ކަންގަތި އެވޯޑު 2020/2019 ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތު (ފޮޓޯ/ރައީސް އޮފީސް)

އެލްޖީއޭ

އެންމެ ހިންގުންތެރީ ނިލަންދޫ އާއި ބޮޑުފޮޅަދޫ ކައުންސިލް

އެންމެ ހިންގުންތެރި އަތޮޅު ކައުންސިލްގެ އެވޯޑާއެކު ރަނަހަމާންތި އެވޯޑު ހާސިލް ކުރީ ޅ. އަތޮޅު ކައުންސިލާއި ތ. އަތޮޅު ކައުންސިލުން

ފާޢިތުވި 2019 އަދި 2020 ވަނަ އަހަރު އެންމެ ހިންގުން ތެރި ރަށު ކައުންސިލްގެ އެވޯޑު ފ. ނިލަންދޫ ކައުންސިލާއި އއ. ބޮޑުފޮޅުދޫ ކައުންސިލުން ހޯދައިފި އެވެ.

ވީ ކިހިނެއް؟ - ކައުންސިލްތަކުގެ މަސައްކަތް ރޭންކުކޮށް ލޯކަލް ގަވަމެންޓު އޮތޯރިޓީ އިން ދޭ ކަންގަތި އެވޯޑު ހަފްލާ ރޭ ބާއްވާފައިވާއިރު ރޭ ވަނީ 2019 އަދި 2020 ވަނަ އަހަރުގެ އެންމެ ހިންގުންތެރި ކައުންސިލްތަކާއި އެކި ސަބް ކެޓަގަރީތަކުން އެންމެ ރަނގަޅު ކުރިއެރުން ހޯދާފައިވާ ރަށު އަދި އަތޮޅު ކައުންސިލްތަކަށް އެވޯޑު ދީފަ އެވެ.

ކަންގަތި އެވޯޑަކީ ލޯކަލް ކައުންސިލުތައް މިންކުރުމަށް އެކުލަވާލާފައިވާ  ޕާފޯމަންސް އިންޑެކްސްގެ ދަރަޖަތަކަށް  ބަލައި އެންމެ ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނަ ކައުންސިލުތަކަށްއެލްޖީއޭ އިން ދޭ އެވޯޑެކެވެ.

ތަފްސީލް - ރޭގެ އެވޯޑު ހަފްލާގައި ރަށު ކައުންސިލްތަކުގެ ތެރެއިން އެންމެ ރަނގަޅު ރަށު ކައުންސިލަށް ދޭ  ގަދަ ހަމާންތި 2019 ހޯދީ ފ. ނިލަންދޫ ކައުންސިލް އެވެ. އަދި 2020 ވަނަ އަހަރުގެ އެވޯޑް ހޯދީ އއ. ބޮޑުފޮޅުދޫ ކައުންސިލުންނެވެ.

  • އެންމެ ރަނގަޅު އަތޮޅު ކައުންސިލްގެ އެވޯޑާއެކު ރަނަހަމާންތި އެވޯޑު 2019 ހާސިލް ކުރީ ޅ. އަތޮޅު ކައުންސިލުން

  •  ރަނަހަމާންތި އެވޯޑު 2020 ހާސިލް ކުރީ ތ. އަތޮޅު ކައުންސިލުން

މީގެ އިތުރުން ކައުންސިލްތަކުގެ ރޭންކިން އިން އެންމެ ރަނގަޅު ކުރިއެރުން ހޯދި އަތޮޅު އަދި ރަށު ކައުންސިލަށްދޭ ކާންނާ ހަނދާނީ ފިލާ ލިބުނީ ނިލަންދެ އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލަށާއި ބޮޑުފޮޅުދޫ ކައުންސިލަށެވެ.

ބުނީ ކީކޭ؟ - ރޭގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަކީ ސަރުކާރުން އެންމެ އިސްކަންދޭ ސިޔާސަތު ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެ ވަޑައިގެންނެވި ގޮތަށް އެމަނިކުފާނުގެ ސަރުކާރުން ފުރަތަމަ ކުރެއްވި މަސައްކަތަކީ ހިފެހެއްޓިފައި ހުރި ކައުންސިލުތަކުގެ ބާރުތައް ދޫކޮށްލައި، ކައުންސިލްތަކަށް ފުރިހަމައަށް މަސައްކަތްކުރެވޭނެ ގޮތް ހަމަޖައްސައިދެއްވުން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރަށްރަށާއި އަތޮޅުތަކުގެ ތަރައްގީއަށް މީގެ ކުރިން ދުވަހަކުވެސް ނުދޭވަރަށް މި ސަރުކާރުން ސަމާލުކަންދޭ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް