ދިރާގު

ދިރާގު ޓީވީ ކަސްޓަމަރުން އެސްއެސްނެޓަށް ބަދަލުވާން ހުޅުވާލައިފި

7 އަހަރުގެ ހިދުމަތަށް ފަހު 29 ޖެނުއަރީ އިން ފެށިގެން ދިރާގުޓީވީގެ ހިދުމަތް ހުއްޓާލާނެ

ދިރާގުގެ ރީބްރޮޑްކާސްޓިން ލައިސަންސް ހަމަވާތީ ދިރާގު ޓީވީ އާއި ދިރާގު ޕްލޭގެ ހިދުމަތް ހުއްޓާލަން ނިންމާފައި ވާތީ ދިރާގު ނެޓްވޯކްގެ ތެރެއިން އެ ހިދުމަތްތައް ފޯރުކޮށްދޭން ހޮވި އެސްއެސް ނެޓަށް ބަދަލުވާން ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - ދިރާގުން މިއަދު ބުނީ، ދިރާގު ޓީވީ ކަސްޓަމަރުންގެ ތެރެއިން އެސްއެސް ނެޓަށް ބަދަލުވާން އެދޭ ކަސްޓަމަރުންނަށް ރެޖިސްޓްރީވާން ހާއްސަ ޕޯޓަލް އެއް ހަދާފައިވާ ކަމަށާއި ރެޖިސްޓްރީ ވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ތަފްސީލް - އެސްއެސްނެޓަށް ރެޖިސްޓްރީވުމަށް އެކަމަށް ހާއްސަ ޕޯޓަލްއަށް ވަނުމަށް ފަހު:

  • ދިރާގު ޓީވީ ކަސްޓަމަރުންނަށް އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށް ފޮނުވާފައިވާ ރަޖިސްޓްރޭޝަން ލިންކަށް ފިއްތާލާ

  • ކަސްޓަމަރުގެ ދިރާގުޓީވީ ނަމްބަރާއި އެކައުންޓާއި ގުޅުންހުރި އައިޑީކާޑު، ޕާސްޕޯޓް، ވޯކް ޕާމިޓް ނަންބަރު ޖަހާ

  • ކަސްޓަމަރުގެ ނަމާއި މޯބައިލް ނަމްބަރާއި އީމެއިލް އެޑްރެސް ޖަހާ

  • އައިޑީކާޑު، ޕާސްޕޯޓް، ވޯކް ޕާމިޓްގެ ކޮޕީއެއް އަޕްލޯޑްކޮށްލާ

  • މި ފޯމް ފުރުމުން އެޕްލިކޭޝަން ބަލައިގަންނާނެ

7 އަހަރުގެ ހިދުމަތަށް ފަހު 29 ޖެނުއަރީ އިން ފެށިގެން ދިރާގުޓީވީގެ ހިދުމަތް ހުއްޓާލާނެ އެވެ.

ކޮމެންޓް (1)

ޙަސަން

25 ޖެނުއަރީ 2023
ސިޔާމު ނެޓައް ބަދަލު ނުވާންވެގެން އަލުން މީޑިޔާނެޓަށް ބަދަލު ކޮށް ލީ...... ދިރާގު މީހުން ވަރަށް ފޮނި ހުވަފެން ދައްކައިގެން ދިރާގު ނެޓައް އޭރު ޗޭންޖް ކުރީ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް