Majlis 2024

މާލޭ އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުރި ގަރާޖެއްގައި ރޭ ދަންވަރު އަލިފާން ރޯވެ، އަނދާފައި. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ގަރާޖުގައި ގޮވާ ޒާތުގެ އެއްޗެއް ނުހުންނާނެ: ވެރިފަރާތް

ގަރާޖުގެ ވެރިފަރާތުން ބުނާ ގޮތުގައި އެތަނުގައި ހުންނާނީ މާ ކުރިން ހުސްވެފައި ހުރި ސިލިންޑަރުތަކެއް؛ އެއީ އުކާލުމުގެ ހަރަދު ބޮޑުވެގެން އުކާނުލެވި ހުރި ސިލިންޑަރުތަކެއް ކަމާއި އޭގައި އެއްވެސް ކެމިކަލެއް ނުހުންނާނެ ކަމަށް ވެރިފަރާތުން ބުނޭ
10 ނޮވެމްބަރު 2022
1

ރޭ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގި ގޭގެ ތިރީ ބުރީގައި ހިންގާ ގަރާޖުގައި ގޮވާ ޒާތުގެ އެއްވެސް އެއްޗެއް ނުހުންނާނެ ކަމަށް އެ ގަރާޖުގެ ވެރިފަރާތުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މާލޭ އިސްކަންދަރު މަގާއި ކޯރުކެނޑި މަގާ ގުޅޭ ހިސާބުގައި ހުރި މ. ނިރުފެހި ގޭގައި ރޭ ދަންވަރު 12:30 ހާއިރު ވަރަށް ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި 10 މީހަކު ވަނީ މަރުވެފަ އެވެ.

އެ ގޭގެ ތިރީ ބައިގައި ހުންނަނީ ވެހިކަލް ގަރާޖެކެވެ. އަދި މަތީ ދެ ބުރީގައި ދިރިއުޅެނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނެވެ.

މާލޭ އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުރި ގަރާޖެއްގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާ. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ބުނީ ކީކޭ؟ - އަލިފާން ރޯވާން ދިމާވި ސީދާ ސަބަބު ފުލުހުންނާއި ސިފައިންނަށް އަދި ހޯދިފައި ނުވި ނަމަވެސް، އެ ގަރާޖުގައި ގިނަ އަދަދަކަށް ގޭސްފުޅި އާއި ތެލާއި ބާ ދަގަނޑު ވެސް ފުނި ޖަހާފައި ހުންނަ ކަމަށާއި ވެލްޑިންގެ މަސައްކަތް ފަދަ ކަންކަން ވެސް އެ ތަނުގައި ކުރާ ކަމަށް އަވަށްޓެރިން ބުނެ އެވެ.

އެ ވާހަކަތައް ދޮގުކޮށް، ގަރާޖުގެ ވެރިފަރާތުން ނަން ނުޖަހާ ގޮތަށް މިއަދު 'ދައުރު'އަށް ބުނީ:

  • އެ ގަރާޖުގައި މަސައްކަތް ކުރަނީ ފަސް މީހުން 

  • އެއީ ތިން ބިދޭސީންނާއި ދެ ދިވެހިން 

  • އެ މީހުންގެ އެކޮމޮޑޭޝަން ބައި ހުންނަނީ ގަރާޖުގެ ފަހަތުގައި

"އެ މީހުން ނިދާފައި ތިއްބައި ބާރު އަޑަކަށް ހޭލެވިގެން ހުރިހާ ސާމާނު ވެސް ދޫކޮށްލާފައި އެ ތަނުން ދުވެފައި ނުކުތީ،" ގަރާޖުގެ ވެރިފަރާތުން ބުންޏެވެ.

ތަފްސީލު - އޭނާ ބުނި ގޮތުގައި، އެ ގަރާޖުން މިހާރު ކުރަމުން އަންނަނީ ހަމައެކަނި ވެހިކަލް މަރާމާތުކުރުމުގެ މަސައްކަތެވެ.

"މާޗު މަހު އަލިފާނުގެ ހާދިސާއެއް ހިނގި ފަހުން ޓިންކަރިން މަސައްކަތް ވެސް ހުއްޓާލައިފިން. އެ ފަހަރު ވެސް ހުރީ ހުސް ސިލިންޑަރުތަކެއް،" ގޮވާ ޒާތުގެ އެއްވެސް އެއްޗެއް މިފަހަރު އެ ގަރާޖުގައި ނުހުންނާނެކަން ތަކުރާރުކުރަމުން އޭނާ ބުންޏެވެ.

އެ ސަރަހައްދުން ނަގާފައިވާ ފޮޓޯތަކުން ވެސް ގޭސް ސިލިންޑަރުތަކެއް ފެންނައިރު، ގަރާޖުގެ ވެރިފަރާތުން ބުނީ އެއީ ހުސް ސިލިންޑަރުތަކެއް ކަމަށާއި އޭގައި އެއްވެސް ކެމިކަލެއް ނުހުންނާނެ ކަމަށެވެ.

"އުކާލަން ބޮޑު ހަރަދެއް ހިނގާތީ އެ ސިލިންޑަރުތައް ބަހައްޓާފައި ހުރީ،" އޭނާ ބުންޏެވެ.

މާލޭ އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުރި ގަރާޖެއްގައި ރޭ ދަންވަރު އަލިފާން ރޯވެ، އަނދާފައި. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

އެނގުން މުހިންމު - އެ ހާދިސާގައި މަރުވި ބިދޭސީން ދިރިއުޅޭ ގޭގައި، ކޮންމެ އެނދެއްގެ ކައިރީގައި ގޭސް ފުޅިއެއް ބަހައްޓާފައި ހުރި ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފަ އެވެ.

މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު:

  • އެ ތަނުން 10 މީހެއްގެ މަރުވެފައިވާ ހަށިގަނޑު ވަނީ ހޯދާފައި

  • އެއީ އިންޑިއާގެ ނުވަ މީހަކާއި ބަންގްލަދޭޝް މީހެއް

  • އެންޑީއެމްއޭއިން ބުނާ ގޮތުގައި، އޭގެ އިތުރަށް އެ ތަނުން ނެރުނު ބިދޭސީންގެ އަދަދު 28އަށް އަރާ

ކޮމެންޓް (1)

ބޮގަރު ވެރިމީހާ

10 ނޮވެމްބަރު 2022
ގަރާޖު ފަހަތުބައި ބޮގަރު ކައްކަނީ...ނިދަނީކީ ނޫން...އިތުރު ރުފިޔާ ހޯދަން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް