އެފްއެޗްއޭއެމްގައި ހުންނަ އެންޒީ ސްޓޯލްގައި ނައިބު ރައީސް ފައިސަލް ނަސީމް. (ފޮޓޯ/އެންސިސް)

އެންޒީގެ އާ އުފެއްދުމެއް: މަސްހުނި މަސްދަޅު

އެންސިސް އިން ބުނާ ގޮތުގައި، މި މަސްދަޅު ތައާރަފު ކުރުމާ އެކު އަމިއްލައަށް މަސްހުނި ތައްޔާރުކުރާކަށް ނުޖެހޭނެ
28 އޯގަސްޓު 2022

ދިވެހިންގެ މެދުގައި ހެނދުނުގެ ނާސްތާއަށް އެންމެ މަޝްހޫރު އެއް ކެއުން ކަމަށްވާ މަސްހުންޏަށް ހާއްސަ މަސްދަޅެއް އެންސިސް ފިޝަރީޒްގެ 'އެންޒީ' ބްރޭންޑުގެ ދަށުން މިއަދު ތައާރަފުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެންޒީގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ 'މަސްހުނި މަސްދަޅު' ބާޒާރަށް ނެރުނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ކުރިއަށްދާ ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗުއޭއެމް) މައުޒަރުގެ ތެރެއިންނެވެ.

ތަފްސީލު - އެންޒީން ބުނާ ގޮތުގައި، މި މަސްދަޅު ތައާރަފު ކުރުމާ އެކު އަމިއްލައަށް މަސްހުނި ތައްޔާރުކުރަން ނުޖެހޭނެ އެވެ. މި މަސްދަޅު ކަނޑާލުމާ އެކު ފަސޭހަކަމާ އެކު މަސްހުނި ލިބެން ހުންނާނެ އެވެ.

އެންޒީގެ އޮފިޝަލަކު ވިދާޅުވީ މި މަސްދަޅު ގަންނަން ލިބޭނީ ގާތްގަނޑަކަށް 18-20ރ.އާ ދެމެދުގެ އަގެއްގައި ކަމަށެވެ.

މިއަދު ތައާރަފުކުރި މަސްހުނި މަސްދަޅު އެންޒީގެ ފިހާރަތަކުން އާންމުކޮށް ވިއްކަން ފަށާނީ މާދަމާ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް