ލަންކާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމަށް އައްޔަނުކުރެއްވި އަލީ ފާއިޒަށް، ރައީސް ސޯލިހު މިއަދު މަގާމުގެ ލިޔުން ހަވާލުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ރައީސް އޮފީސް

ލަންކާ ސަފީރަކަށް ފާއިޒު އައްޔަނުކުރައްވައިފި

ލަންކާ ސަފީރަކަށް ފާއިޒު އައްޔަނުކުރުމަށް މަޖިލީހުން ރުހުން ދިނީ މިދިޔަ ނޮވެމްބަރު 28ގައި

ރާއްޖެއިން ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމަށް އަލީ ފާއިޒު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަނުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް ސޯލިހު، ފާއިޒުއާ ސަފީރުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް އޮފީހުގައި މިއަދު އޮތް ރަަސްމިއްޔާތެއްގަ އެވެ.

ލަންކާ ސަފީރަކަށް ފާއިޒު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ ނޮވެމްބަރު 28ގަ އެވެ.

ތަފްސީލް - ފާއިޒު މީގެ ކުރިން ހުންނެވީ ފޮރިން މިނިސްޓަރުގެ ނައިބަކަށެވެ. މީގެ އިތުރުން:

  • ޕޮލިސް ބޯޑުގެ މެންބަރުކަން 2021 ވަނަ އަހަރު ކުރެއްވި

  • ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ބ. އަތޮޅު މެންބަރުކަން ކުރެއްވި

  • ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު 2012 ވަނަ އަހަރު އަދާކުރެއްވި

އެނގުން މުހިއްމު - ރާއްޖެއިން ލަންކާއަށް އާ ސަފީރަކު އައްޔަނުކުރި އިރު، މީގެ ކުރިން އެ ގައުމަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމުގައި ހުންނެވި އުމަރު އަބްދުއްރައްޒާގު ވަނީ ރާއްޖެއިން ބެލްޖިއަމްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށާއި ރާއްޖެއިން ޔޫރަޕިއަން ޔޫނިއަނަށް ކަނޑައަޅާފައި ހުންނަ ސަފީރުކަމުގެ މަގާމަށް އައްޔަންކުރައްވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް