މަސް ހިފަން ގޮސް އުޅެނިކޮށް މިއަދު މަރުވި ތޮލާލް އަހުމަދު، ފެހިވިނަ، ސ. ހިތަދޫ.

އައްޑޫގައި މަސް ހިފަން ފޭބި ޒުވާނަކު މަރުވެއްޖެ

އޭނާ ފެނުނީ މޫދުއަޑިން؛ އޭނާ ގެއްލުނީ ތިން މީހުންނާ އެކު ދަތުރުކުރި ޑިންގީއަކުން
23 އޮކްޓޯބަރު 2022

އައްޑޫ ހިތަދޫން މިއަދު ފުރައިގެން ޑިންގީއެއްގައި މަސް ހިފަން ގޮސް އުޅެނިކޮށް ގެއްލުނު މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ވީ ކިހިނެއް؟ - އެމްއެންޑީއެފުން މިއަދު މީޑީއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ތިން މީހުންނާ އެކު ދަތުރުކުރި ޑިންގީއަކުން އެކަކު ގެއްލިގެން އުޅޭކަމުގެ ރިޕޯޓު މިއަދު ހެނދުނު 11:32 ހާއިރު ލިބުނު ކަމަށެވެ.

ތަފްސީލް - އެ ރިޕޯޓާ އެކުއެމްއެންޑީއެފް ސަދަން އޭރިއާ ސީޖީ ސްކުއާޑްރަން އިން އެ ސަރަހައްދު ބެލިއިރު، އޭނާ ފެނުނީ މޫދުއަޑިންނެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި، މިއަދު ގެއްލިގެން ހޯދީ ތޮލާލް އަހުމަދު، ފެހިވިނަ/ސ. ހިތަދޫ، 24، އެވެ.

މިއަދުގ 1:05 ހާއިރު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ އޭނާ މަރުވެފައިވާ ކަމަށް ކަނޑައަޅާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް