
ޝީއިން އިން ބަޔަކު ވިޔަފާރިކޮށްގެން ނުކުންނަނީ. (ފޮޓޯ/ސީއެންބީސީ)
ޝީއިން އިން އަގުހެޔޮކޮށް ރާއްޖެއަށް މުދާ ގެނެވޭނެ ގޮތެއް ތައާރަފްކޮށްފި
މިދިޔަ ހަފްތާގައި ރާއްޖެއަށް ހިލޭ ޝިޕް ކުރުން ހުއްޓާލި ޗައިނާގެ ފެޝަން ވެބްސައިޓު، ޝީއިން އިން ރާއްޖެއަށް މުދާ ގެންނަން ހާއްސަ ހެޔޮ އަގުތަކެއް، ބައިނަލްއަގްވާމީ ޝިޕިން ހިދުމަތް ދޭ 'ޝޮޕް އެންޑް ޝިޕް' އިން ފަހިކޮށްދީފި އެވެ.
ވީ ކިހިނެއް؟ - ދިވެހިންގެ މެދުގައި މަގުބޫލު ޝީއިން އިން ރާއްޖެއަށް ހިލޭ މުދާ ޝިޕް ކުރުން ހުއްޓާލައި ޝިޕިން އުސޫލަށް ބަދަލު ގެނައީ މިދިޔަ ހަފްތާގަ އެވެ. އެ ބަދަލާ އެކު:
-
ރާއްޖެއަށް ފޮނުވާ ފުރަތަމަ އައިޓަމަށް 30 ޑޮލަރު ނަގާނެ
-
އިތުރުވާ ކޮންމެ އައިޓަމަކަށް 5 ޑޮލަރު ނަގާނެ
ކުރިން އޮތް ގޮތް:
-
200 ޑޮލަރަށް ވުރެ ދަށުން ކުރާ ވިޔަފާރިތަކަށް 24 ޑޮލަރު
-
200 ޑޮލަރަށް ވުރެ މަތި ނަމަ، ޝިޕިން ހިލޭ

-
އިތުރަށް ކިޔާލަން - ޝީއިން އިން ރާއްޖެއަށް ނަގާ ޝިފިން ފީ ބޮޑުކޮށްފި
އެނގުން މުހިންމު - ޝީއިން އިން ރާއްޖެއަށް ތަކެތި ގެނެސްގެން ބައެއް ފަރާތްތަކުން އިންސްޓަގްރާމް މެދުވެރިކޮށް ވިޔަފާރި ކުރެ އެވެ. ނަމަވެސް، ޝިޕިން އުސޫލަށް ބަދަލު ގެނައުމާ އެކު މިފަދަ ވިޔަފާރިތަކުން މިހާރު ވަނީ ވަގުތީ ގޮތުން އޯޑަރު ނެގުން މަޑުޖައްސާލާފަ އެވެ.
ތަފްސީލު - ޝޮޕް އެންޑް ޝިޕް މޯލްޑިވްސް އިން ފެށި ޕްރޮމޯޝަންގެ ދަށުން، އެ ކުންފުނި މެދުވެރިކޮށް ޝީއިންގެ ކަސްޓަމަރުން މުދާ ޝިޕް ކުރުމުން %30 ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފަ އެވެ.
އެ ކުންފުނިން މިކަން ކުރާ ގޮތަކީ، ފުރަތަމަ އެހެން ގައުމަކަށް މުދާ ޝިޕް ކުރުމަށް ފަހު ދެން ރާއްޖެއަށް މުދާ ގެނެސްގެންނެވެ.
"ޝޮޕް އެންޑް ޝިޕްގައި ހުންނާނެ އެކި ގައުމުތަކުގެ އެޑްރެސް. އެ ތަނުން ގައުމެއްގެ އެޑްރެސްއަށް އައިޓަމް ފޮނުވާފައި އެ ގައުމުން މިކޮޅަށް ޝިޕްކުރާ ގޮތަށް މި އޮންނަނީ،" ޝޮޕް އެންޑް ޝިޕް މޯލްޑިވްސްގެ އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ޕްރޮމޯޝަން އަދި ކުރިއަށްގެންދަން ނިންމާފައި އޮތީ މި މަހުގެ ނިޔަލަށް ކަމަށެވެ. މި ޑިސްކައުންޓާ އެކު އޭނާ ވިދާޅުވި ގޮތުގައި، އާންމުންކޮށް ޝީއިން އިން ކުރިން މީހުން މުދާ ގެނައި މިންވަރަށް ބަލާއިރު މާ ބޮޑު އަގެއް ޝިޕިންއަށް އިތުރެއް ނުވާނެ އެވެ.
"މިސާލަކަށް 200 ޑޮލަރުގެ މުދާ ގެންނައިރު [މި ޑިސްކައުންޓާ އެކު] ޝިޕިންއަށް އަރާނީ 50-60 ވަރަކަށް ޑޮލަރު،" އޭނާ ވިދާޅުވި އެވެ.
އެއްވެސް އަގަކާ ނުލައި ޝޮޕް އެންޑް ޝިޕްގެ މެމްބަރަކަށް ވުމުގެ ފުރުސަތު މި މުއްދަތުގެ ތެރޭގައި ވަނީ ހުޅުވާލާފަ އެވެ. އެގޮތުން:
-
ފުރިހަމަ ނަމާއި އެޑްރެސް އަދި އީމެއިލް އެޑްރެސް 7970228 ނަންބަރަށް ފޮނުވުމުން ޝޮޕް އެންޑް ޝިޕްގެ މެމްބަރަކަށް ވެވޭނެ
އިތުރަށް ކިޔާލަން -
ކޮމެންޓް (3)
ކިމް ޖޮން
އޮބާމާ
ގޮބެލްސް