އުރީދޫ މޫލީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްއިން އުރީދޫއަށް 3 އެވޯޑް ލިބިއްޖެ

މިއަހަރުގެ އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްއިން އުރީދޫއަށް ތިން އެވޯޑެއް ލިބިއްޖެ އެވެ.

ވީ ކިހިނެއް؟ - އޭޝިއާ ޕެސިފިކް ސަރަހައްދުގެ 29 ގައުމުގެ ހުރިހާ ޖަމިއްޔާތަކަށް ހުޅުވާލައިގެން، އެކި ކަހަލަ އީޖާދުތަކަށް ހިތްވަރުދިނުމުގެ ގޮތުން ދޭ ސްޓީވީ އެވޯޑްއިން އުރީދޫ އިން ވަނީ ތިން އެވޯޑެއް ހާސިލުކޮށްފަ އެވެ. މި އެވޯޑް ހަވާލުކުރުމުގެ ހަލްފާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29ގަ އެވެ.

ތަފްސީލް - 2022 އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްއިން އުރީދޫއަށް ލިބުނީ:

  • ގޯލްޑް ސްޓީވީ - އެކްސަލަންސް އިން އިނޮވޭޝަން އިން ޓެކްނޮލޮޖީ އިންޑަސްޓްރީސް (ކޮވިޑް އާއި ގުޅިގެން ދިމާވެފައިފާ ގޮންޖެހުންތަކުން އަރައިގަނެ ދެމެހެއްޓެނިވި ހިންގުމަށްޓަކައި އުރީދޫ އިން ފޯރުކޮށްދިން ހިދުމަތްތައް)  

  • ސިލްވާ ސްޓީވީ - އެކްސަލަންސް އިން ކޮންސިއުމާ ޕްރޮޑަކްޓް އެންޑް ސާވިސް އިންޑަސްޓްރީސް (މޫލީ އަދި އެމް-ފައިސާގެ ހިދުމަތްތައް)

  • ބްރޮންޒް ސްޓީވީ - އެކްސެލެންސް އިން އިނޮވޭޝަން އިން ޓެކްނޮލޮޖީ އިންޑަސްޓްރީސް (އެމް-ފައިސާގެ ހިދުމަތްތައް) 

އެނގުން މުހިއްމު - ކުދި ވިޔަފާރި އާއި އޮންލައިން ރީޓެއިލަރުންނަށް އިތުރު ކަސްޓަމަރަނުންނަށް ވާސިލްވުމަށް މަގުފަހިކޮށްދިނުމުގައި މޫލީ އިން މުހިއްމު ދައުރެއް އަދާކުރާއިރު، އެމް-ފައިސާ މެދުވެރިކޮށް ބިލް ދެއްކުމާއި، އޮންލައިން ޕްލެޓްފޯމްތަކާއި، ކެފޭ އަދި ފިހާރަތަކަށް އެއް ޕްލެޓްފޯމެއް މެދުވެރިކޮށް އޮންލައިންކޮށް ފައިސާ ދެއްކުމަށް މަގުފައިވެގެންދެ އެވެ.

އުރީދޫގެ އީޖާދީ ހިދުމަތްތަކަށް އެ ކުންފުނިން ދަނީ ދުނިޔޭގެ ވަރުގަދަ ޕްލެޓްފޯމްތަކުގެ ސަމާލުކަން ހޯދާ، އެވޯޑްތައް ހާސިލްކުރަމުންނެވެ.

ބުނީ ކީކޭ؟ - އުރީދޫއަށް ލިބުނު ކާމިޔާބީއާ ގުޅިގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ ޑިޖިޓަލް ހިދުމަތްތަކާއި އީޖާދީ ހައްލުތައް މެދުވެރިކޮށް އެ ކުންފުނިން ކަސްޓަމަރުންނަށް ދިން ހިދުމަތްތައް ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަތުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

ކޮވިޑުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާއި އެކުވެސް އެ ކުންފުނިން އީޖާދީ ހިދުމަތްތަކެއް ތައާރަފްކޮށް، ރައްޔިތުންގެ ދިރިއުޅުން މުއްސަނދިކޮށް، ޑިޖިޓަލް ޙިދުމަތްތައް ކުރިއަރުވައި ފަސޭހަ ގޮތްތައް އެ ކުންފުނިން ފަހިކޮށްދެވުނު ކަން ފާހަގަކުރައްވާ ހަމާދީ ވަނީ ކުރިއަރަމުންދާ ޑިޖިޓަލް ހިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އުރީދޫ އިން ވަނީ:

  • ކަސްޓަމަރުންގެ ބަދަލުވެ އިތުރުވަމުން އަންނަ ބޭނުންތަކާ އެއްގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ނެޓްވޯކް އަދި ޓެލެކޮމް އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރުމަށް ބޮޑެތި އިންވެސްޓްމެންޓްތަކެއް ކޮށްފައި

  • އެގޮތުން ޓިއާ 3 ރެޑީ ޑޭޓާ ސެންޓަރެއް ގާއިމް ކުރުމުގެ އިތުރުން ރާއްޖެ އާއި ސިންގަޕޫރު އަދި ޔޫރަޕް ގުޅުވާލަދޭ ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތް ވަނީ ފަށާފައި

  • އާޗާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ޕޯޓްފޯލިއޯ ފަދަ ޕްރޮޑަކްޓްތައް ތައާރަފްކުރުން

  • ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް