މާފަރު އެއާޕޯޓު: ސަރުކާރުން ގިނަ އެއާޕޯޓްތަކެއް ހަދަން ބޭނުންވޭ.

އެއާޕޯޓުތަކަށް ބިޑު ކުރެވޭނެ އެންމެ ދަށް އަގު ކުޑަކޮށް އަލުން އިއުލާނުކޮށްފި

އެންމެ ދަށް އަގު 5 މިލިއަން ޑޮލަރުން 3 މިލިއަން ޑޮލަރަށް ވަނީ ކުޑަކޮށްފައި
16 ފެބްރުއަރީ 2022

ރާއްޖޭގެ ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓު ތަރައްގީކުރަން ފައިނޭންސް ކުރުމަށް ބިޑު ކުރެވޭނެ އެންމެ ދަށް އަގު 5 މިލިއަން ޑޮލަރުން 3 މިލިއަން ޑޮލަރަށް ކުޑަކޮށް، އެ ޕްރޮޖެކްޓު ކުރިއަށް ގެންދާނެ ބަޔަކު ހޯދަން އަލުން ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - 'ކްރޮސް-ސަބްސިޑީ' ނުވަތަ ސަރުކާރުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމުން ރަށާއި ފަޅު ނުވަތަ ބިން ލިބޭ ގޮތަށް، ހަ ރަށެއްގައި އެއާޕޯޓު ތަރައްގީކުރާނެ ނުވަތަ ތަރައްގީކުރަން މާލީ އެހީވާނެ ބަޔަކު ހޯދަން ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ހުޅުވާލީ މިދިޔަ ޑިސެމްބަރު 20ގަ އެވެ.

އެއާޕޯޓު ތަރައްގީކުރަން ހުޅުވާލި ރަށްތަކާއި އެއާޕޯޓު ހަދަން ދާނެ ހަރަދުގެ އަންދާޒާ:

  • ހދ. މަކުނުދޫ - 23.3 މިލިއަން ޑޮލަރު 

  • ށ. ބިލެތްފަހި - 23.6 މިލިއަން ޑޮލަރު 

  • ބ. ތުޅާދޫ - 21.9 މިލިއަން ޑޮލަރު 

  • ތ. ވިލުފުށި - 33.3 މިލިއަން ޑޮލަރު 

  • ފ. މަގޫދޫ - 8.2 މިލިއަން ޑޮލަރު 

  • ރ. އަތޮޅު - 23.6 މިލިއަން ޑޮލަރު

ތަފްސީލް - އެއާޕޯޓު ހަދަން ފުރަތަމަ ހުޅުވާލި އިރު، ހަމައެކަނި ފައިނޭންސް ކުރާ ނަމަ، އެންމެ ދަށްވެގެން ހުށަހެޅޭނެ އަދަދު ކަމަށް ބުނެފައި ވަނީ 5 މިލިއަން ޑޮލަރެވެ. ނަމަވެސް އިއްޔެ އަލުން އިއުލާނުކުރި އިރު އެ އަދަދު ވަނީ 5 މިލިއަން ޑޮލަރަށް ކުޑަކޮށްފަ އެވެ.

މިނިސްޓްރީން ބުނީ:

  • ކޮންމެ އެއާޕޯޓަކީ ވަކި މަޝްރޫއެއް ކަމަށް 

  • ޝައުގުވެރިކަން ފާޅުކުރުމުގައި، ތަރައްގީ ކުރަނީ ނުވަތަ ފައިނޭންސް ކުރަނީ ކޮން އެއާޕޯޓު މަޝްރޫއަކަށްކަން ބަޔާންކުރަންވާނެ ކަމަށް 

  • ޝައުގުވެރިކަން ފާޅުކުރުމުގައި، މުޅި އެއާޕޯޓު ތަރައްގީކުރަން ނުވަތަ ފައިނޭންސް ކުރަން ވެސް ހުށަހެޅިދާނެ 

ބުނީ ކީކޭ؟ - އެއާޕޯޓް ތަރައްގީކުރަން ނުވަތަ ފައިނޭންސް ކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓުގެ އަދަދު، އެ މަޝްރޫއެއްގެ ބަދަލުގައި ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އެކްއިޒިޝަން ކޮސްޓާއި އެ ތަނެއްގެ ބިމު ކުލީގެ ގޮތުގައި ކަނޑައަޅާ ފައިސާގެ އަދަދު އަޅައިކަނޑައިދެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ބިޑްކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލުގެ ދަށުން ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާނީ އިކޮނޮމިކް މިނިސްޓްރީ އަށެވެ. އީމެއިލުން ނަމަ ފޮނުވާނީ، proposals@trade.gov.mv އަށެވެ. 

އެނގުން މުހިންމު - މި ހަ ރަށުގައި ހަދާ އެއާޕޯޓުތަކުގެ ޖުމްލަ އަގު 133 މިލިއަން ޑޮލަރު (2 ބިލިއަން ރުފިޔާ)އަށް އަރަ އެވެ. ރާއްޖޭގައި މި ފަހުން ހަދަމުން އަންނަ ޑޮމެސްޓިކް އެއާޕޯޓްތަކަށް ހޭދަކުރި ވަރަށް ބަލާއިރު، އަލަށް ހަދާ އެއާޕޯޓްތަކުގެ އަގު އުޅެނީ ދެ ގުނައަށް ވުރެ ވެސް މަތީގަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް