އެމްޑީޕީގެ ރިޔާސީ ޕްރައިިމަރީގެ ކެމްޕޭނަށް ރައީސް ސޯލިހު މިއަދު ހޯރަފުއްޓަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ. (ފޮޓޯ/ކެމްޕޭން ޓީމު)

ރައީސް ސޯލިހު ޕްރައިމަރީގެ ކެމްޕޭނަށް ހއ. އާއި ހދ.އަށް

ރައީސްގެ މި ދަތުރުފުޅުގައި، ހދ. ހަނިމާދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހއ. އަދި ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް ސޯލިހު މިއަދު ހެނދުނު އެންމެ ފުރަތަމަ ވަޑައިގެންނެވީ ހއ. ހޯރަފުއްޓަށެވެ. ހޯރަފުށިން އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ވަނީ ދަންނަވައިފަ އެވެ.

ތަފްސީލް - ހއ. އަދި ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް ސޯލިހު މިއަދު އިތުރު ތިން ރަށަކަށް ވަޑައިގަންނަވާނެ އެވެ. އެގޮތުން:

  • އެ އަތޮޅު ހޯރަފުއްޓަށާއި އިހަވަންދުއަށް ވަޑައިގެން، އެ ރަށުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާނެ 

  • މިރޭ ދިއްދޫގައި ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ

ކެމްޕޭނުގެ އިތުރުން، ރައީސް ރަސްމީ ހައިސިއްޔަތުން ވެސް ބައެއް ކަންކަން ކުރައްވާނެ އެވެ. އެގޮތުން:

  • އެންމެ ފާހަގަކޮށްލެވޭ ކަމަކީ ހދ. ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމަށް ހިންގާ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ

  • މި ރަސްމިއްޔާތުގެ ތަފްސީލެއް އަދި ނޭނގޭ؛ ނަމަވެސް، މި ރަސްމިއްޔާތުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށްވޭ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް މިދިޔަ ހަފްތާ ބަންދުގައި ވަނީ އައްޑުއަށް ވަޑައިގެންފަ އެވެ. 

އެނގުން މުހިއްމު - އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. މި އިންތިހާބުގައި ވާދަކުރައްވަނީ ރައީސް ސޯލިހުގެ އިތުރުން އެމްޑީޕީގެ ރައީސް މުހައްމަދުު ނަޝީދެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް