ސިމްޑީ ވޯލްޑް ކަޕް ފިއެސްޓާ ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިޔާ ހޮވުން. (ފޮޓޯ/ސިމްޑީ)

ސިމްޑީ

'ސިމްޑީ ވޯލްޑް ކަޕް ފިއެސްޓާ'ގެ ފުރަތަމަ ހަފްތާގެ ގުރު ނަގައިފި

ވޯލްޑް ކަޕާ އެކު ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ކޮންމެ ހަފްތާ އަކު އަދި މުޅި ޕްރޮމޯޝަން ނިމުމުން އަގުހުރި އިނާމު ލިބޭ ނަސީބުވެރިން ހޮވާނެ
28 ނޮވެމްބަރު 2022

ގަތަރު ވޯލްޑް ކަޕަށް އަމާޒުކޮށްގެން ސިމްޑީން ކުރިއަށްގެންދާ 'ވޯލްޑް ކަޕް ފިއެސްޓާ 2022'ގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިޔާ ހޮވައިފި އެވެ.

ވީ ކިހިނެއް؟ - ވޯލްޑް ކަޕް ފިއެސްޓާ ޕްރޮމޯޝަންގައި 'ސިމްޑީ އޮންލައިން' މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް، %30އާ ހަމައަށް ޑިސްކައުންޓު އަގުތަކުގައި ވިޔަފާރިކޮށްގެން އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ވަނީ ހުޅުވާލާފަ އެވެ. އޭގެ ތެރޭގައި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ކޮންމެ ހަފްތާއަކު ނަގާ ލަކީޑްރޯތަކާއި ޕްރޮމޯޝަން ނިމުމުން ނަގާ ގްރޭންޑް ލަކީޑްރޯތައް ވެސް ހިމެނެ އެވެ.

ތަފްސީލު - އެ ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިޔަކަށް ހޮވުނީ މުހައްމަދު ނަވީން އަލީ އެވެ. ސިމްޑީ ކެނޮން ޝޯރޫމްގައި އިއްޔެ ބޭއްވި ކުޑަ ހަފްލާއެއްގައި ނަވީންއަށް އިނާމު ހަވާލުކޮށްދެއްވީ ސިމްޑީ ޓެކްގެ ކީ އެކައުންޓް މެނޭޖަރު މުހައްމަދު ރިފްހާން އެވެ.

ފުރަތަމަ ހަފްތާއަށް ކަނޑައަޅާފައިވާ އިނާމަކީ:

  • ކެނޮން ބްރޭންޑުގެ 'ރާޔޯ އެސް1' ޕްރޮޖެކްޓަރެއް 

  • މިއީ ކެނޮން މިނީ ސީރީޒްގައި އެންމެ ފަހުން މާކެޓަށް ނެރުނު، '3 އިން 1' ޕްރޮޖެކްޓަރެއް 

  • މި ޕްރޮޖެކްޓަރާ އެކު ބްލޫޓޫތު ސްޕީކަރަކާއި ޕަވަ ބޭންކެއް ވެސް ހިމެނޭ

ފުރަތަމަ ހަފްތާގައި ގުރުއަތުން ހޮވުނު ނަސީބުވެރި ފަރާތް، މުހައްމަދު ނަވީން އަލީ. (ފޮޓޯ/ސިމްޑީ)

ސިމްޑީ ވޯލްޑް ކަޕް ފިއެސްޓާ 2022

  • ސިމްޑީގެ އެޕްލިކޭޝަން މެދުވެރިކޮށް ޕްރޮޑަކްޓެއް ގަތުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ

  • ޕްރޮމޯޝަން ކުރިއަށްދާނީ 20 ނޮވެމްބަރުން 18 ޑިސެމްބަރުގެ ނިޔަލަށް

  • ޕްރޮމޯޝަންގެ ހޭޝްޓެގުތަކަކީ: #SIMDI/ #FIFAWorldCup/ #SIMDIWorldCupFiesta2022

  • ޕްރޮމޯޝަން ކުރިއަށްދާ ކޮންމެ ހަފްތާ އަކު ނަސީބުވެރިން ހޮވާނެ

މި ޕްރޮމޯޝަންގެ ވީކްލީ ނަސިބުވެރިން ހޮވާނީ 27 ނޮވެމްބަރު، 4 ޑިސެމްބަރު، 11 ޑިސެމްބަރު އަދި 18 ޑިސެމްބަރުގަ އެވެ.

  • ފުރަތަމަ ހަފްތާގެ އިނާމު: ކެނޮން ރާޔޯ އެސް1 ޕްރޮޖެކްޓަރެއް

  • ދެ ވަނަ ހަފްތާގެ އިނާމު: އިލެކްޓްރޯލަކްސް ރޮބޮޓް ހޯމް ވެކިއުމް ކްލީނަރެއް

  • ތިން ވަނަ ހަފްތާގެ އިނާމު: ކެނޮން ޑިޖިޓަލް ކެމެރާ އައިއެކްސްޔޫއެސް 185 (ރަތް ކުލަ) އާއި ސެލްފީ ޕްރިންޓަރެއް

  • ހަތަރު ވަނަ ހަފްތާގެ އިނާމު: އިލީ ވައި3.3 ކޮފީ މެޝިނެއް

މި ޕްރޮމޯޝަންގައި 20 ނޮވެމްބަރުން 18 ޑިސެމްބަރާ ދެމެދު ވިޔަފާރި ކުރާ ހުރިހާ ކަސްޓަމަރުންގެ މެދުގައި ގްރޭންޑް ލަކީޑްރޯއެއް ނަގާނެ އެވެ. ގުރުއަތުން ހޮވޭ ތިން ނަސީބުވެރި ފަރާތްތަކަށް ދޭ އިނާމުތަކަކީ:

  • އެއް ވަނަ: އައިފޯން 14ޕްރޯއެއް ނުވަތަ ސެމްސަންގް އެސް22 އަލްޓްރާއެއް

  • ދެ ވަނަ: ޕީއެސް5 އަކާއި ފީފާ 2023 ގޭމް

  • ތިން ވަނަ: އިލީ ކޮފީ ބަންޑްލް (އެކްސް9 ކްރޯމް ކޮފީ މެޝިން، މިލްކް ފްރޮތާ، ކެޕްސޫލްސް، އެސްޕްރެސޯ ކަޕް، ކަޕަޗީނޯ ކަޕް

'ސިމްޑީ އޮންލައިން' އެޕްލިކޭޝަން

ގޫގްލް ޕްލޭސްޓޯ އަދި އެޕަލް އެޕްސްޓޯއިން ޑައުންލޯޑު ކުރެވޭ މި އެޕްލިކޭޝަނުން ސިމްޑީއިން ވިއްކާ 200 އަށްވުރެ ގިނަ ބްރޭންޑްތަކުގެ 15،000 އަށްވުރެ ގިނަ އުފެއްދުންތައް ބަލައިލެވޭނެ އެވެ.

ޑިސްކައުންޓް ލިބޭ ޕްރޮޑަކްޓްތައް ފަސޭހައިން ބަލައިލެވޭ ގޮތަށް މި އެޕްލިކޭޝަންގައި ވަކިން 'ސްޕެޝަލް އޮފާ' ސެގްމެންޓެއް ވެސް ހިމަނާފައިވެ އެވެ. ވޯލްޑް ކަޕަށް %30އާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮޑަކްޓުތައް ވެސް ފެންނާނީ މި ބައިންނެވެ.

ސްޕެޝަލް އޮފާ ސެގްމެންޓުގައި ކަސްޓަމަރުންގެ މެދުގައި މަގުބޫލު ގިނަ ބްރޭންޑުތަކުގެ އުފެއްދުންތައް ޑިސްކައުންޓް އަގުތަކުގައި ގަނެވޭނެ އެވެ. އޭގެ ތެރޭގައި:

  • އިލީ ކޮފީ - ކޮފީ ކެޕްސޫލް، ބީންސް އަދި ގްރައުންޑް ކޮފީ

  • ބޮންކެފޭ - އައިކެފޭ، އައިކާފީ މަސާލާ، ސިނަމަން އަދި ކާޑަމަން ކޮފީ

  • ހޯލްސްޓެން - އެޕަލް، މޮހީޓޯ، ސްޓްރޯބެރީ އަދި އިތުރު ފްލޭވާތައް

  • މައި ބިޒްކަޓް - އެސޯޓަޑް ކުކީސް، ބަޓާ ކުކީސް އަދި އެކި ބާވަތްތަކުގެ މީރު ބިސްކޯދު

  • ކެޑްބަރީ ޗޮކޮލެޓް

ސިމްޑީ ގްރޫޕް

ޕްރޮފައިލް ޕޭޖް

އިތުރު އާޓިކަލް

އިތުރު އާޓިކަލް