޮތް ނިންމާނީ އެ ފަރާތްތަކުން ކަމަށެވެ.

ދެ ބޭފުޅުންގެ ވާހަކައިގައި، ރާއްޖޭގައި ޓޫރިޒަމް ފުޅާވެގެން އައީ ދިވެހިންގެ ހިތްވަރުގަދަ މަސައްކަތުންކަން ފާހަގަކުރައްވައި، ފާއިތުވެދިޔަ 50 އަހަރު ދަސްވި ފިލާވަޅުތައް ހަނދާން ނައްތާނުލުމަށް އިލްތިމާސްކުރައްވި އެވެ.

މިހާރު އެބަ ތަރައްގީ ކުރޭ އެއް ރިސޯޓާ 2 މީޓަރު ދުރުގައި އިތުރު ރިސޯޓެއް. [ރަށްތައް] ކައިރިވަމުން ކައިރިވަމުން މި އަންނަނީ.

ޗަމްޕާ ހުސައިން އަފީފް / ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ

ޖީއެމް ފޯރަމް 2022

މި އަހަރުގެ ޖީއެމް ފޯރަމްގައި ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުގެ 100އަށް ވުރެ ގިނަ ޖެނެރަލް މެނޭޖަރުންނާއި މި ދާއިރާއާ ގުޅުން ހުރި ވިޔަފާރިތަކުގެ ވެރިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މި އަހަރުގެ ފޯރަމްގައި ހިމެނޭ މައިގަނޑު ދާއިރާތަކަކީ:

  • ކޮވިޑުގެ ބަލިމަޑުކަމަށް ފަހު ސިއްހަތާއި ދުޅަހެޔޮކަމާ ދޭތެރޭ ޓޫރިސްޓުން ދެކޭ ގޮތް ނުވަތަ ޕޯސްޓް ޕެންޑެމިކް ވެލްބީން

  • ޓޫރިޒަމްގެ ދާއިރާގައި ތަމްރީނާއި މީހުން ބިނާކުރުން

  • ހޮޓެލް އިންވެސްޓްމަންޓް އަދި ކޮންޒަވޭޝަން ޓޫރިޒަމް

ކޮމެންޓް (3)

ޙަސަންބޭ

16 ސެޕްޓެމްބަރު 2022
މެމްބަރުންގެ ޢަދަދު ސަރުކާރަށް ޕާޓީތަކަށް މަޖްލީހަށް ހެދިދާނެ އާބާދީގެ ކޮންމެ ތިންހާހަކަށްވެސް. އަދިއެމެމްބަރުން ހޮވާނީ އެދާއިރާތަކުންތޯ ނުވަތަ ހއ. ތުރާކުނަށް ނިސްބަތްވާ މީހަކު މ.އަތޮޅު ދާއިރާއަށް ކުރިމަތިލާ 10ވަރަކަށް މިލިއަންރުފިޔާއެއް މަދު ރައްޔިތުންކޮޅަކަށް އެވެރިންގެ މާލީނުތަނަވަސް ކަމުގެ ފައިދާނަގާ ވޯޓްގަނެލާނީތޯ؟ އިސްލާޙުހުށަ އަޅުއްވައި ފާސްކުރައްވާ ހަމަޖެހޭގޮތަކަށް. މިހާރުތިބި 87 މެމްބަރުން މަޖްލީހަށް ހާޒިރުވޭތޯ ހުރިހާ ޖަލްސާތަކަށް؟ ބަރާބަރަށް މުސާރަ ނަގާއިރު 1/2 ގޮނޑީގައި ތިއްބަވަނީ އިންވިސިބްލް ބޭކަލުން.
0 0

މުރަކަބޭ

16 ސެޕްޓެމްބަރު 2022
ބާނީންނަކީ ހަމައެކަނި ނަމެއް، 50 އަހަރުވީ ބާނިންގެ މުއްސަދިކަމަށް އައި ބަދަލާއެކުވެސް ބާނީންގެ 1 ރިސޯރޓެއްގައި އުޅެ ކާފަދަރީން ވީއިރުވެސް އޮންނަނީ ވަގުކަލޯގެ މުސާރަ. އެލްއަރއޯ ކިޔާތަނަކުން އޮވޭ ޤަވާޢިދުތަކެއް ކަނޑައެޅިފައި މުވައްޒަފުންނާއި މެދު ކަންތައް ކުރާންޖެހޭގޮތް ޤާނޫނަކުން ފާސްކޮށް ޤަވާޢިދެއް ކަނޑައަޅައި ރެގިއުލޭޓްކުރުމަށް އެޤާނޫނުން ވަޒީފާ އަދާކުރާމީހާއަށް ލިބިދޭޙައްޤުތައް ދިނުންކަނޑަ އަޅައި. މިއިން ބާނީއެއްގެ ރިސޯރޓަކުނެތޭ 33 ޕަސެންޓް ދިވެހީން. ސާރވިސްޗާރޖަށް ލިބޭޢަދަދު ފޮރުވިފައި، އިތުރުގަޑީގެ ފައިސާއެއް ދިނުމެއްނެތް.
0 0

ބާނީން

15 ސެޕްޓެމްބަރު 2022
ސެލްފިޝް ބާނީންގެ ސެލްފިޝް ވާހަކަ
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް