ރައީސް ސޯލިހް އެސެޓް ރިކަވަރީ ކޮމިޝަންގެ މެމްބަރުން އެ މަގާމުތަކަށް އައްޔަންކުރެއްވުމަށް ފަހު އެ ބޭފުޅުންނާ ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ނަތީޖާއެއް ނުނެރެވުނު، އެސެޓް ރިކަވަރީ ކޮމިޝަން އުވާލައިފި

މިދިޔަ ތިން އަހަރަށް ވުރެ ދިގު މުއްދަތުގައި، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި އެ ނޫން ވެސް މައްސަލަތަކުގައި އެ ކޮމިޝަނަށް އެއްވެސް ނަތީޖާއެއް ނެރެވިފައެއް ނުވޭ
17 މާރިޗު 2022
2

ގިނަ ދުވަސްތަކެއް ވަންދެން އެއްވެސް މެމްބަރަކު ނެތި އޮތް އެންޓި-ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އާ މެމްބަރުން އައްޔަންކުރެއްވިތާ މާ ގިނަ އިރުތަކެއް ނުވެ، ކުރީގެ ސަރުކާރުން ހިންގި ކަމަށް ބުނާ ހިޔާނާތްތައް ބެލުމަށް ރައީސް އެކުލަވާލެއްވި އެސެޓް ރިކަވަރީ ކޮމިޝަން އުވާލައްވައިފި އެވެ.

އެނގުން މުހިންމު - އޭސީސީއަށް އާ މެމްބަރުން އައްޔަންކުރެއްވުމަށް ފަހު، އެސެޓް ރިކަވަރީ ކޮމިޝަން އުވާލައްވާނެ ކަމުގެ އިޝާރާތެއް ރައީސް ވަނީ މިދިޔަ މަހުގެ 3ގައި ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ދެއްވާފަ އެވެ.

ވީ ކިހިނެއް؟ - އޭސީސީއަށް އާ ފަސް މެމްބަރުން އައްޔަންކުރެއްވިތާ މާ ގިނަ އިރުތަކެއް ނުވެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ، ރައީސް އެސެޓް ރިކަވަރީ ކޮމިޝަން އުވާލެއްވިކަން އިއުލާނުކޮށްފަ އެވެ.

"މި ކޮމިޝަން އުވާލެއްވުމާ އެކު މި ކޮމިޝަނުން ކުރަމުން އައި މަސައްކަތް ދެން ކުރާނީ ކަމާ ގުޅުންހުރި މުއައްސަސާތަކުންނެވެ،" ބަޔާނުގައިވެ އެވެ.

ތަފްސީލް - ރައީސްކަމުގެ ހުވާކުރެއްވި 17 ނޮވެމްބަރު 2018ގައި ރައީސް ސޯލިހް އެސެޓް ރިކަވަރީ ކޮމިޝަން އުފެެއްދެވީ، އެ މަނިކުފާނުގެ ރިޔާސީ ވައުދަކާ އެއްގޮތަށް، ކުރީގެ ސަރުކާރުން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލަތައް ބެލުމަށެވެ. އެ ކޮމިޝަނަށް އައްޔަންކުރެއްވީ:

  • 1-

    އަހުމަދު އަސްއަދު (ރައީސް)

  • 2-

    އާސް އަބްދުﷲ

  • 3-

    ނަދީމް އިބްރާހިމް

  • 4-

    އައިމިނަތު ހަސަން

  • 5-

    ފާތިމަތު ސަރީރާ އަލީ ޝަރީފް

މިދިޔަ ތިން އަހަރަށް ވުރެ ދިގު މުއްދަތުގައި، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި އެ ނޫން ވެސް މައްސަލަތަކުގައި އެ ކޮމިޝަނަށް އެއްވެސް ނަތީޖާއެއް ނެރެވިފައެއް ނުވެ އެވެ.

އިތުރަށް ކިޔާލަން -

ކޮމެންޓް (2)

މަރުދުރުގެ ދަރި

17 މާރިޗު 2022
އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަސްވަދަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ އެކަކު ޝަވީދުގެ އެކައުންޓެންޓް ކަމަށް ބައެއް ފަރާތްތަކުން ބުނޭ/ ދައުރުން އެކަން ބެލިދާނެ ތަ؟
1 0

ފަރީދު

17 މާރިޗު 2022
އެ 3 އަހަރުގެ މުއްދަތުގައި ކިހާ ފައިސާއެއް ދީފިތަ އެ މެންބަރުންނަށް؟؟؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް