Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

މަޖިލީހުގެ ޖަލްސާއެއްގައި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވާހަކަ ދައްކަވަނީ. (ފައިލް ފޮޓޯ/ މަޖިލިސް)

މާލޭ މީހުންނަށް ހިލޭ ގޯތި ދިނުމަކީ ބޭއިންސާފެއް ކަމަށް ބުނެ މަޖިލީހަށް ހުށަހަޅައިިފި

އާބާދީގެ 5،000 އާއިލާއަށް 48 ބިލިއަން ރުފިޔާގެ އަގު ހުރި ބިން އެއްވެސް އަގަކާ ނުލާ ދިނުމަކީ ބޮޑު ބޭއިންސާފެއް ކަމަށް އޭނާ ވިދާޅުވި

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް، ސަރުކާރުން މިފަހުން އިއުލާނުކޮށްފައިވާ ގޮތަށް މާލެ ސަރަހައްދުން ހިލޭ ގޯތި ދޫކުރުމަކީ އެންމެ ރަނގަޅު އަދި އެންމެ އިންސާފުވެރި ގޮތެއް ނޫން ކަމަށް ވިދާޅުވެ، އެކަން ބަލައިދިނުމަށް އެދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ރައްޔިތުންގެ މަޖިލީހަށް މިއަދު ސިޓީއެއް ހުށަހަޅުއްވައިފި އެވެ.

ވީ ކިހިނެއް؟ - މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް، މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހިންގާ 'ބިންވެރިޔާ ސްކީމް'ގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމަށާއި މާލެ ސަރަހައްދުން ފުލެޓު ދޫކުރުމަށް ހިންގާ 'ގެދޮރުވެރިޔާ ސްކީމް'ގެ ދަށުން ފުލެޓަށް އެދި ހުށަހެޅުމަށް މިދިޔަ މަހުގެ 26ގައި ވަނީ ހުޅުވާލާފަ އެވެ. މި ސްކީމްގެ ދަށުން:

  • ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ އާއި ގުޅީފަޅުން

  •  ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ، 3,750,000 އަކަފޫޓު

  • ދޫކުރާ ގޯތީގެ އަދަދު ކަނޑައެޅޭނީ، ގޯތި ލިބުމަށް ހޮވޭ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުމުން

  • އެޕްލިކޭޝަނަކަށް ލިބޭނެ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1,250 އަކަފޫޓު

  • އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ އެޕްލިކޭޝަން އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު، ގޯތީގެ ބޮޑުމިނަށް އިތުރު ކުރެވޭނެ

  • ހަތް މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރި ވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ ޖުމުލަ 4,000 އަކަފޫޓު

  • ގޯތި ދޫކުރާނީ ހިލޭ

ހުޅުމާލޭ ދެ ވަނަ ފޭސް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ތަފްސީލް - ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯތި ހިލޭ ދޫކުރުމަކީ ބޭއިންސާފެއް ކަމަށް ވިދާޅުވެ ސިރާޖު ފޮނުއްވި ސިޓީގައި އޭނާ ވިދާޅުވީ މާލެ ރައްޔިތުންނަށް ގޯތި ދިނުމަކީ މި ސަރުކާރުގެ ވައުދެއް ނަމަވެސް، ގައުމުގެ ހާލަތާއި އެކަމުގެ ސަބަބުން ގައުމަށް ކުރާނެ ގެއްލުމާއި އެފަދަ ކަމެއް ކުރާއިރު އެކަމުގެ އިންސާފުވެރިކަމަށް ބަލަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެ ސިޓީގައި އޭނާ ފާހަގަކުރެއްވި ކަންކަމަކީ:

  • މިހާތަނަށް ހިންގި އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށްވާ ހިޔާ ފްލެޓު މަޝްރޫއުގެ ދަށުން މާލޭ ރަށްވެހިންގެ ތެރެއިން އެންމެ ބޮޑަށް ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް ވެސް ފްލެޓު ދޫކުރީ ފައިސާ ދައްކާ ގޮތަށް

  • މާލޭ ރައްޔިތުންނަށް ހާސްކޮށްގެން ހުޅުމާލޭ ދެ ވަނަ ފިޔަވަހިން 60 ގޯތި ބީލަމުގެ އުސޫލުން ވިއްކުމަށް އެޗްޑީސީން މިދިޔަ އަހަރު ކުރި އިއުލާނަށް ގިނަ ބައެއްގެ ތަރުހީބު ލިބުނު؛ މިހާރު ދޫކުރަން ނިންމާފައިވާ ގޯތިތައް ގަންނާނެ ފަރާތްތައް ލިބޭނެ

  • އޭރު ވިއްކި ގޯތިތަކުގެ އަގުތައް ހުރީ އަކަފޫޓަކަށް 7000ރ. އިން މަތީގައި، އެކަމަކު ދޭދޭ ފަރުދުންގެ މެދުގައި މަދަނީ މުއާމަލާތެއްގެ ގޮތުގައި މާލެ އާއި ހުޅުމާލެއިން ބިން ވިއްކަނީ އަކަފޫޓަކަށް 10،000ރ.އަށް ވުރެ ބޮޑުކޮށް

މިއީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަަށް ޖެހިފައިވާ، ފައިސާ ދައްކާ ގޮތަށް ހިޔާ ފްލެޓު ލިބިފައިވާ ފަރާތްތަކަށް ކުރެވޭ މަލާމާތަކަށް ނޫނީ ނުވާނެ ކަމުގައި އަޅުގަނޑު ދެކެމެވެ. އަދި މިހާ އަގު ހުރި ބިން އެންމެ 5،000 އާއިލާގެ މެދުގައި ބެހޭއިރު އިންސާފުން ބެހޭނެ ކަމުގައި އަޅުގަނޑު ނުދެކެމެވެ.

ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު

މިހާރު ދޫކުރަން ހުޅުވާލާފައިވާ ގޯތިތަކުގެ އަގަކީ، ސިރާޖު އަންދާޒާކުރެއްވި ގޮތުގައި:

  • މާލެ ސަރަހައްދުން 5،000 ގޯތި ދޫކުރާއިރު، އެއީ އަކަފޫޓުން ނަމަ މަދުވެގެން 6 މިލިއަން އަކަފޫޓު

  • އަކަފޫޓެއްގެ އަގަކީ 8000ރ.ގެ މަގުން ބެލި ނަމަވެސް އެއީ 48 ބިލިއަން ރުފިޔާގެ އަގު ހުރި ބިން

  • 48 ބިލިއަން ރުފިޔާއަކީ ދައުލަތުގެ މަދުވެގެން ދެ އަހަރު ދުވަހުގެ އާމްދަނީ

ބުނީ ކީކޭ؟ - ސިރާޖު ވިދާޅުވީ ދައުލަތުގެ ދަރަނި 100 ބިލިއަނަށް އަރައި ދަރަނި ނުދެއްކިދާނެ ކަމުގެ ބަހުސް ކުރެވެމުންދާ މި ދަނޑިވަޅުގައި އާބާދީގެ 5،000 އާއިލާއަށް 48 ބިލިއަން ރުފިޔާގެ އަގު ހުރި ބިން އެއްވެސް އަގަކާ ނުލާ ދިނުމަކީ ބޮޑު ބޭއިންސާފެއް ކަމަށެވެ.

"މިއީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަަށް ޖެހިފައިވާ، ފައިސާ ދައްކާ ގޮތަށް ހިޔާ ފްލެޓު ލިބިފައިވާ ފަރާތްތަކަށް ކުރެވޭ މަލާމާތަކަށް ނޫނީ ނުވާނެ ކަމުގައި އަޅުގަނޑު ދެކެމެވެ. އަދި މިހާ އަގު ހުރި ބިން އެންމެ 5،000 އާއިލާގެ މެދުގައި ބެހޭއިރު އިންސާފުން ބެހޭނެ ކަމުގައި އަޅުގަނޑު ނުދެކެމެވެ،" ސިރާޖު ފޮނުއްވި ސިޓީގައިވެ އެވެ.

"މާލޭގެ ރައްޔިތުންނާއި މުޅި ރާއްޖޭގެ އެންމެހާ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދޭން ޖެހޭނެ ކަމުގައި އަޅުގަނޑު ދެކޭ ހާލު، އާބާދީގެ އެންމެ 5،000 އާއިލާއަށް 48 ބިލިއަން ރުފިޔާގެ ބިން އިންސާފުވެރިކަމާ އެކު ބެހޭނެ ކަމަށް ނުދެކޭތީ އާއި މި ބިންތައް ބީލަމަށް ލައިގެން ވިއްކައިފި ނަމަ، ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިދާނެ ކަމަށް އަންދާޒާ ކުރެވޭ ފައިސާގެ އަދަދަކީ ކޮބައިތޯ ބަލައިދެއްވުން އެދެމެވެ."

އިތުރު އާޓިކަލް

އިތުރު އާޓިކަލް