އަހްމަދު ނިމާދު (އަންދު)ގެ އާޓް ކްލާހެއް ކުރިއަށްދަނީ

އާޓް

އަންދުގެ އާޓް ކްލާސްތަކުން 30 ދުވަހުގެ ތެރޭގައި ކުރަހަން ދަސްކޮށްދޭނެ

މި އާޓް ކްލާސްތަކުގައި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ބައިވެރިވެވޭނެ
30 މާރިޗު 2022

އަހްމަދު ނިމާދު (އަންދު) އަކީ ރާއްޖޭގެ އާޓް ދާއިރާއަށް އާ ނަމެއް ނޫނެވެ. ކުރެހުމުގެ މައުރަޒުތަކުގައި އޭނާގެ މަސައްކަތް ދައްކާލުމުގެ އިތުރުން އެކި ފަހަރު މަތިން އަންދު ވަނީ ކުރެހުމާއި ކްރާފްޓް ދަސްކޮށްދޭ ކްލާސްތައް ހިންގައިފަ އެވެ. މިފަހަރު އަންދު ވަނީ އަންނަ ރޯދަ މަހަށް ހާއްސަ އާޓް ކްލާސްތަކެއް ރާވައިފަ އެވެ. 

އަންނަ ހޮނިހިރު ދުވަހު ފަށާ މި ކްލާސްތައް ބަހާލާފައިވަނީ ދެ ބަޔަކަށެވެ. އެއީ:

  • 12 އަހަރުން ދަށުގެ ކުޑަ ކުދިންނަށް ވަކި ކްލާސްތަކެއް 

  • 13 އަހަރުން މަތީގެ ކުދިންނަށާއި ބޮޑެތި މީހުންނަށް ވަކި ކްލާސްތަކެއް

ކުރެހުމުގެ އަސާސީ އޮނިގަނޑު އަނެއްކާވެސް އާކޮށްލަން ބޭނުން ނަމަ ނުވަތަ އެމީހެއްގެ ހުނަރު ފުޅާ ކޮށްލަން ބޭނުން ނަމަ އަންދުގެ 'ލާން ހައު ޓު ޑްރޯ އިން 30 ޑޭޒް' ކޯހުގައި ބައިވެރިވެވިދާނެ އެވެ.

ބިއްލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ ގްރައުންޑް ފްލޯގެ ކްލާހެއްގައި ކުރިއަށް ގެންދާ މި ކްލާސްތަކުގައި ބޭނުންކުރަން ޖެހޭ ހުރިހާ މެޓީރިއަލެއް އަންދު ފޯރުކޮށްދޭނެ އެވެ.

އަންދު ބުނިގޮތުގައި 12 އަހަރުން ދަށުގެ ކުޑަކުދިންނަށް ހިންގާނީ ކުރެހުމާއި ކުލަޖެއްސުމުގެ ކްލާސްތަކެކެވެ. އެ އުމުރުފުރާގެ ކުދިން ޝައުގުވެރިވާނެ ކަހަލަ ފިލާވަޅުތަކެއް އޭގައި ހިމެނޭނެ ކަމަށް އޭނާ ބުންޏެވެ.

ބާރަ އަހަރުން ދަށުގެ ކްލާސްތައް:

  • ފިލާވަޅުތައް ރާވާފައިވަނީ އާޓްގެ މައިގަނޑު އޮނިގަނޑު ފަސޭހަކަމާ އެކު ދަސްވާނެ ގޮތަށް

  • ހަފްތާގެ ދެ ދުވަހަކު ކްލާސްތައް ކުރިއަށް ގެންދާނެ. އެ މީހަކު ބޭނުން ދެ ދުވަހަކަށް ވެސް ހަމަޖެއްސިދާނެ

  •  ކްލާސްތައް ކުރިއަށްދާނީ 2:45 އިން 5:15 އަށް

  • ފީއަކީ 500 ރުފިޔާ

ތޭރަ އަހަރުން މަތީގެ ކްލާސްތައް:

  •  މި ކްލާސްތަކުން އާޓްގެ ބޭސިކް ޕްރިންސިޕަލްސް އާއި އެލެމެންޓްސް އޮފް ޑިޒައިން އުނގެނުމުގެ އިތުރުން އެ މީހެއްގެ ފަންނުވެރި ހުނަރު ފުޅާ ކޮށްލުމުގެ ފުރުސަތު ލިބޭނެ 

  • މި ބައިގެ ކްލާސްތައް ހަފްތާއަކު ތިން ދުވަހު ކުރިއަށްގެންދާނެ

  • ކްލާސްތައް ކުރިއަށްދާނީ ރޭގަނޑު 8:30 އިން 11 އަށް

  • ފީއަކީ 2،500 ރުފިޔާ  

އަންދު ބުނިގޮތުގައި މި ކޯސް އޭނާ ރާވާފައި ވަނީ 10 އަހަރުގެ ދިގު މުއްދަތެއްގެ އާޓް އަދި ޑިޒައިން ކިޔަވައިދިނުމުގެ ތަޖުރިބާއާ އެކު އެވެ. މި ކޯހުގެ ސަބަބުން އެމީހެއްގެ ކުރެހުމުގެ ހުނަރު އިތުރަށް ފުޅާވެ އަދި އެހެން ފަންނުވެރި ދާއިރާއަކުން ކުރިއަށް ދާން ބޭނުން ނަމަ އެ ދާއިރާއަކަށް އެޅޭ ފުރިހަމަ ބިންގަލަކަށް ވާނެ ކަމަށް އަންދު ބުންޏެވެ.

ކޮންމެ ކްލާހެއްގައި ވެސް ހިމެނެނީ މަދު ޖާގަތަކަކަށް ވުމުން އަވަހަށް ބުކްކުރަން އަންދު އެދެ އެވެ. ގުޅާނީ 7398999 އަދި ވައިބާއިން ނަމަ 7677139 އަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް