ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް. (ފޮޓޯ/ މަޖިލިސް)
ޑްރަގު ގެންނަ ބިދޭސީން ފޮނުވާލެވޭ ގަވާއިދު ބަދަލުކުރަން ގޮވާލައި ކުއްލި މައްސަލައެއް
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީން، އެ މީހުންގެ ގައުމަށް އަނބުރާ ފޮނުވާލެވޭ ގޮތަށް އޮތް ގަވާއިދު އިސްލާހުކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. ހަސަން މި މައްސަލަ ހުށަހެޅުއްވީ، މި މަހުގެ 6 ގައި ގަތަރުގެ ދޯހާ މަގުން ރާއްޖެ އައި މީހެއްގެ ލަގެޖުން 6.5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަތުމަށް ފަހު، އެ ގެނައި މީހާ ރާއްޖެ އެތެރެވިޔަނުދީ އަނބުރާ ފޮނުވާލި މައްސަލައާ ގުޅިގެންނެވެ.
-
އެ މީހާ ރާއްޖެއިން ފުރުވާލީ 'ވައިގެ މަގުން ދިވެހިރާއްޖެ އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތްތަކާ މެދު އަމަލުކުރާނެ ގޮތުގެ ގަވައިދު'ގެ ދަށުން
-
އެއީ މިދިޔަ މަހުގެ 26ގައި ޝާއިއުކުރި ގަވާއިދެއް
ބުނީ ކީކޭ؟ - އެ ކުއްލި މައްސަލައިގައިި ހަސަން ފާހަގަކުރެއްވީ:
-
މަސްތުވާތަކެތި ޓްރެފިކްކޮށް އޭގެ ވިޔަފާރި ކުރާ ފަރާތްތައް ހޯދައި އެ ފަރާތްތަކަށް އަދަބު ދެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، އެ ސިޔާސަތު ތަންފީޒު ކުރުމަކީ އެމްޑީޕީގެ ސިޔާސަތެއް
-
ސަރުކާރުން ވަނީ އެމްޑީޕީގެ އެ ސިޔާސަތާ އިދިކޮޅަށް، މަސްތުވާތަކެތި ޓްރެފިކްކުރާ ބިދޭސީންނަށް ފަސޭހަކަމާ އެކު، ބިރެއް ނެތި އެ ވިޔަފާރިކުރެވޭނެ ގޮތަށް އަދި އެ ވިޔަފާރިއަށް ހިތްވަރު ލިބޭ ގޮތަށް ގަވާއިދު އެކުލަވާލާފައި
-
ގަވާއިދު އޮތް ގޮތުން ރާއްޖެއަށް ފަސޭހަކަމާ އެކު މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ފުރުސަތު އޮވޭ
-
އެކަމުގެ ސަބަބުން، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑެތި ނެޓްވޯކްތަކުން ރާއްޖެއަކީ އެ ވިޔަފާރީގެ މަންޒިލަކަށް ހަދައި ދައުލަތާއި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ވައްޓާލުމުގެ ފުރުސަތު ހުޅުވާލެވޭ
-
އެގޮތަށް ގަވާއިދުގައި އޮތަސް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި އޮންނަނީ މަސްތުވާތަކެތި ޓްރެފިކްކުރަން އުޅުމަކީ ނުވަތަ ޓްރެފިކްކުރަން އެހީތެރިވެދިނުމަކީ ނުވަަތަ ޓްރެފިކްކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެއް ކަމަށް
-
ގާނޫނާއި ގަވާއިދާ ފުށުއަރާ
ހަސަން ލަތީފް ވިދާޅުވީ، "ގާނޫނުން ކުށާއި އަދަބު ކަނޑައަޅާފައިވާ ކަމެއް ނަފީވާ ގޮތަށް ގަވާއިދެއް ހަދައި އެ ގަވާއިދު ތަންފީޒުކުރުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން" ކަމަށެވެ. އޭނާ ކުއްލި މައްސަލައިގައި ސަރުކާރަށް ގޮވާލެއްވީ އެ ގަވާއިދުގައިވާ ގާނޫނާ ތައާރަޒުވާ ބައިތައް އުނިކުރުމަށެވެ.
ކޮމެންޓް (1)
ޙަސަން