ތިލަމާލެ ބްރިޖުގެ ސާވޭގެ މަސައްކަތް ކުރިއަށް ދަނީ. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ ޔަޝާއު)

ވިލިމާލެ ބްރިޖު

ރައީސްގެ އިންޑިއާ ދަތުރުފުޅުގައިގައި ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ފަށަނީ

ބްރިޖުގެ އަމަލީ މަސައްކަތް ފެށުމަށް ރައީސް ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ ބައިވެރިވެވަޑައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ރަސްމިއްޔާތު ބާއްވާނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ހަފްތާގައި އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި، މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލާ ގްރޭޓާ މާލެ ބްރިޖު ޕްރޮޖެކްޓްގެ ދަށުން މާލެ އާއި ވިލިމާލެއާ ދެމެދު އަޅާ ބްރިޖުގެ އަމަލީ މަސައްކަތް ފަށަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ރައީސް ސޯލިހު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހު އެވެ. ސަރުކާރުގެ އިސް ވެރިންނާއި ދިވެހި ވިޔަފާރިވެރިން ބައިވެރިވެވަޑައިގަންނަވާ މި ދަތުރުފުޅުގައި އިންޑިއާގެ ސަރުކާރުގެ ބައެއް އިސް ވެރިންނާއި އެ ގައުމުގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވާނެ އެވެ.

ތަފްސީލް - އިންޑިއާގެ މީޑިއާތަކުން މިއަދު ބުނި ގޮތުގައި، ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި، ގްރޭޓާ މާލެ ކަނެކްޓިވިޓީ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ބްރިޖުގެ އަމަލީ މަސައްކަތް ފެށުމަށް ރައީސް ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ ބައިވެރިވެވަޑައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ރަސްމިއްޔާތު ބާއްވާނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އިންޑިއާގަ އެވެ. މި ރަސްމިއްޔާތުގައި، ބްރިޖުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން، ރާއްޖޭގައި ބްރިޖުގެ ތަނބެއްގެ ކޮންކްރީޓު އަޅާނެ ކަމަށްވެ އެވެ.

ރައީސް ސޯލިހު އިންޑިއާގެ ބޮޑުވަޒީރު މޯދީ އަރިހުގައި. (ފޮޓޯ/ރައީސް އޮފީސް)

އެނގުން މުހިއްމު - ގްރޭޓާ މާލެ ކަނެކްޓިވިޓީ މަޝްރޫއާ ބެހޭ ގޮތުން އެންމެ ފުރަތަމަ މަޝްވަރާ ކުރީ މިދިޔަ ސެޕްޓެމްބަރު މަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖަޔަޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުގަ އެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާއި ދިވެހި ސަރުކާރާ ދެމެދު މިދިޔަ އަހަރު އެއްބަސްވުމުގައި ސޮއިކޮށްފައި ވާއިރު، އެ މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ބެލެވެ އެވެ.

މިހާރު އެފްކޮންސް އިން އަންނަނީ ބްރިޖު އަޅާ ސަރަހައްދުގެ ބިމުގެ ހާލަތު ދެނެގަތުމަށްޓަކާ ޖިއޯޓެކްނިކަލް ސާވޭގެ މަސައްކަތް ކުރަމުންނެވެ. އެ ސާވޭ އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ބެލެވޭއިރު، އެފްކޮންސް އިން ވަނީ ތާވަލާ އެއްގޮތަށް އެއްބަސްވެފައިވާ ތާރީހަށް ބްރިޖު ނިންމާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބްރިޖް:

  • ޖުމްލަ އަގަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)

  • 100 މިލިއަން ޑޮލަރު (1.55 ބިލިއަން ރުފިޔާ) އަކީ އިންޑިއާ އިން ދޭ ހިލޭ އެހީ

  • ބާކީ 400 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ) ހަމަޖައްސައިދެނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ކްރެޑިޓް ލައިނެއްގެ ދަށުން

  • ދިގު މިނުގައި 6.7 ކިލޯމީޓަރު ހުންނަ ކޯޒްވޭއަކުން ހަތަރު ރަށް ގުޅާލާނެ

  • ބްރިޖު އަޅަން ހަވާލުކުރި އެފްކޮންސް އަކީ އިންޑިއާގެ ޓާޓާ ކުންފުންޏާ ގުޅުން އޮންނަ ކުންފުންޏެއް

  • އެފްކޮންސްއާ މަޝްރޫއު ހަވާލުކުރީ 26 އޮގަސްޓް 2021ގައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް