ބަންގްލަދޭޝްގެ ޔޫއެސް-ބަންގްލާ އެއާލައިނުން ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު ސީދާ ދަތުރުތައް ފެށުމުގެ ގޮތުން އިއްޔެ ކުރި ފުރަތަމަ ދަތުރުގައި ބޯޓު ވީއައިއޭގައި ޖައްސަނީ. (ފޮޓޯ/ވީއައިއޭ)

ބަންގްލަދޭޝްގެ އެއާލައިނަކުން ފުރަތަމަ ފަހަރަށް ރާއްޖެއަށް ސީދާ ދަތުރުތައް ފަށަައިފި

ފުރަތަމަ ނިންމާފައިވަނީ ހަފްތާއަކު ތިން ދަތުރު ކުރަން؛ އޭގެ ފަހުން ޑިމާންޑަށް ބަލައި ހަފްތާއަކު ހަތް ދަތުރަށް ބަދަލުކުރާނެ

ބަންގްލަދޭޝްގެ ޔޫއެސް-ބަންގްލާ އެއާލައިނުން ބަންގްލަދޭޝް އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށައިފި އެވެ. މިއީ އެ ގައުމުގެ އެއާލައިނަކުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފެށި ފުރަތަމަ ފަހަރެވެ.

ވީ ކިހިނެއް؟ - މި ދަތުރުތައް އިއްޔެ ފެށިއިރު އެންމެ ފުރަތަމަ ނިންމާފައިވަނީ ހަފްތާއަކު ތިން ދަތުރު ބާއްވާށެވެ. އޭގެ ފަހުން ޑިމާންޑަށް ބަލައި ދުވާލަކު ދަތުރަކަށް ބަދަލުކުރާނެ އެވެ.

ބުނީ ކީކޭ؟ - ބަންގްލަދޭޝްގެ ޝާހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓުން ވީއައިއޭ އަށް ކުރާ އެ ދަތުރުތަކުގެ އަގު ހެޔޮވާނެ ކަމަށް ޔޫއެސް ބަންގްލާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ އަލް-މާމަން ވިދާޅުވި އެވެ. އެގޮތުން، އެއްކޮޅު ޓިކެޓެއްގެ އަގަކީ 25،000 ޓާކާ ނުވަތަ 292 ޑޮލަރު ( ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ ރައްޔިތުން ރާއްޖޭގައި މަސައްކަތް ކުރަން އުޅޭ އިރު މި ދަތުރުތަކާ އެކު ގައުމަށް އެނބުރި ގޮސް އައުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެ،" އަބްދުﷲ އަލް-މާމަން ކުރިން މީޑިއާތަކަށް ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ލިބޭނެ ފަސޭހަތަކުގެ ގޮތުގައި ޔޫއެސް-ބަންގްލާ އެއާލައިނުން ފާހަގަކޮށްފައިވަނީ:

  • ރާއްޖެއަށް ބޭސް ފޮނުވުމުގައި ބޮޑެތި ފަސޭހަތައް ލިބޭނެ

  • ބަންގްލަދޭޝްގެ ފާމަސޫޓިކަލް ކުންފުނިތަކުގެ ބޮޑު މާކެޓެއް ރާއްޖޭގައި އޮންނައިރު ޔޫއެސް-ބަންގްލާ މެދުވެރިކޮށް ރާއްޖެއަށް ބޭސް ފޮނުވުމާ ގުޅޭ ގޮތުން އެ ކުންފުނިތަކުން އަންނަނީ މަޝްވަރާ ކުރަމުން

  • އަމާޒަކީ މަހެއްގެ މައްޗަށް 1 މިލިއަން ޑޮލަރުގެ ކާގޯ ސްލޮޓާއި ފަސިންޖަރުންގެ ޓިކެޓް ވިއްކުން

ޔޫއެސް-ބަންގްލާ:

  • ބަންގްލަދޭޝްގެ އެންމެ ބޮޑު އަމިއްލަ އެއާލައިން

  • ފްލީޓުގައި 14 ބޯޓު

  • ބޮއިން 800-737 މަރުކާގެ ހަތަރު ބޯޓާއި އޭޓީއާރު 600-72 މަރުކާގެ މުޅިން އާ ހަތް ބޯޓު ހިމެނޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް