އަކާސާ އެއާގެ ބޯޓެއްގެ ގްރެފިކްސް ކުރެހުމެއް

ޓްރެވަލް

އިންޑިއާގެ އާ އެއާލައިނެއް، އަންނަ އަހަރު ދަތުރު ފަށާނެ

އެއާލައިން އުފެއްދުމުގައި ރާކޭޝްގެ އިތުރުން ދެން ހަރަކާތްތެރިވަނީ ޖެޓް އެއާވޭސްގެ ކުރީގެ ސީއީއޯ ވިނޭ ޑޫބް އާއި އިންޑިގޯގެ ކުރީގެ ޗީފް އަދިތިޔާ ގޯޝް

އިންޑިއާގެ އާ ޕްރައިވެޓް އެއާ ލައިން އަކާސާ އެއާގެ ބްރޭންޑު އިފްތިތާހު ކޮށްފި އެވެ.

ތަފްސީލް - ވިޔަފާރި ވެރިޔާ ރާކޭޝް ޖުންޖުންވާލާ ފަހަތުގައި ހުރެގެން އުފައްދާ މި ލޯކޯސްޓް ކެރިއާ ގެ ބްރޭންޑް އައިޑެންޓިޓީ ގެ ގޮތުގައި ކަނޑައަޅާފައިވަނީ " އިޓްސް ޔޯ ސްކައި" އެވެ. 

ދުވަހުގެ އެކި ވަގުތުތަކުގައި އުޑުމަތިން ފެންނަ ރީރި ކުލަތައް ހިމަނައިގެން ބްރޭންޑު ކޮށްފައިވާ އަކާސާ އެއާގެ ބްރޭންޑު ކުލައެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ސަންރައިޒް އޮރެންޖެވެ.

އަކާސާ އޮރެންޖުގެ ދަތުރު:

  • ކޮމާޝަލް ދަތުރުރުތައް ކުރުމުގެ ނޯ އޮބްޖެކްޝަން އެ އެއާލައިނަށް ދިނީ އޮކްޓޯބަރު މަހު

  • އެއާލައިން އުފެއްދުމުގައި ރާކޭޝްގެ އިތުރުން ދެން ހަރަކާތްތެރިވަނީ ޖެޓް އެއާވޭސްގެ ކުރީގެ ސީއީއޯ ވިނޭ ޑޫބް އާއި އިންޑިގޯގެ ކުރީގެ ޗީފް އަދިތިޔާ ގޯޝް

  • މިދިޔަ މަހު އަކާސާ އެއާ އިން ވަނީ ބޮއިން ކުންފުންޏަށް 4.5 ބިލިއަން ޑޮލަރުގެ އޯޑަރެއް ދީފައި، އެ އެއާލައިނުން ނިންމާފައިވަނީ ބޮއިން737 މެކްސްގެ72 އެއާކްރާފްޓު ގަތުމަށް

  • އެއާލައިނުން ލަފާކުރަނީ އަންނަ އަހަރުގެ ފުރަތަމަ ހަ މަސްތެރޭ ދަތުރުތައް ފަށަން

އިންޑިއާގެ އާ ބަޖެޓް އެއާލައިނުން އެ ގައުމުގެ ރައްޔިތުންނަށް ދީފައިވާ ޔަގީންކަމަކީ އެ އެއާލައިނުގެ ދަތުރުތަކުގެ ޓިކެޓު އަގުހެޔޮވާނެ ކަމުގެ ޔަގީން ކަމެވެ.

އެނގުން މުހިއްމު - އިންޑިއާގައި މިހާރުވެސް ލޯ ކޮސްޓް ފަސް އެއާލައިނަކުން ހިދުމަތް ދެ އެވެ. އޭގެ ތެރޭގައި އިންޑިގޯ، ގޯ އެއާ، ސްލައިސް ޖެޓް، އެއާ އޭޝިއާ އިންޑިއާ އަދި އެއާ އިންޑިއާ އެކްސްޕްރެސް ހިމެނެ އެވެ. މީގެ އިތުރުން އެއާ އިންޑިއާ އާއި ވިސްޓާރާއިން ފުލް ސާވިސް ކެރިއާސްގެ ގޮތުގައި ހިދުމަތް ދޭއިރު ބަނގުރޫޓު ވެގެން ހުއްޓާލި ޖެޓް އެއާވޭސް ވެސް އެނބުރި އުދުހެން ފަށަން ދަނީ ތައްޔާރުވަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް