ފްލައިމީގެ ބޯޓެއް އެއާޕޯޓެއްގައި: އެ އެއާލައިން ރީބްރޭންޑް ކުރަން ވަނީ ނިންމާފައި

ފްލައިމީ

'ފްލައިމީ'ގެ ނަން 'ވިލާ އެއާ'އަށް ބަދަލުކޮށް ރީބްރޭންޑް ކުރަނީ

އެ އެއާލައިންގެ ނަން މި ބަދަލު ކުރަނީ އެ އެއާލައިން ފެށިތާ 11 އަހަރުފަހުން
15 ސެޕްޓެމްބަރު 2022

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ އެއާލައިން 'ފްލައިމީ'ގެ ނަން 'ވިލާ އެއާ' އަށް ބަދަލުކޮށް އެ އެއާލައިން ރީބްރޭންޑް ކުރަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެ އެއާލައިންގެ މުވައްޒަފުންނަށް އިއްޔެ ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ: 

  • އެއާލައިން 2011ގައި ފެށިއިރު ވެސް ބޭނުންކުރަމުން އައި'ފްލައިމީ'ގެ ނަން ދޫކޮށްލަން ނިންމާފައިވާ ކަމަށް

  • އޭގެ ބަދަލުގައި ބޭނުން ކުރަން ނިންމާފައި ވަނީ 'ވިލާ އެއާ' ކަމަށް ބުނި

  • އެ ކުންފުނީގެ ވެބްސައިޓް އެޑްރެހާއި އީ-މެއިލްތައް ވެސް ވަރަށް އަވަހަށް ބަދަލުވާނޭ ކަމަށް ބުނެފައިވޭ

  • އެގޮތުން ވެބް އެޑްރެސް ބަދަލުވާނީ؛ villaair.aero އަށް، އީމެއިލްތަކަށް ވެސް ބަދަލު އަންނާނެ

  • ބަދަލުވާ މުއްދަތުގެ ތެރޭގައި ހިދުމަތްތަކަށް ބުރޫ ނާރާނެ ކަމަށް ބުނި 

  • އެ ބަދަލު ގެންނާނޭ ސީދާ ތާރީހެއް ބުނެފައެއް ނުވޭ

ބުނީ ކީކޭ؟ - އެގާރަ އަހަރަށް ފަހު އެ އެއާލައިންގެ ނަން ދޫކޮށްލާ އާ ނަމަކަށް ބަދަލުވާ ސަބަބާ ގުޅޭ ގޮތުން ފްލައިމީއިން އަދި ވާހަކަ ދައްކަން ބޭނުމެއް ނުވެ އެވެ. އެ އެއާލައިންގެ އޮފިޝަލަކު ވިދާޅުވީ އެ ބަދަލު ވަރަށް އަވަހަށް އަދި އާންމު ކުރާނޭ ކަމަށާއި މިވަގުތު އެކަން އަންގަމުން ދަނީ މުވައްޒަފުންނަށް ކަމަށެވެ.

އެނގުން މުހިންމު - ވިލާ ކުންފުނީގެ ދަށުން ހިންގާ ވިލާ އެއާ ކުންފުނިން ފްލައިމީގެ ނަމުގައި އެއާލައިންގެ ހިދުމަތް ފަށާފައި ވަނީ 14 މާޗް 2011ގަ އެވެ. އަދި އެ ކުންފުނިން މިހާރު އަންނަނީ މާމިގިލީ އެއާޕޯޓާއި ކާޑެއްދޫ އެއާޕޯޓް ވެސް އޮޕަރޭޓް ކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް