ޝިފްލީންގެ ނޫސްވެރިކަމުގެ ދަތުރު

އަމީނިއްޔާގައި ކިޔެވި އިރު އޭނާގެ ހުވަފެނަކަށް ވީ 'ހަވީރު' ނޫހުގައި އޭނާގެ ނަން ޖެހޭނެ ދުވަހެއް ގެނައުން
15 ނޮވެމްބަރު 2022

އަމީނިއްޔާ ސްކޫލްގެ ލައިބްރަރީ އެވެ. އިންޓަވަލް ގަޑި އެވެ. އައިމިނަތު ޝިފްލީން ލައިބްރަރީއަށް ވަދެ މޭޒެއް މަތީ ފޮތްތައް ބަހައްޓާފައި އެތަނުގައި އޮތް 'ހަވީރު' ނޫސް ހުޅުވާލި އެވެ. އޭނާ އެންމެ ގަޔާވާ ލިއުމަށް ނަޒަރު ހުއްޓާލި އެވެ. ލިއުން ފެށޭ ތަނުގައި ލިއުންތެރިޔާގެ ނަން ޖަހާފައި އޮތެވެ.

"އަހަރެން ކައިރީގައި ތިބި ކްލާސް ކުދިން ކައިރީ ބުނިން މި ތަނުގައި އަހަރެންގެ ނަން ވެސް އަދި އޮންނާނޭ،" ހަބަރުގައި ޖަހާފައި އޮތް ނަމަށް އިޝާރަތްކޮށްފައި، ޝިފްލީން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް