ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ސްކޫލު ކުދިންތަކެއް (ފޮޓޯ/ގެޓީ އިމޭޖެސް)

ޖަޕާން

ޖަޕާނުގައި ސްކޫލުތަކަށް ބޮމުގެ އިންޒާރު ފެކްސް ކުރި މީހަކު ހޯދަނީ

އެތައް ސަތޭކަ ސްކޫލުތަކާއި ޔުނިވާސިޓީތަކަށް މީހަކު ވަނީ ބޮމާއި މަރުގެ އިންޒާރު ފޮނުވާފައި

އެތައް ސަތޭކަ ސްކޫލުތަކަކަށް މަރާއި ބޮމުގެ އިންޒާރުތައް ފޮނުވި މީހަކު ހޯދުމަށް ޖަޕާނުގެ ފުލުހުން އަންނަނީ ވަރުގަދަ މަސައްކަތްތަކެއް ކުރަމުން ނެވެ. 

ވެރިރަށް ޓޯކިޔޯގައި ރަޖިސްޓްރީކޮށްފައިވާ ނަމްބަރަކުން ހައި ސްކޫލުތަކަަށާއި ޔުނިވާސިޓީތަކަށް މި އިންޒާރުތައް ފޮނުވާފައި ވަނީ ފެކްސް މެދުވެރިކޮށް މި ހަފްތާގަ އެވެ.

މިހާތަނަށް އެއްވެސް ސްކޫލު އިމާރާތަކުން ގޮވާ އެއްޗެއް ފެނިފައިވާ ނުވާ ކަމަށާއި އެއްވެސް ދަރިވަރަކަށް ވެސް ހަމަލާއެއް ދީފަައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ކުށްކުރުން އިންތިހާ މަދު ޖަޕާނުގައި ބޮމުގެ އިންޒާރުތައް ލިބުން ވެސް އެހާމެ މަދެވެ. ނަމަވެސް މިހަފްތާގައި މުޅި ޖަޕާނުގެ އެކި ސަރަހައްދުތަކުގައި ހުންނަ ސްކޫލުތަކަށާއި ޔުނިވާސިޓީތަކަށް މިފަދަ އިންޒާރުގެ މެސެޖުތައް އަންނަން ފަށާފައި ވަނީ ހޯމަ ދުވަހުން ފެށިގެނެެވެ. ސައިޓާމާ ސަރަހައްދުގައި އެކަނިވެސް 170 އަށް ވުރެއް ގިނަ ސްކޫލުތަކަށް ބޮމުގެ އިންޒާރުތައް ލިބިފައިވާކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.

މީގެ ތެރެއިން އެއް މެސެޖެއްގައި 330 އަށް ވުރެ ގިނަ ބޮން ތައްޔާރުކޮށްފައިވާ ކަމަށް ބުނެފައިވާ އިރު، އެހެން މެސެޖެއްގައި "އަހަރެން ބޮޑު ބޮމެއް ލައިފިން" ވާކަމަށް ޖަޕާނުގެ ލޯކަލް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި ބައެއް މެސެޖުތަކުގައި 300،000 ޔެން (2،320 އެމެރިކާ ޑޮލަރު) އިން ފެށިގެން 3 މިލިއަން ޔެންއާ ހަމައަށް ފައިސާއަށް ޑިމާންޑުކޮށްފައިވާ ކަަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެ އެވެ.

އަދި ޖެހިގެން އައި އަންގާރަ ދުވަހު ގޭގައި ހަދާފައިވާ ހަތިޔާރުތަކެއް ބޭނުންކޮށް ދަރިވަރުންނާއި މުދައްރިސުން މަރާލާނެކަމުގެ އިންޒާރުތައް ހަމަ އެއް ނަމްބަރަކުން އޮސާކާ، ސައިޓާމާ އަދި އިބަރާކީ ފަދަ ޖަޕާނުގެ އެކި ސަރަހައްދުތަކުގައިވާ ސްކޫލުތަކަށް ފޮނުވާފައިވެ އެވެ.

މި އިންޒާރުތަކާ އެކު ގިން ސްކޫލުތަކެއް އަންގާރަ ދުވަހު ބަންދު ކުރެވުނު ނަމަވެސް މިއަދާ ހަމައަށް އައިރު ގިނަ ސްކޫލުތަކެއް ވަނީ މިހާރު ހުޅުވާފަ އެވެ.

ޖަޕާނުގައި އަދި ވެސް ފެކްސްގެ ހިދުމަތް އާންމުކޮށް ބޭނުން ކުރެވެމުންދެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް