ކަރީމް މަރާލުމަށް ފަހު އިޒުރޭލުން ވަނީ މަސްޖިދުލް އަގުސޯގެ ދޮރުތައް ބަންދުކޮށްފައި، ނަމަވެސް ފަހުން ހުޅުވި

ފަލަސްތީން

އިޒުރޭލު ސިފައިން ފަލަސްތީނުގެ ޒުވާނެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފި

އިރުމަތީ ގުދުސަކީ 1967 ވަނަ އަހަރު އިޒުރޭލުން ހިސޯރުކޮށްފައިވާ ބިމެއް. އަދި އެ ބިމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުން ހިލާފު އުފެދި ފަލަސްތީނުގެ ބިން ކަމަށް ގަބޫލު ކުރާ ތަނެއް

އިޒުރޭލުން ހިސޯރުކޮށްފައިވާ އިރުމަތީ ގުދުސުގައި ފަލަސްތީނުގެ ޒުވާނެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފި އެވެ. އޭނާ މަރާލީ ވަޅިން ބިރު ދެއްކި ކަމަށް ބުނެ އެވެ.

އެ ޒުވާނާގެ ގަޔަށް އިޒުރޭލުގެ ސިފައިން ބަޑި ޖަހައި މަރާލީ ރޭ ފަތިހު 4:30ގައި އަލް އަގުސޯ މިސްކިތުގެ ދޮރާއްޓެއް ކައިރިންނެވެ.

ފަލަސްތީނުގެ ރަސްމީ ނިއުސް އެޖެންސީ، ވަފާއިން ބުނީ އިޒުރޭލުން މަރާލީ 19 އަހަރުގެ ކަރީމް ޖަމާލު އަލް ގަވްސާމީ ކިޔާ ޒުވާނެއް ކަމަށެވެ.

އިޒުރޭލު ސިފައިން ބުނަނީ އެ ޒުވާނާ ވަޅި ހޫރުމުގެ ސަބަބުން ފުލުހުންގެ ދެ އޮފިސަރަކަށް ކުޑަކޮށް އަނިޔާވި ކަމަށެވެ.

ކަރީމް މަރާލާފައި ބިންމަތީގައި ވެއްޓިފައި އޮތްތަން ވީޑިއޯ އިން ފެންނަ ގޮތުގައި އިޒުރާއީލު ސިފައިން އައިސް އެ ކުއްޖާގެ ގަޔަށް ފައިން އަރާ އިރު ފަތިސް ނަމާދަށް ބަންގި ގޮވަމުން ދަނީ އެވެ.

ފަލަސްތީނުގެ ޒުވާނާގެ  މަރުވެފައި އޮތް މަސްގަނޑު މައްޗަށް އިޒުރޭލު ސިފައިން ފައިން އަރަނީ

އެ ހާދިސާއަށް ފަހު މަސްޖިދުލް އަގުސޯ އަށް ވަންނަން ހުންނަ ހުރިހާ ދޮރެއް އިޒުރޭލު ސިފައިން ބަންދު ކުރި އެވެ. ނަމަވެސް ފަހުން ވަނީ ހުޅުވައިފަ އެވެ.

ކަރީމަކީ އިރުމަތީ ޖެރޫސަލަމް އަވަށުގެ ޒުވާނެކެވެ. ވަފާ ނިއުސް އެޖެންސީން ބުނީ ކަރީމް މަރާލުމަށް ފަހު އިޒުރޭލު ސިފައިން އެ އަވަށަށް ރޭޑް ކުރި ކަމަށާއި އަދި ކަރީމްގެ މަންމަ އާއި ބޭބެ ހައްޔަރު ކުރި ކަމަށެވެ.

އިރުމަތީ ގުދުސަކީ 1967 ވަނަ އަހަރު އިޒުރޭލުން ހިސޯރުކޮށްފައިވާ ބިމެކެވެ. އަދި އެ ބިމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުން ހިލާފު އުފެދި ފުށުއަރާ ތަނެކެވެ. އަދި ގިނަ ގައުމުތަކުން ގަބޫލު ކުރަނީ ވެސް އިރުމަތީ ގުދުސަކީ އިޒުރޭލުން އައްސުން ހިފާފައިވާ ބިމެއް ކަމަށެވެ. އަދި އެ ބިމަކީ އިޒުރޭލުގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ބިމެއް ނޫން ކަމަށެވެ. ފަލަސްތީނުގެ ރަސްމީ ފަރާތްތަކުން ވެސް ގަބޫލު ކުރަނީ އިރުމަތީ ގުދުސަކީ އެ މީހުންގެ މުސްތަގުބަލުގެ ކެޕިޓަލް ކަމަށެވެ. އަދި ވެސްޓް ބޭންކާއި ގާޒާ ސްޓިރިޕް އަކީ ވެސް ފަލަސްތީންގެ ބިން ކަމަށެވެ.

ތަފާތު ދެ ހާދިސާއެއްގައި މި މަހު 1 ވަނަ ދުވަހު ވެސް އިޒުރޭލުން ވަނީ، ހިސޯރުކޮށްފައިވާ ވެސްޓް ބޭންކްގައި ފަލަސްތީނުގެ ތިން މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފަ އެވެ.

ހަމަ އެ ދުވަހު ފަލްސްތީނުން ފާހަގަ ކުރި އިސްރާ އާއި މިއުރާޖުގެ އުފާ ފާޅުކުރަނިކޮށް އިޒުރޭލުން ވަނީ އެކަމަށް ހުރަސްއަޅައި އަނިޔާކޮށްފަ އެވެ.

އެ ހުރަސް އެޅުމުގައި ފަސްލަސްތީނުގެ 30 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމުވެފަ އެވެ. އެ މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެ އެވެ. އެއީ ސްޓަން ގްރެނޭޑާއި ރަބަރު ބޭރުން ލާފައިވާ ދަގަނޑު ވަޒަނުން ޖެހިގެންނެވެ. އޭގެ އިތުރަށް 20 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރި އެވެ.

ރަޝިޔާ ސިފައިން ޔޫކުރެއިނަށް އަރައިގެން އުޅޭ އިރު އިޒުރޭލު މީހުން ފަލަސްތީން މީހުންނަށް ކުރާ އަނިޔާތަކަށް ވަނީ މީޑިއާގެ ސަމާލުކަން ނުލިބި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް