ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވުމަށް ފަހު އާޓިފިޝަލް ބީޗުގައި ސަޕޯޓަރުންނާ އެކު މިރޭ އުފާފާޅުކުރައްވަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ލައިވް

ރައީސް ސޯލިހު އެމްޑީޕީގެ ރިޔާސީ ޓިކެޓް ބޮޑު ތަފާތަކުން ހޯއްދަވައިފި

ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް ވަނީ ވޯޓުގެ %61.1 ކާމިޔާބުކުރައްވާފައި، ނަޝީދަށް ލިބިވަޑައިގަތީ %38.9
28 ޖެނުއަރީ 2023
 
19:14 Jan 28, 2023

ޕްރައިމަރީގެ ވަގުތީ ނަތީޖާ: ރައީސަށް %61.1، ނަޝީދަށް %38.9

ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ އެމްޑީޕީ އިން އިއުލާންކޮށްފި

ވަގުތީ ނަތީޖާ:

  • ޕާޓީގެ ރައީސް ނަޝީދަށް 15،641 ވޯޓު (%38.9)

  • ރައީސް ސޯލިހަށް 24،566 ވޯޓު (%61.1)

  • ވޯޓު ލީ މީހުންގެ ނިސްބަތް - %71.41

 
18:01 Jan 28, 2023

ރައީސް ސޯލިހު މިރޭ އެމްޑީޕީ ހަރުގެ ކުރިމަތީގައި ސަޕޯޓަރުންނާ ވާހަކަފުޅުދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
ރައީސް ސޯލިހު މިރޭ އެމްޑީޕީ ހަރުގެ ކުރިމަތީގައި ސަޕޯޓަރުންނާ އެކު އުފާފާޅުކުރައްވަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
ރައީސް ސޯލިހުގެ ސަޕޯޓަރުން އާޓިފިޝަލް ބީޗު ކުރިމަތީގައި، އެމްޑީޕީގެ މައި ހަރުގޭގެ ދޮރުމަތީގައި މިރޭ އުފާފާޅުކުރަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
ރައީސް ސޯލިހު މިރޭ އެމްޑީޕީ ހަރުގެ ކުރިމަތީގައި ސަޕޯޓަރުންނާ ވާހަކަފުޅުދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
 
17:39 Jan 28, 2023

ވާދަވެރިކަން ނިމިއްޖެ، އަލުން އެކަތިގަނޑަކަށް ވާންވީ: ރައީސް

ޕްރައިމަރީގެ ނަތީޖާއާ އެކު ވާދަވެރިކަން މިހާރު ނިމިއްޖެ ކަމަށާއި ވާދަވެރިން ވެސް އަލުން އެކަތިގަނޑަކަށް ވެގެން އެމްޑީޕީއަށް ކާމިޔާބު ހޯދައިދޭން މަސައްކަތްކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެންމެ ގޮވާލައްވައިފި.

އާޓިފިޝަލް ބީޗު ކުރިމަތީގައި ހުރި އެމްޑީޕީގެ މައި ހަރުގޭގެ ދޮރުމަތީ ހުންނަވައި، ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ވާދަވެރި އިންތިހާބެއްގައި ކަންކަން ހިނގާނެ ކަމަށް. ނަމަވެސް އެމަނިކުފާނުގެ ހިތްޕުޅުގައި އެކަން މިހާރު ނެތް ކަމަށް ވިދާޅުވި.

"ފެންނަން ބޭނުންނުވާނެ ކަންތައްތައް ފެނިފައި ހުރެދާނެ. ނަމަވެސް އަޅުގަނޑުމެންގެ ހިތަކު އެއިން އެއްވެސް ކަމެއް ނެތް. އަޅުގަނޑު މި ގޮވާލަނީ ހުރިހާ ބޭފުޅުން ނުކުމެވަޑައިގެން އެމްޑީޕީ ކުރިއަށް ގެންދަން މިކުރާ މަސައްކަތުގައި ބައިވެރިވާން."

ރައީސްގެ ވާހަކަފުޅުގައި ވާދަވެރިޔާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަންފުޅެއް ނުގެންނަވައި. ހަމައެކަނި ވިދާޅުވީ ވާދަވެރިންނޭ.

ރައީސް ސޯލިހުގެ ވާހަކަފުޅު
ރައީސް ސަޕޯޓަރުންނާ އެކު އުފާފާޅުކުރެއްވުން
 
16:25 Jan 28, 2023

ރައީސް ސޯލިހު ދެންމެ ވަނީ ކެމްޕެއިންގެ މައި ޖަގަހައަށް ވަޑައިގެން، ސަޕޯޓަރުންނާ ބައްދަލުކުރައްވާފައި. އެ މަނިކުފާނާ އެކު ބޮނޑިބަތް ކެއުން އެމްޑީޕީގެ މައި ހަރުގޭގައި މިރޭ 10 ޖަހާއިރު އެބައޮތް.

 
16:13 Jan 28, 2023

ސ.ހިތަދޫ ދެކުނު ދާއިރާގެ ވޯޓުގެ ނަތީޖާ:

1. ނަޝީދު 276 ވޯޓު

2. ސޯލިހު 396 ވޯޓު

ބާތިލު9 ވޯޓު

 
16:01 Jan 28, 2023

ނަޝީދުގެ ޓީމުގެ ފަރާތުން ބަޔާނެއް ނެރެފި. އެ ބަޔާނުގައި ބުނި ގޮތުގައި، ގިނަ ވޯޓު ފޮށިތަކުން ނަޝީދު ކުރީގައި އުޅުއްވި ނަމަވެސް، ރައީސް ސޯލިހް ކުރި ހޯއްދެވީ އާދަޔާ ހިލާފަށް ވޯޓުލާފައިވާ ވަކި މަދު ފޮށިތަކެއްގެ ސަބަބުންނެވެ.

 
15:28 Jan 28, 2023

ރައީސް ސޯލިހުގެ ސަޕޯޓަރުން އުފާ ފާޅުކުރަނީ. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)
ރައީސް ސޯލިހުގެ ސަޕޯޓަރުން އުފާ ފާޅުކުރަނީ. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)
 
14:46 Jan 28, 2023

 
14:07 Jan 28, 2023

ފުވައްމުލަކު މެދު ދާއިރާ، މާލެ ވޯޓުގެ ނަތީޖާ:

1. ނަޝީދު 54 ވޯޓު

2. ސޯލިހު 108 ވޯޓު

ބާތިލު 03 ވޯޓު

ޖުމްލަ 165 

 
14:02 Jan 28, 2023

އިސްކަންދަރު ސްކޫލުގައި ބަހައްޓާފައި ހުރި ޅ. އަތޮޅުގެ ވޯޓުފޮށިތަކުގެ ކައިރިއަށް ވޯޓު ކަރުދާސްތައް އުކާލައިފި. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
 
13:56 Jan 28, 2023

  • ޅ. އަތޮޅުގެ ވޯޓުފޮށިތަކުގެ ކައިރީގައި ހަމަނުޖެހުން ހިންގުމާ ގުޅިގެން މީހަކު ހައްޔަރުކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
  • ޅ. އަތޮޅުގެ ވޯޓުފޮށިތަކުގެ ކައިރީގައި ހަމަނުޖެހުން ހިންގުމާ ގުޅިގެން މީހަކު ހައްޔަރުކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
  • ޅ. އަތޮޅުގެ ވޯޓުފޮށިތަކުގެ ކައިރީގައި ހަމަނުޖެހުން ހިންގުމާ ގުޅިގެން މީހަކު ހައްޔަރުކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
 
13:54 Jan 28, 2023

ވަގުތީ ނަތީޖާ: ބޮޑު ތަފާތަކުން ރައީސް ސޯލިހު ކުރީގައި

'ދައުރު'އަށް މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި:

  • ޕްރައިމަރީގައި ވޯޓްލީ މީހުންގެ ދެބައިކުޅަ އެއްބައި ވޯޓް، 23،856 ވޯޓް ވަނީ މިހާރު ގުނިފައި 

  • އޭގެ ތެރެއިން ރައީސް ސޯލިހަށް ވަނީ 15،267 ވޯޓް ލިބިވަޑައިގެންފައި، އެއީ %64

  • ވާދަވެރި ކެންޑިޑޭޓް ނަޝީދަށް ލިބިވަޑައިގަތީ 8،482 ވޯޓް، އެއީ %35 

  • އެހެންކަމުން މިހާރު ނުގުނާ ބާކީ ހުރި ވޯޓްތަކަށް ބަލާއިރު ރައީސް ސޯލިހުގެ މައްޗަށް ނަޝީދަށް ކުރި ހޯއްދެވޭނޭ ކަމަކަށް ނުބެލެވޭ 

 
13:54 Jan 28, 2023

އިސްކަންދަރު ސްކޫލުގައި ބަހައްޓާފައި ހުރި ޅ. އަތޮޅުގެ ވޯޓުފޮށިތަކުގެ ކައިރީގައި ހަމަނުޖެހުމެއް ހިންގުމާ ގުޅިގެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި.

 
13:52 Jan 28, 2023

ހދ. މާލޭ ފޮށި 1ގެ ވޯޓުގެ ނަތީޖާ:

1. ނަޝީދު 83 ވޯޓު

2. ސޯލިހު 134 ވޯޓު

ބާތިލު 5 ވޯޓު

 
13:50 Jan 28, 2023

ގއ. މާލޭ ފޮށި1 ވޯޓުގެ ނަތީޖާ:

1. ނަޝީދު 156 ވޯޓު

2. ސޯލިހު 139 ވޯޓު

ބާތިލު 6 ވޯޓު

 
13:46 Jan 28, 2023

މާފުށީ ވޯޓް ފޮށީގެ ނަތީޖާ:

1. ނަޝީދު 82 ވޯޓު

2. ނަޝީދު 166 ވޯޓު

ބާތިލު4 ވޯޓު

 
13:43 Jan 28, 2023

ތ. އަތޮޅު މާލޭ ފޮށީގެ ވޯޓް ފޮށީގެ ނަތީޖާ:

1. ނަޝީދު 118 ވޯޓު

2. ސޯލިހު 157 ވޯޓު

ބާތިލު 10 ވޯޓު

 
13:40 Jan 28, 2023

މައްޗަންގޮޅި މެދު ދާއިރާގެ ނަތީޖާ: 

1. ނަޝީދު 126 ވޯޓު

2. ސޯލިހު 98 ވޯޓު

ބާތިލު ވޯޓު 02 ވޯޓު

ޖުމްލަ 226

 
13:38 Jan 28, 2023

ވިލިނގިލި، މާލޭ ދާއިރާގެ ނަތީޖާ: 

1. ނަޝީދު 156 ވޯޓު

2. ސޯލިހު 139 ވޯޓު

ބާތިލު ވޯޓު 06 ވޯޓު

ޖުމްލަ 301

 
13:37 Jan 28, 2023

ހދ. މާލޭ-1 ނަމްބަރު ވޯޓް ފޮށީގެ ނަތީޖާ: 

1. ނަޝީދު 83 ވޯޓު

2. ސޯލިހު 134 ވޯޓު

ބާތިލު ވޯޓު 05 ވޯޓު

ޖުމްލަ 222

 
13:36 Jan 28, 2023

ހެންވޭރު ދެކުނު ދާއިރާގެ ނަތީޖާ: 

1. ނަޝީދު 180 ވޯޓު

2. ސޯލިހު 222 ވޯޓު

ބާތިލު ވޯޓު 09 ވޯޓު

ޖުމްލަ 411

 
13:33 Jan 28, 2023

ދ. މާނއެބޫދޫ ވޯޓް ފޮށީގެ ނަތީޖާ:

1. ނަޝީދު 40 ވޯޓު

2. ސޯލިހު 61 ވޯޓު

ބާތިލު ވޯޓް ނެތް

 
13:29 Jan 28, 2023

ކޮމަންޑޫ/ފުނަދޫ މާލޭ ވޯޓް ފޮށީގެ ނަތީޖާ: 

1. ނަޝީދު 68 ވޯޓު

2. ސޯލިހު 211 ވޯޓު

ބާތިލު ވޯޓު 01 ވޯޓު

ޖުމްލަ 280

 
13:28 Jan 28, 2023

ހެންވޭރު ހުޅަނގު ދާއިރާގެ ނަތީޖާ: 

1. ނަޝީދު 115 ވޯޓު

2. ސޯލިހު 78 ވޯޓު

ބާތިލު ވޯޓު 01 ވޯޓު

ޖުމްލަ 194

 
13:26 Jan 28, 2023

ހެންވޭރު އުތުރު ދާއިރާގެ ނަތީޖާ: 

1. ނަޝީދު 140 ވޯޓު

2. ސޯލިހު 196 ވޯޓު

ބާތިލު ވޯޓު 1 ވޯޓު

ޖުމްލަ 337

 
13:26 Jan 28, 2023

ކ. ގުރައިދޫ ވޯޓް ފޮށީގެ ނަތީޖާ:

1. ނަޝީދު 60 ވޯޓު

2. ސޯލިހު 150 ވޯޓު

ބާތިލު 3 ވޯޓު

 
13:25 Jan 28, 2023

ހއ. މާލެ 1 ނަމްބަރު ވޯޓް

ހއ. މާލެ 1 ވޯޓް ފޮށީގެ ނަތީޖާ: 

1. ނަޝީދު 135 ވޯޓު

2. ސޯލިހު 155 ވޯޓު

ބާތިލު ވޯޓު 2 ވޯޓު

ޖުމްލަ 292

 
13:24 Jan 28, 2023

ހއ. މާލެ 2 ވޯޓް ފޮށީގެ ނަތީޖާ: 

1. ނަޝީދު 145 ވޯޓު

2. ސޯލިހު 195 ވޯޓު

ބާތިލު ވޯޓު 4 ވޯޓު

ޖުމްލަ 344

 
13:23 Jan 28, 2023

ވިލިމާލޭ ވޯޓް ފޮށީގެ ނަތީޖާ:

1. ނަޝީދު 173 ވޯޓު

2. ސޯލިހު 153 ވޯޓު

ބާތިލު 5 ވޯޓު

 
13:22 Jan 28, 2023

ގދ. މާލެ 3 ނަމްބަރު ވޯޓް ފޮށީ (ގައްދޫޫ ދާއިރާ، މާލެ) ނަތީޖާ: 

1. ނަޝީދު 101 ވޯޓު

2. ސޯލިހު 194 ވޯޓު

ބާތިލު ވޯޓު 2 ވޯޓު

ޖުމްލަ 297

 
13:22 Jan 28, 2023

  • ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
  • ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
  • ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
 
13:20 Jan 28, 2023

ގއ. މާލޭ 3 ނަމްބަރު ވޯޓް ފޮށީގެ ނަތީޖާ: 

1. ނަޝީދު 115 ވޯޓު

2. ސޯލިހު 156 ވޯޓު

ބާތިލު ވޯޓު 7 ވޯޓު

ޖުމްލަ 278

 
13:20 Jan 28, 2023

ށ. މާލެ 1 ވޯޓް ފޮށީގެ ނަތީޖާ: 

1. ނަޝީދު 142 ވޯޓު

2. ސޯލިހު 163 ވޯޓު

ބާތިލު ވޯޓު 6 ވޯޓު

ޖުމްލަ 311

 
13:19 Jan 28, 2023

ސ. ހުޅުދޫ ވޯޓް ފޮށީގެ ނަތީޖާ:

1. ނަޝީދު 128 ވޯޓު

2. ސޯލިހު 97 ވޯޓު

ބާތިލު ވޯޓް 10

 
13:16 Jan 28, 2023

ތ. ތިމަރަފުށީ ވޯޓް ފޮށީގެ ނަތީޖާ:

1. ނަޝީދު 38 ވޯޓު

2. ސޯލިހު 114 ވޯޓު

ބާތިލު ވޯޓު7 ވޯޓު

 
13:14 Jan 28, 2023

ނ. މިލަދޫ ވޯޓް ފޮށީގެ ނަތީޖާ: 

1. ނަޝީދު 21 ވޯޓު

2. ސޯލިހު 136 ވޯޓު

ބާތިލު 1 ވޯޓު

 
13:13 Jan 28, 2023

ށ. މާލެ 1 ވޯޓް ފޮށީގެ ނަތީޖާ: 

1. ނަޝީދު 69 ވޯޓު

2. ސޯލިހު 123 ވޯޓު

ބާތިލު ވޯޓު 2 ވޯޓު

ޖުމްލަ 194

 
13:12 Jan 28, 2023

މާފަންނު ހުޅަނގު ދާއިރާގެ ވޯޓް ފޮށީގެ ނަތީޖާ: 

1. ނަޝީދު 146 ވޯޓު

2. ސޯލިހު 268 ވޯޓު

ބާތިލު ވޯޓު 8 ވޯޓު

ޖުމްލަ 422

 
13:11 Jan 28, 2023

މާފަންނު އުތުރު ދާއިރާގެ ވޯޓް ފޮށީގެ ނަތީޖާ: 

1. ނަޝީދު 110 ވޯޓު

2. ސޯލިހު 53 ވޯޓު

ބާތިލު ވޯޓު 2 ވޯޓު

ޖުމްލަ 165

 
13:10 Jan 28, 2023

އއ. ރަސްދޫ ވޯޓް ފޮށީގެ ނަތީޖާ: 

1. ނަޝީދު 133 ވޯޓު

2. ސޯލިހު 91 ވޯޓު

ބާތިލު 1 ވޯޓު

 
13:08 Jan 28, 2023

މާފަންނު ދެކުނު ދާއިރާގެ ވޯޓް ފޮށީގެ ނަތީޖާ: 

1. ނަޝީދު 107 ވޯޓު

2. ސޯލިހު 150 ވޯޓު

ބާތިލު ވޯޓު 6 ވޯޓު

ޖުމްލަ 263

 
13:07 Jan 28, 2023

ގއ. ކޮނޑޭ ވޯޓް ފޮށީގެ ނަތީޖާ:

1. ނަޝީދު 21 ވޯޓު

2. ސޯލިހު 19 ވޯޓު

ބާތިލު 2 ވޯޓް

 
13:02 Jan 28, 2023

މާލޭ ސިޓީ/ ޅ.މާލެ 2

1. ނަޝީދު 59 ވޯޓު

2. ސޯލިހު 129 ވޯޓު

ބާތިލު ނެތް

 
13:00 Jan 28, 2023

މައްޗަން ގޯޅި އުތުރު ދާއިރާގެ ވޯޓް ފޮށީގެ ނަތީޖާ:

1. ނަޝީދު 124 ވޯޓު

2. ސޯލިހު 112 ވޯޓު

ބާތިލު ވޯޓު 0 ވޯޓު

ޖުމްލަ 236

 
12:58 Jan 28, 2023

ހިރިޔާ ސްކޫލްގައި ވޯޓްލުން ހޫނުވެއްޖެ

މާފަންނު މެދު ދާއިރާގެ ވޯޓް ފޮށި ހުރި ހިރިޔާ ސްކޫލްގައި ވޯޓްގެ ކަންކަން ވަނީ ވަރަށް ބޮޑަށް ހޫނުވެފައި. ޒުވާނު ވަރަށް ބޮޑަށް ހިނގަމުން އެބަދޭ.

 
12:57 Jan 28, 2023

ގަލޮޅު އުތުރު ދާއިރާގެ ވޯޓް ފޮށީގެ ނަތީޖާ:

1. ނަޝީދު 141 ވޯޓު

2. ސޯލިހު 103 ވޯޓު

ބާތިލު ވޯޓު 5 ވޯޓު

 
12:56 Jan 28, 2023

ތ. ގުރައިދޫ/ކިނބިދޫ ދާއިރާ މާލޭ ވޯޓް ފޮށީގެ ނަތީޖާ 

1. މުހައްމަދު ނަޝީދު  - 133

2- އިބްރާހިމް މުހައްމަދު ސޯލިހު - 138

ބާތިލް 08

ޖުމްލަ 279

 
12:54 Jan 28, 2023

މަރަދޫ، ފޭދޫ އައްޑޫގައ ބެހެއްޓި ފޮށީގެ ނަތީޖާ 

1. މުހައްމަދު ނަޝީދު  - 86

2- އިބްރާހިމް މުހައްމަދު ސޯލިހު - 154

ބާތިލް 02

ޖުމްލަ 242

 
12:53 Jan 28, 2023

ލ. 1 މާލޭ ވޯޓް ފޮށީގެ ނަތީޖާ 

1. މުހައްމަދު ނަޝީދު  - 73

2- އިބްރާހިމް މުހައްމަދު ސޯލިހު - 136

ބާތިލް 05

ޖުމްލަ 214

 
12:53 Jan 28, 2023

މާމިގިލީ ވޯޓް ފޮށީގެ ނަތީޖާ:

1. ނަޝީދު 48 ވޯޓު

2. ސޯލިހު 23 ވޯޓު

ބާތިލު ވޯޓު 3 ވޯޓު

 
12:51 Jan 28, 2023

ގަލޮޅު އުތުރު ވޯޓް ފޮށީގެ ނަތީޖާ 

1. މުހައްމަދު ނަޝީދު  - 141

2- އިބްރާހިމް މުހައްމަދު ސޯލިހު - 103

ބާތިލް: 06

ޖުމްލަ: 250

 
12:48 Jan 28, 2023

ލ. 2 މާލޭ ވޯޓް ފޮށީގެ ނަތީޖާ 

1. މުހައްމަދު ނަޝީދު  - 85

2- އިބްރާހިމް މުހައްމަދު ސޯލިހު - 96

ބާތިލް 04

ޖުމްލަ 185

 
12:47 Jan 28, 2023

ހއ. ވަށަވަރު ވޯޓު ފޮށީގެ ނަތީޖާ:

1 . މުހަންމަދު ނަޝީދު4 ވޯޓު

2. އިބްރާހީމް މުހަންމަދު ސޯލިހު8 ވޯޓު

ބާތިލު ވޯޓެއް ނެތް

 
12:46 Jan 28, 2023

ހުޅުމާލޭ ވޯޓް ފޮށީގެ ނަތީޖާ 

1. މުހައްމަދު ނަޝީދު  - 166

2- އިބްރާހިމް މުހައްމަދު ސޯލިހު - 148 

ބާތިލް 1

ޖުމްލަ 315 

 
12:38 Jan 28, 2023

ރަކީދޫ ވޯޓް ފޮށީގެ ނަތީޖާ 

1. މުހައްމަދު ނަޝީދު  - 1

2- އިބްރާހިމް މުހައްމަދު ސޯލިހު - 7 

ޖުމްލަ 8 

 
12:33 Jan 28, 2023

ސީއެޗްއެސްއީގައި ހުރި ހދ. ނޮޅިވަރަމާއި އެ އަތޮޅު ވައިކަރަދޫ ދާއިރާގެ ވޯޓް ފޮށި ފިޔަވާ އެހެން ހުރިހާ ވޯތް ފޮއްޓެއް މިހާރު އަންނަނީ ގުނަމުން. އެ ފޮށީގެ މައްސަލަ އަދިވެސް މުޅިން ހައްލެއް ނުވޭ. މައްސަލަ ޖެހުނި އެ ވޯޓް ފޮއްޓަށް ވޯޓްލުން ކަނޑައެޅި ވަގުތަށް ވުރެ ފަހުން ފެށި ނަމަވެސް ހަވީރު 5 ޖެހުމާ އެކު ވޯޓް ކިޔު ބަންދުކުރުމުން. އެހެން ކަމުން، އެ ދެ ދާއިރާއަށް ވޯޓްލާން ދިޔަ ބައެއް މީހުންނަށް ވޯޓް ނުލެވި ފުރުސަތު ގެއްލުނު މައްސަލަ ވަނީ ހޫނުވެފައި.

 
12:27 Jan 28, 2023

އައްޑޫ ފޭދޫގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް ވޯޓުލާފައިވަނީ 597 މީހުން. ވޯޓުލުން ހައްގުވާ ތިބީ 1162 މީހުން.

 
12:22 Jan 28, 2023

ހުޅުމާލޭ ރެހެންދި ސްކޫލަށް ވޯޓުލީ 309 މީހުން. ވޯޓުލުމަށް ޝަރުތު ހަމަވަނީ އެ ދާއިރާއިން 468 މީހުން. އެއީ ޝަރުތުހަމަވާ މީހުންގެ %66 .

 
12:22 Jan 28, 2023

  • ވޯޓު ގުނަން ތައްޔާރުވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
  • ވޯޓު ގުނަން ތައްޔާރުވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
  • ވޯޓު ގުނަން ތައްޔާރުވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
 
12:22 Jan 28, 2023

ވޯޓްލާން ފުރުސަތު ދިނުމުން ސީއެޗްއެސްއީގެ މައްސަލަ ހައްލުވެއްޖެ

ވޯޓް ފޮށި މާ އަވަހަށް ބަންދުކުރި ކަމުގެ ޝަކުވާ ބޮޑުވި، ސީއެޗްއެސްއީގައި މިވަގުތާ ހަމައަށް އައިސް ތިބި މީހުންނަށް ވޯޓް ދޭން ފުރުސަތު ދޭން ނިންމައިފި. އެއާ އެކު އެތަނުގައި ޖެހުނު މައްސަލަ މިހާރު ވަނީ ހައްލުވެފައި.

އެމްޑީޕީގެ ސެކްރެޓޭރިއަޓުން މިއަދު ބުނި ގޮތުގައި ވޯޓްލުން ފަހުން ފެށުނު ތަންތަން ފިޔަވައި އެހެން ހުރިހާ ތަނެއްގެ ވޯޓް ފޮށިތައް މިހާރު ބަންދުކުރަން އަންގާފައިވާ ކަމަށް.

 
12:20 Jan 28, 2023

ގިނަ ތަންތަނުގައި ވޯޓް ގުނަން ފަށައިފި

މާލޭގެ ބައެއް ވޯޓިން ސެންޓަރުތަކުގައި ވޯޓްލުން ބަންދުކޮށް މިހާރު ވަނީ ވޯޓް ގުނުން ފަށާފައި. 

 
12:15 Jan 28, 2023

ވޯޓް ފޮށިތަކެއް މާ އަވަހަށް ބަންދުކުރި މައްސަލައެއް ހޫނުވެއްޖެ

ހއ. އަދި ހދ. ދާއިރާތަކުގެ ވޯޓް ފޮށިތައް ބަހައްޓާފައިވާ ސީއެޗްއެސްސީގައި ވަނީ މައްސަލަ ހޫނުވެފައި. މައްސަލަ ހޫނުވީ މާ އަވަހަށް ވޯޓްފޮށިތައް ބަންދުކުރި ކަމަށް ބުނެ. އެ ތަނުގައި ތިބި މަންދޫބުންގެ އޮފިޝަލުން ބުނަނީ ވޯޓްލުން ފެށީ ފަށަން އޮތް ވަގުތަށް ވުރެ ލަހުން، ހެނދުނު 9:30ގައި ކަމަށް. އެހެން ނަމަވެސް، ހަވީރު 5 ޖެހުމާ އެކު ވޯޓްލުން ބަންދުކުރުމަކީ އިންސާފެއް ނޫން ކަމަށް ބުނެ އެތަނުގައި ތިބި މީހުން އަންނަނީ ހަޅޭއްލަވަމުން. ފަހެއްގެ ފަހުން އައި ބަހެއް މީހުންނަށް ވަނީ ވޯޓުލުމުގެ ފުރުސަތު ގެއްލިފައި. ނުރުހުން ފާޅުކުރަމުން ދަނީ އެ ގޮތަށް ވޯޓްނުލެވުނު ފަރާތްތައް. 

 
12:13 Jan 28, 2023

މާލޭ، އައްޑޫ ފޮށިތަކަށް ވޯޓްލުން ބަންދުކުރާނީ 6 ޖަހާއިރު

މާލޭގައި ހުރި އައްޑޫ މީހުންގެ ވޯޓް ފޮށިތައް ބަންދުކުރާނީ އިރުއޮއްސި 6 ޖަހާއިރު ކަމަށް އެމްޑީޕީއިން ވަނީ ބުނެފައި. އައްޑޫ މީހުން ވޯޓް ލަނީ އިއްޒުއްދީން ސްކޫލް ހޯލްގައި ބަހައްޓާފައި ހުރި ފޮށިތަކަށް. 

 
12:11 Jan 28, 2023

ރެހެންދި ސްކޫލްގައި ހުރި ވޯޓް ފޮށި ބަންދުކޮށްފި. މިހާރު ގިނަ ތަންތަންތަނުގައި ހުރި ވޯޓް ފޮށިތައް ވަނީ ބަންދުކޮށްފައި. 

 
12:02 Jan 28, 2023

ހުޅުމާލޭގެ ވޯޓުލުން ކުރިއަށް ގެންދިޔަ ރެހެންދި ސްކޫލްގައި ވޯޓްލުމުގެ ކަންކަން ދިޔައީ ވަރަށް އޮމާންކޮށް. އެހެން ނަމަވެސް އެތަނަށް ވެސް ވޯޓްލާން ދިޔަ ބައެއް މީހުންގެ ނަން ލިސްޓްގައި ނެތް މައްސަލަ ކުރިމަތިވެ ޝަކުވާތައް އައި. ފަހެއް ޖެހިއިރު ވޯޓް ކިއު ބަންދުކުރީއިރު ވޯޓްލާން ތިބީ ފަސް މީހަކު. 

ރެހެންދި ސްކޫލްގައި ވޯޓްލުން ކުރިއަށް ދަނީ (ދައުރު ފޮޓޯ)
 
11:51 Jan 28, 2023

ހައްޔަރުކުރި މީހުން ދޫކޮށްލަން ނަޝީދު ގޮވާލައްވައިފި

ވޯޓު ފޮށިތައް ކައިރީގައި ހަމަނުޖެހުން ހިންގުމުގެ ތުހުމަތުގައި މިހާތަނަށް ހައްޔަރުކުރި މީހުން ދޫކޮށްލަން އެއް ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެންމެ ގޮވާލައްވައިފި.

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އަޅުގަނޑުގެ ފަރާތުން ތިބި ކިތައްމެ އޮބްޒާވަރުންނާއި ތާއީދުކުރާ މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފައި،" ކަމަށް.

"އެ މީހުން ވަގުތުން ދޫކޮށްލުމަށް އަދި ވޯޓު ގަޑުބަޑުކުރާ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ގޮވާލަން،" ނަޝީދުގެ ޓްވީޓްގައި ލިއުއްވި.

 
11:44 Jan 28, 2023

ހަމަނުޖެހުމުގެ ހަރަކާތްތައް ނުހިންގަން އިލްތިމާސްކޮށްފި

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓު ފޮށިތައް ފަޅައި ގެއްލުންދިނުމުގެ އެއްވެސް ހަރަކާތެއް ނުހިންގަން، ދެ ކެންޑިޑޭޓުންގެ ޓީމުތަކަށާއި ޕާޓީގެ މެމްބަރުންނަށް އެ ޕާޓީން އިލްތިމާސްކޮށްފި. އަދި އެފަދަ ހަމަނުޖެހުންތައް ހިންގާ މެންބަރުންނާ މެދު ޕާޓީއިން ފިޔަވަޅު އަޅާނޭ ކަމަށް ވެސް އިލްތިމާސްކުރި. 

އެމްޑީޕީގެ މި އިލްތިމާސް މި އައީ، ބައެއް ރަށްރަށުގެ ވޯޓު ފޮށިތައް ފަޅައި، ވޯޓު ކަރުދާސްތައް އިރާލުމުގެ ބައެއް އަމަލްތައް ހިންގާފައި ވަނިކޮށް.

 
11:34 Jan 28, 2023

މިހާތަނަށް 30،000އަށް ވުރެ ގިނަ މީހުން ވޯޓުލައިފި: އެމްޑީޕީ

ބައެއް ރަށްރަށުގެ ވޯޓު ފޮށި ފަޅާލައި، ވޯޓު ކަރުދާސްތައް އިރާލުން ފަދަ ހަމަނުޖެހުން ހިނގަމުން ދިޔަ ނަމަވެސް އެމްޑީޕީގެ ޕްރައިމަރީގައި މިހާތަނަށް 30،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް އެ ޕާޓީން ބުނޭ.

އެމްޑީޕީގެ އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވީ ވޯޓު ދިނުމުގެ ހައްގު ލިބެގެންވާ މީހުންގެ ތެރެއިން ހަވީރު 4:00އަށް %52 މީޙުން ވޯޓުލާފައިވާ ކަމަށް. އެހެންކަމުން އެ އަދަދު 30،000އަށް ވުރެ ގިނަވާނެ.

އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެން ވަނީ 57،255 މެމްބަރުންނަށް.

ރާއްޖޭގައި ޥޯޓު ލުމުގެ ސަގާފަތަށް ބަލާ ނަމަ، ހަވީރުކޮޅު ގިނަ މީހުން ވޯޓު ފޮށިތައް ކައިރިއަށް ޖަމާވޭ.

 
10:47 Jan 28, 2023

ހަމަނުޖެހުން އުފެދި ތ. މަޑިފުށީގެ ވޯޓު ފޮއްޓެއްވެސް ފަޅާލައިފި.

މަޑިފުށީ ކައުންސިލްގެ އެމްޑީޕީ މެމްބަރު އައިޝަތު ނަސީރާ މިއަދު 'ދައުރު' އަށް ވިދާޅުވީ، އެ ރަށުގައި ހަމަނުޖެހުން އުފެދުނީ، ވޯޓު ލާން ދިޔަ ގިނަ ބައެއްގެ ނަން ވޯޓާސް ލިސްޓުގައި ނެތުމުން ކަމަށް. 

"ވަރަށް ގިނަ ބައެއްގެ ނަން ލިސްޓުގައި ނެތީމަ، ވަރަށް ގިނަ މީހުން ޝަކުވާކުރި. އެ މައްސަލައިގައި ވޯޓު ފޮށި ފަޅާލީ."

 
09:57 Jan 28, 2023

ގދ. ތިނަދޫގައި ހުރި ތިނަދޫ ދެކުނު ދާއިރާގެ ވޯޓުފޮއްޓަށް ލީ ކަރުދާސްކޮޅެއްގެ ފޮޓޯ ނެގި ކަމަށް ބުނެ، އެ ވޯޓުފޮށި ފަޅާލައިފި.

 
09:20 Jan 28, 2023

މާފަންނު ދެކުނު ދާއިރާގެ ވޯޓުލުން އަލުން ފަށައިގެން ކުރިއަށްދަނީ. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)
 
09:19 Jan 28, 2023

މާފަންނު ދެކުނު ދައިރާގެ ވޯޓުލުން އަލުން ފަށައިފި

މައްސަލަ ހައްލުކޮށް މާފަންނު ދެކުނު ދައިރާގެ ވޯޓުލުން އަލުން ފަށައިފި. މިހާރު  މި ވޯޓު ފޮށީގައި އޮފިޝަލުންގެ ގޮތުގައި ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން މީހަކު ވަނީ ހިމަނާފައި.

 
09:00 Jan 28, 2023

ހިރިޔާ ސްކޫލުގައި ހުރި ވޯޓުފޮށި ބަންދުކޮށްފި. އެ ތަނުގައި ހުންނެވި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ވޯޓުލުން އަލުން ފެށޭނީ އެ މައްސަލަ ހައްލުކުރެވިގެން ކަމަށް.

 
08:53 Jan 28, 2023

 
08:53 Jan 28, 2023

ހިރިޔާ ސްކޫލުގައި ހަމަނުޖެހުން ހިނގަނީ.
 
08:40 Jan 28, 2023

ހިރިޔާ ސްކޫލްގައި ބަހައްޓާފައިވާ މަފަންނު ދެކުނު ދާއިރާގެ ފޮއްޓަށް ވޯޓުލުން މެދުކެނޑިއްޖެ. މައްސަލަ ހޫނުވީ، ލިސްޓުގައި ނަން ނެތް މީހަކު ވޯޓު ލައިގެން.

 
08:25 Jan 28, 2023

ގައްދޫގައި ހަމަނުޖެހުން ހިންގުން
 
08:16 Jan 28, 2023

ގައްދޫ ސްކޫލުގައި ހަމަނުޖެހުން ހިންގުން.
 
08:13 Jan 28, 2023

ގައްދޫ ސްކޫލްގައި ހުރި ފޮއްޓަށް ވޯޓުލުން މެދުކެނޑިއްޖެ

ގދ. ގައްދޫ ސްކޫލްގައި ގާއިމްކޮށްފައިވާ ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން ހިންގައި ވޯޓުލުން މެދުކެނޑިއްޖެ. މައްސަލަ ހޫނުވީ، ވޯޓުލުމަށް ވޯޓިން ބޫތަށް ދާ މީހުންގެ އަތަށް ބޮޑީ ކެމެރާއެއް ދޭ ކަމަށް ބުނަން ފެށުމުން.

"ބޮޑީ ކެމެރާ ހަރުކޮށްގެން ވޯޓު އެޅުމުގެ ސަބަބުން ގައްދޫ ވޯޓުލުން ހުއްޓިއްޖެ،" މި ޕްރައިމަރީގައި ވާދަކުރައްވާ ނަޝީދުގެ ޓީމުގައި ހިމެނިވަޑައިގެންވާ ގައްދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ޒާހިރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި.

އޭނާ އާންމުކުރެއްވި ވީޑިއޯއަކުން ފެންނަ ގޮތުގައި، ވޯޓު ފޮށީގައި ހުރި ވޯޓު ކަރުދާސްތައް ބިންމައްޗަށް އަޅާލައި ކަރުދާސް ވީދާލާ މަންޒަރު ފެނޭ.

 
07:47 Jan 28, 2023

ތާޖުއްދީން ސުކޫލްގައި ބަހައްޓާފައި ހުރި ގއ. ވިލިނގިލީ ފޮށީގެ މައްސަލަ ބޮޑުވީ ލިސްޓުގައި ނަން ނެތް މީހަކު ވޯޓުލައިގެން. ވޯޓުލުން މެދުކެނޑުމަށް ފަހު މިހާރު ވަނީ އަލުން ވޯޓުލާން ފަށާފައި.

މައްސަލަ ހޫނުވީ، ދަރިފުޅުގެ ނަމުގައި އޭނާގެ ބައްޕަ ވޯޓުލުމުން. މި މައްސަލަ ޖެއްސީ ޕްރައިމަރީގައި ވާދަކުރައްވާ ނަޝީދުގެ ކެމްޕެއިން ޓީމުގެ ފަރާތުން. ދެ ފަރާތުން ވާހަކަދެއްކުމަށް ފަހު، އެއްބަސްވީ ވޯޓު ގުނާއިރު ރައީސް ސޯލިހަށް އެއް ވޯޓު މަދުކުރުމަށް.

މިކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ރަސްމީ ބަހެއް އަދި ނުލިބޭ.

 
07:29 Jan 28, 2023

ތާޖުއްދީން ސްކޫލުގައި ޖެހުނު މައްސަލަ ހައްލުކޮށް، އަލުން ވޯޓުލާން ފަށައިފި.

 
07:11 Jan 28, 2023

ތާޖުއްދީން ސްކޫލުގައި ވޯޓާސް ލިސްޓުގައި ނެތް މީހަކު ވޯޓުލާފައިވާ ކަމަށް ބުނެ، އެ ތަނުގައި ތިބި މީހުން ޝަކުވާކުރަން ފަށައިފި. އެ ތަނުގައި އިންތިހާބު ކޮމިޓީގެ މެމްބަރުންނާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް އެބަ ތިއްބެވި.

 
06:31 Jan 28, 2023

 
06:08 Jan 28, 2023

ނަޝީދު ވޯޓުލައްވަނީ.
 
06:07 Jan 28, 2023

ނަޝީދު ވެސް ވޯޓުލައްވައިފި. އެ މަނިކުފާނު ވޯޓުލެއްވީ ޖަމާލުއްދީން ސްކޫލުގައި ހުރި ފޮއްޓަަށް.

 
05:51 Jan 28, 2023

ރައީސް ސޯލިހް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލައްވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
 
05:46 Jan 28, 2023

ވޯޓުލެއްވުމަށް ފަހު ރައީސް ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި މީގެ ކުރިން ވެސް އޮޅުވާލުމާއި މަކަރު ހެދުން ނޯންނަ ކަމަށާއި މި އިންތިހާބުގައި ވެސް އެފަދަ ކަމެއް ނުހިނގާނެ ކަމަށް. އެ މަނިކުފާނު ވިދާޅުވީ މި އިންތިހާބަށް ފަހު އެމްޑީޕީން އެކަތިގަނޑެއްގެ ގޮތުގައި ރިޔާސީ އިންތިހާބަށް ވާދަކުރާނެ ކަމަށް.

 
05:45 Jan 28, 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވޯޓުލައްވައިފި.

 
05:42 Jan 28, 2023

މާލޭގައި ހުރި އައްޑޫ ހުޅުދޫ ފޮއްޓަށް ވޯޓުލާން ތައްޔާރުވަނީ.
 
05:32 Jan 28, 2023

އައްޑޫ މަރަދޫގައި ވޯޓުލުން ކުރިއަށްދަނީ. (ދައުރު ފޮޓޯ/އަމަން ހަލީމް)
 
05:30 Jan 28, 2023

އައްޑޫގެ ރަށްރަށުގައި ބަހައްޓާފައި ހުރި ހުރިހާ ވޯޓު ފޮށިތަކަކަށް ވެސް ވޯޓުލުން ފަށައިގެން ކުރިއަށް އެބަދޭ.

 
05:24 Jan 28, 2023

އައްޑޫގެ ދާއިރާތަކުގެ ވޯޓުލުން ކުރިއަށްގެންދާ އިއްޒުއްދީން ސްކޫލުގައި ވޯޓުލުން ފަށަން ތައްޔާރުވަމުން އެބަދޭ. އެ ތަނުގައި ހަތް ފޮށި ބަހައްޓަން ކަނޑައަޅާފައި ވިޔަސް، މި ވަގުތު ހުރީ ހަތަރު ފޮށި. މިހާރު ނިންމާފައި ވަނީ ވަކިވަކިން ކިއޫ ހަދައިގެން ވޯޓުލުން ކުރިއަށް ގެންދަން.

 
05:20 Jan 28, 2023

ނަޝީދު ވޯޓު ލައްވާނީ ޖަމާލުއްދީން ސްކޫލުގައި ހުރި ފޮއްޓަށް. އެ މަނިކުފާނު އެ ތަނަށް ވަޑައިގަންނަވާނީ 11 ޖަހާއިރު.

 
05:19 Jan 28, 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވޯޓުލައްވަން ވަޑައިގަންނަވަނީ އިސްކަންދަރު ސްކޫލަށް. އެ މަނިކުފާނު ކުޑަ އިރުކޮޅެއްގެ ތެރޭގައި އެ ތަނަށް ވަޑައިގަންނަވާނެ.

 
05:18 Jan 28, 2023

އިސްކަންދަރު ސްކޫލުގައި ހުރި ދުވާފަރު/އަލިފުށީ ފޮށީގެ މައްސަލަ އަދިވެސް ހައްލެއް ނުވޭ. އެ ސަރަހައްދުގައި އަދިވެސް ހަމަނުޖެހުން ބޮޑު.

 
04:53 Jan 28, 2023

  • ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވޯޓުލާ މަރުކަޒުގައި. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)
  • ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވޯޓުލާ މަރުކަޒުގައި. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)
  • ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވޯޓުލާ މަރުކަޒުގައި. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)
 
04:47 Jan 28, 2023

ދުވާފަރު-އަލިފުށީ ދާއިރާގެ ވޯޓު ފޮއްޓަށް ވޯޓުލުމުގައި ހިޔާލު ތަފާތުވުން އުފެދުންް. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
ދުވާފަރު-އަލިފުށީ ދާއިރާގެ ވޯޓު ފޮއްޓަށް ވޯޓުލުމުގައި ހިޔާލު ތަފާތުވުން އުފެދުންް. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
 
04:46 Jan 28, 2023

ތާޖުއްދީން ސްކޫލުގައި ހުރި ތިނަދޫ ދާއިރާގެ ވޯޓު ފޮށީގައި ވެސް ވަނީ މައްސަލަ ޖެހިފައި. އެ ތަނުގައި ވެސް ޖެހުނު މައްސަލަ އަކީ އެކި ދާއިރާތަކުގެ ވޯޓު އެއް ފޮއްޓަކަށް ލާން ހަމަޖައްސާފައިވުން.

 
04:36 Jan 28, 2023

އައްޑޫގެ ފޮށިތައް ހުރި އިއްޒުއްދީން ސްކޫލު. (ދައުރު ފޮޓޯ/އަހުމަދު މިޒްޔާލް)
 
04:35 Jan 28, 2023

އައްޑޫގެ ދާއިރާތަކުގެ ވޯޓު ފޮށިތައް ބަހައްޓާފައި ހުރި އިއްޒުއްދީން ސްކޫލުގައި އަދި ވޯޓުލުން ނުފެށޭ. އެ ތަނުގައި ވެސް ދެ ދާއިރާއެއް ވޯޓު އެއް ފޮއްޓަކަށް ލާން ޖެހުމުން އެ ތަނުގައި ތިބި މީހުން ދަނީ ޝަކުވާކުރަމުން. ޖުމްލަ ހަތް ފޮށި ބަހައްޓަން ކަނޑައަޅާފައި ވިޔަސް، އެ ތަނުގައި ހުރީ ހަތަރު ފޮށި.

 
04:30 Jan 28, 2023

ސީއެޗްއެސްސީގައި ބަހަައްޓާފައި ހުރި ވޯޓު ފޮށިތަކަށް ވެސް ވޯޓުލުން އަދި ނުފެށޭ.

 
04:29 Jan 28, 2023

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
 
04:20 Jan 28, 2023

އިސްކަންދަރު ސްކޫލުގައި ހުރި ދުވާފަރު/އަލިފުށި ފޮއްޓަށް ވޯޓުލުން އަދި ނުފެށޭ. ދެ ދާއިރާގެ ވޯޓު އެއް ފޮއްޓަކަށް ލާން ހަމަޖައްސާފައިވާތީ އެ ތަނުގައި ތިބި މީހުން ދަނީ ޝަކުވާ ކުރަމުން.

 
04:15 Jan 28, 2023

އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލުން ފެށުމަށް ތައްޔާރުވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލުން ފެށުމަށް ތައްޔާރުވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
 
04:11 Jan 28, 2023

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން 9 ޖަހާއިރު ފަށަން ނިންމާފައި އޮތް ނަމަވެސް، ގިނަ މަރުކަޒުތަކުގައި އަދި ވޯޓުލުން ނުފަށާ.

 
04:05 Jan 28, 2023

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ގިނަ މަރުކަޒުގައި މިހާރު އަންނަނީ ކުރަމުން.

ފޯރިގަދަ ކެމްޕެއިނަށް ފަހު މިއަދު އޮތީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތާރީހުގައި މިހާތަނަށް ބާއްވާ އެންމެ ވާދަވެރި އެތެރޭގެ އިންތިހާބެވެ. އަދި މިއީ ރިޔާސީ ޓިކެޓެއް ހޯއްދަވަން ވެރިކަމުގައި ހުންނެވި ރައީސަކު ޕްރައިމަރީއެއްގައި ވާދަކުރައްވާ ފުރަތަމަ ފަހަރެވެ. މިހާރުގެ ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ބޭއްވި ތިން ރިޔާސީ އިންތިހާބުގައި ވެސް، ވެރިކަމުގައި އޮތް ޕާޓީން ވަނީ، ރައީސްކަމުގައި ހުންނެވި ބޭފުޅާއަށް އިންތިހާބަކާ ނުލައި ޓިކެޓު ހަދިޔާކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް