އއ. ތޮއްޑޫ: މި ރަށް ކައިރިން ސްނޯކަލް ކުރަނިކޮށް ޑިންގީ އަކުން ޖެހިފައި ވަނީ ރަޝިއާ ފަތުރުވެރިއެއް ގައިގައި (ފޮޓޯ/ޓްރިޕް އެޑްވައިޒާ)

އއ. ތޮއްޑޫ

ފަތުރުވެރިއެއް ގައިގައި ޑިންގީ އަކުން ޖެހި އަނިޔާވެއްޖެ

އިތުރު ފަރުވާ ދިނުމަށް އެމީހާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނި
7 އޮކްޓޯބަރު 2022

އއ. ތޮއްޑޫ ކައިރިން ސްނޯކްލިން އަށް ގޮސް އުޅުނުު ފަތުރުވެރިއެއް ގައިގައި އެ ސަރަހައްދުން ދަތުރު ކުރި ޑިންގީ އަކުން ޖެހި އަނިޔާ ވެފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ވީ ކިހިނެއް؟ - ފުލުހުންނަށް އެ މައްސަލަ ރިޕޯޓު ކޮށްފައިވަނީ މިއަދު ހަވީރު 5:15 ހާއިރެވެ.

ތަފްސީލް - އެކަމާ ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނިގޮތުގައި: 

  •  ޑިންގީން ޖެހިގެން އަނިޔާ ވެފައިވަނީ ރަޝިއާ އަންހެނަކަށް

  • އިތުރު ފަރުވާ ދިނުމަށް އެ މީހާ މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން

ނަމަވެސް އެ މީހާއަށް ލިބިފައިވަނީ ކިހާ ވަރެއްގެ އަނިޔާއެއް ކަމެއް ފުލުހުން ނުބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް